[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަބޫ ހަނީފާ النُّعْمَانُ بنُ ثَابِت (3)

الإمام أبو حنيفة

يحيى بن معينގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އަބޫ ޙަނީފާއަކީ ޘިޤާއެކެވެ. އެކަލޭގެފާނު ހިތުދަސްކުރައްވާފައިވާ ޙަދީޘެއް މެނުވީ އެކަލޭގެފާނު ރިވާނުކުރައްވައެވެ. އަދި އެކަލޭގެފާނު ދަސްކުރައްވާފައިވާނުވާ އެއްޗަކާ ބެހޭގޮތުން ވާހަކަފުޅު ނުދައްކަވައެވެ.”[1]

أبو وهب محمد بن مزاحمގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. عبد الله بن مباركވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

“ﷲތަޢާލާ އަބޫ ހަނީފާއާއި ސުފުޔާނު މެދުވެރިކުރައްވާ ތިމަންކަލޭގެފާނަށް އެހީތެރިވެވޮޑިގެންނުވިނަމަ ތިމަންކަލޭގެފާނު ވާހުށީ ހަމަ އެހެންމީހުންފަދަ މީހަކަށެވެ.”[2] (އަބްދުﷲ ބުން މުބާރިކަކީ އަތުބާޢުއްތާބިޢީންގެ ތެރެއިން އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ.)

ޝާފިޢިގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާލުވިއެވެ. عبد الله بن مباركގެ އަރިހުގައި ދެންނެވުނުކަމުގައި ވެއެވެ.

“ކަލޭގެފާނު އަބޫ ޙަނީފާ ދެކެވަޑައިގަތީމުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އާދޭހެވެ. މިހިރި ތަނބާއި ބެހޭގޮތުން، އެތަނބަކީ އެއީ ރަނުގެ ތަނބެއްކަމާމެދު ވާހަކަދެކެވުންކަމުގައިވީނަމަވެސް އެކަލޭގެފާނު އެކަމަށް ޙުއްޖަތް ޤާއިމްކުރައްވާނެތެވެ.”[3] (އެބަހީ: އެކަލޭގެފާނަކީ ޙުއްޖަތް ޤާއިމުކުރުމުގައި ވަރަށް ކުރިއަރާގޮސްފައިވާ ޢިލްމީ ބޭފުޅެކެވެ.)

قيس بن الربيعގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ވަރަޢަވެރި ތަޤުވާވެރި، އެކަލޭގެފާނުގެ އަޚުންނަށް ވަރަށް ހެޔޮ ބޭފުޅެއްކަމުގައި އަބޫ ޙަނީފާ ވެވަޑައިގަތެވެ.”[4]

شريكގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ގިނަވަގުތު ހަނު ހުންނަވާ ގިނައިން ވިސްނާފިކުރުކުރާ ބޭފުޅެއްކަމުގައި އަބޫ ޙަނީފާ ވެވަޑައިގަތެވެ.”[5]

ابو معاوية الضرارގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ސުންނަތަށް ލޯބިކުއްވާ ބޭފުޅެއްކަމުގައި އަބޫ ޙަނީފާވިއެވެ.”[6]

ޝާފިޢީގެފާނު ވިދާޅުވިއެވެ.

“މީސްތަކުންވަނީ ފިޤުހުގައި އަބޫ ޙަނީފާއަށް ބޭނުންޖެހިފައެވެ.”[7]

الإمام الذهبيވިދާޅުވިއެވެ.

“އެކަލޭގެފާނަކީ އާދަމުގެދަރިންގެ ތެރެއިން އެންމެ ވިސްނުންތޫނު ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ފިޤުހުވެރިކަމާއި އަޅުވެރިކަމާއި ވަރަޢަވެރިކަމާއި ހިތްތިރިކަމާއި މިހުރިހާކަމެއް ޖަމަޢަވެފައިވާ ބޭފުޅެކެވެ. އަދި އެކަލޭގެފާނަކީ ދަޢުލަތުންދޭ އިނާޔަތެއް ޤަބޫލުކުރައްވާ ބޭފުޅެއްނޫނެވެ.”[8]

ضرار بن صرد ވިދާޅުވިއެވެ.

“يزيد بن هارون ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. ސުފުޔާނުއް ޘައުރީއާއި އަބޫ ޙަނީފާއާއި ދެބޭފުޅުންގެ ތެރެއިން އެންމެ ފިޤުހުވެރި ބޭފުޅަކީ ކޮންބޭފުޅެއްތޯއެވެ؟” ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. “އަބޫ ޙަނީފާ ސުފުޔާނަށްވުރެ ފިޤުހުވެރިއެވެ. އަދި ސުފުޔާނު ހިދުދަސްކުރުން އަބޫ ޙަނީފާއަށްވުރެ ވަރުގަދައެވެ.”[9]

_________________________________________

[1] سير أعلام النبلاء (6/390)

[2] سير أعلام النبلاء (6/398)

[3]سير أعلام النبلاء (6/399)

[4] سير أعلام النبلاء (6/400)

[5] سير أعلام النبلاء (6/400)

[6] سير أعلام النبلاء (6/400)

[7] العبر (1/164)

[8] العبر (1/164)

[9] تذكرة الحفاظ (1/167)

-ނުނިމޭ-

މިލިޔުމުގެ އެހެނިހެން ބައިތައް