الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
40 ވަނަ ނަސޭހަތް: ގޭގެ އަހުލުންގެ ޞިއްޙަތާއި ސަލާމަތީ ކަންކަމަށް ސަމާލުކަންދިނުން
«كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا مَرِضَ أَحَدٌ مِنْ أَهْلِهِ نَفَثَ [1] عَلَيْهِ بِالْمُعَوِّذَاتِ» [رواه مسلم رقم ٢۱٩٢]
މާނައީ: “ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ އަހުލުންގެ ތެރެއިން ބޭކަލަކު ބަލިވެއްޖެނަމަ އެބޭކަލަކަށް އަލްމުޢައްވިޛާތު [2] ކިޔަވާވިދާޅުވުމަށްފަހު ފުންމަވައެވެ.”
«كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا أَخَذَ أَهْلَهُ الوَعَكُ أَمَرَ بِالحِسَاءِ فَصُنِعَ ثُمَّ أَمَرَهُمْ فَحَسَوْا مِنْهُ، وَكَانَ يَقُولُ: إِنَّهُ لَيَرْتُقُ فُؤَادَ الحَزِينِ، وَيَسْرُو عَنْ فُؤَادِ السَّقِيمِ كَمَا تَسْرُو إِحْدَاكُنَّ الوَسخَ بِالمَاءِ عَنْ وَجْهِهَا» [رواه الترمذي رقم 2039 وهو في صحيح الجامع رقم 4646]
މާނައީ: “ރަސޫލުﷲ صلى الله عليه وسلم ގެ އަހުލުންގެ ތެރެއިން ބޭފުޅަކު ހުން އައިސްފިނަމަ ޙިސާއު (ފުށާއި ސަރުބީ ފެނުގައި ކައްކައިގެން ހަދާ ބުއިމެއް) ހެދުމަށް އަމުރު ކުރައްވައެވެ. ފަހެ، އެ ތައްޔާރުކޮށް، އެތިފޮދަކުން އެތިފޮދަކުން އެ ބުއިމަށް އަމުރު ކުރައްވައެވެ. އަދި ޙަދީޘްކުރައްވައެވެ. “ހަމަކަށަވަރުން އޭގެ ސަބަބުން ހިތާމަވެރިވެފައިވާ ހިތްތައް ގަދަ ކުރައްވައެވެ. އަދި ތިޔަކަނބަލުންކުރެ ބޭކަނބަލަކު މޫނުގައިވާ ހަޑިކަން ފެނުން ދޮވެލާފަދައިން ބަލިވެފައިވާ ހިތުގެ ބަލިކަން އޭގެ ސަބަބުން ސާފުކޮށްލައެވެ.” “
ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް:
«إِذَا كَانَ جُنْحُ اللَّيْلِ، أَوْ أَمْسَيْتُمْ، فَكُفُّوا صِبْيَانَكُمْ، فَإِنَّ الشَّيَاطِينَ تَنْتَشِرُ حِينَئِذٍ، فَإِذَا ذَهَبَ سَاعَةٌ مِنَ اللَّيْلِ فَحُلُّوهُمْ، فَأَغْلِقُوا الأَبْوَابَ وَاذْكُرُوا اسْمَ اللَّهِ، فَإِنَّ الشَّيْطَانَ لاَ يَفْتَحُ بَابًا مُغْلَقًا، وَأَوْكُوا قِرَبَكُمْ وَاذْكُرُوا اسْمَ اللَّهِ، وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ، وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا، وَأَطْفِئُوا مَصَابِيحَكُمْ » [رواه البخاري]
މާނައީ: “ރޭވެއްޖެ ހިނދު ނުވަތަ ތިޔަބައިމީހުންގެ މައްޗަށް ހަވީރުވުމުން ފަހެ، ކުޑަކުދިން ހިފަހައްޓާށެވެ. ފަހެ، އެހާއިރުން ޝައިޠާނުންތައް ފެތުރިގަނެއެވެ. ދެން ރޭގަނޑުން ގަޑިއެއްގެ އިރު ފާއިތުވުމުން އެކުދިން ދޫކޮށްލާށެވެ. ﷲގެ އިސްމުފުޅު ޛިކުރުކޮށް ދޮރުތައް ލައްޕާށެވެ. އެހެނީ ހަމަކަށަވަރުން ލައްޕާފައިވާ ދޮރެއް ޝާއިޠާނާ ނުހުޅުވާނެއެވެ. އަދި ﷲގެ އިސްމުފުޅު ޛިކުރުކޮށް، ކަންވާރުތައް ގޮށްޖަހާށެވެ. އަދި ﷲގެ އިސްމުފުޅު ޛިކުރުކޮށް ތެލިތަކުގެ މަތިޖަހާށެވެ. އޭގެ މަތީ އެއްޗެއް ބާއްވައިގެން ނަމަވެސް ތަށިތަކުގެ މަތި ބަންދުކުރާށެވެ. އަދި ބައްތިތައް ނިވާލާށެވެ.”
އަދި އެހެން ރިވާޔަތެއްގައިވެއެވެ.
«أَغْلِقُوا أَبْوَابَكُمْ، وَخَمِّرُوا آنِيَتَكُمْ، وَأَطْفِئُوا سُرُجَكُمْ، وَأَوْكُوا أَسْقِيَتَكُمْ، فَإِنَّ الشَّيْطَانَ لَا يَفْتَحُ بَابًا مُغْلَقًا، وَلَا يَكْشِفُ غِطَاءً، وَلَا يَحُلُّ وِكَاءً، وَإِنَّ الْفُوَيْسِقَةَ تُضْرِمُ الْبَيْتَ عَلَى أَهْلِهِ » [صحيح الجامع ۱٠٨٠]
މާނައީ: “ދޮރުތައް ލައްޕާށެވެ. އަދި ތެލިތަކުގެ މަތި ބަންދުކުރާށެވެ. އަދި ބައްތިތައް ނިވާލާށެވެ. އަދި ކަންވާރުތައް ގޮށްޖަހާށެވެ. ފަހެ، ލައްޕާފައިވާ ދޮރެއް ޝައިޠާނާ ނުހުޅުވާނެއެވެ. އަދި މަތިޖަހާފައިވާ އެއްޗެއްގެ މައްޗެއް ނުނަގާނެއެވެ. އަދި ގޮށްޖަހާފައިވާ އެއްޗެއްގެ ގޮށެއް ނުމޮހާނެއެވެ. ހަމަކަށަވަރުން ގޭގެ އަހުލުންނާއެކު، ގޭގައި މީދާ ރޯކޮށްލަފާނެއެވެ. (އެބަހީ: ބައްތީގެ ފީތާ، ދަމާ ނަގައި އޭގެ ސަބަބުން ގޭގައި ހުޅު ހިފާފާނެއެވެ.)”
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.
«لاَ تَتْرُكُوا النَّارَ فِي بُيُوتِكُمْ حِينَ تَنَامُونَ » [رواه البخاري]
މާނައީ: “ތިޔަބައިމީހުން ނިދާއިރު ގެތަކުގައި އަލިފާން ރޯކޮށްފައި ނުބަހައްޓާށެވެ.”
والله أعلم ، وصلى الله على نبينا محمد وعلى آله وصحبه وسلم.
=ނިމުނީ=
_________________________
[1] نفث ކުރުމަކީ: އަނގައިންފުމުމެވެ. التفل އާއި نفث ގެ ތަފާތަކީ التفل ކުރާއިރު ކުޅުއަންނާނެއެވެ. ނަމަވެސް نفث ކުރާއިރު ކުޅުއައުން އެއީ ލާޒިމުކަމެއް ނޫނެވެ. އަދި نفخ ކުރާއިރު އެއްގޮތަކަށްވެސް ކުޅުނާންނާނެއެވެ. ބައްލަވާ: تاج العروس من جواهر القاموس
[2] އަލްމުޢައްވިޛާތު އަކީ ފަލަޤް ސޫރަތާއި ނާސް ސޫރަތެވެ.