[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ޙައްޖު ދުވަސް ހުކުރު ދުވަހަކަށްވުމުން އެކަމުގައި ޚާއްޞަކަމެއްވޭ ހެއްޔެވެ؟

އައްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން – رحمه الله – އަށް ސުވާލު ދެންނެވުނެވެ:

ޙައްޖު ދުވަސް ހުކުރު ދުވަހަކަށް ވުމުން އެދުވަސް މާތް ވެގެންވާކަމަށް ނަބިއްޔާ – صلى الله عليه وسلم – ގެ އަރިހުން އައިސްފައިވޭ ހެއްޔެވެ؟

ފަހެ ޝައިޚް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ:

ޢަރަފާތް ދުވަސް ހުކުރު ދުވަހަކަށްވުމުން ވަކި ޚާއްޞަކަމެއް ވާކަން ނަބިއްޔާ – صلى الله عليه وسلم – ގެ އަރިހުން ވާރިދުވެގެން އައިސްފައެއް ނުވެއެވެ. ނަމަވެސް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެ ދުވަސް ހުކުރު ދުވަހަކަށް ވުމުން އެކަމުގައި ހެޔޮކަންވާކަމުގައެވެ.

ފުރަތަމައީ: އެޙައްޖަކީ ނަބިއްޔާ – صلى الله عليه وسلم – ގެ ޙައްޖާއި އެއްފަދަ ޙައްޖެކެވެ. އެއީ ރަސޫލާ – صلى الله عليه وسلم – ޢަރަފާތުގައި މަޑުކުރެއްވި ދުވަސްވީ ހުކުރު ދުވަހަކަށެވެ.

ދެވަނައީ: މުސްލިމު އަޅާ ތެދުވެ ނަމާދުކޮށް ﷲގެ ޙަޟްރަތުން ކަމަކަށް އެދި ދަންނެވުމުން އެކަމެއް ފުރިހަމަކޮށް ނުދެއްވާ ދޫކޮށްނުލައްވާ ވަޤުތެއް ހުކުރު ދުވަހުގައިވެއެވެ. ފަހެ އެކަން ޢިޖާބަކުރެއްވުން ގާތްވެގެންވެއެވެ.

ތިންވަނައީ: ހަމަކަށަވަރުން ޢަރަފާތް ދުވަހަކީ ޢީދެކެވެ. އަދި ހުކުރު ދުވަހަކީ ވެސް ޢީދެކެވެ. ފަހެ ދެޢީދު ބައްދަލުވުމުން އޭގައި ހެޔޮކަމެއްވެއެވެ.

އަދި ދަންނައެވެ. މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވަނީ ހުކުރު ޙައްޖެއް ހަތްދިހަ ޙައްޖާއި އެއްފަދަވެގެންވާކަމަށެވެ. ފަހެ މިއީ ޞައްޙަ ވާހަކައެއް ނޫނެވެ.

 

_________________________________________________

[مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين/ مجلد: ٢۱/ صفحة: ٣٥/ طبعة: دار الثريا للنشر والتوزيع ]