[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަބޫ ހަނީފާ النُّعْمَانُ بنُ ثَابِت (9)

الإمام أبو حنيفة

އެކަލޭގެފާނުގެ ފިޤުހުވެރިކަން رحمهم الله

يحيى بن سعيد القطاني ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނީ ﷲގެ މައްޗަށް ދޮގުހަދާ މީހެއް ނޫނެވެ. އަބޫ ޙަނީފާގެ ރައުޔަށްވުރެ ފުރިހަމަ ރައުޔެއް ތިމަންބޭކަލުން އަޑެއް ނާހަމެވެ.”[1]

علي بن عاصم ވިދާޅުވިއެވެ.

“އަބޫ ޙަނީފާގެ ޢިލްމާއި އެކަލޭގެފާނުގެ ޒަމާނުގެ ބޭފުޅުންގެ ޢިލްމު ވަޒަންކޮށްލައިފިނަމަ، ފަހެ އެކަލޭގެފާނުގެ ޢިލްމު އެހުރިހާ ބޭފުޅުންގެ ޢިލްމަށްވުރެ ބުރަދަން ހުރެއެވެ.”[2]

حفص بن غياث ވިދާޅުވިއެވެ.

“އަބޫ ޙަނީފާ ފިޤުހުވެރިކަމުގައި ވިދާޅުވެފައިވާ ބަސްފުޅުތައް ޅެމަށްވުރެ ފަށުވިވެގެންވެއެވެ. ޖާހިލަކުމެނުވީ އެކަލޭގެފާނުގެ ބަސްފުޅުތަކަށް އަޢިބުކިޔާ ނަހަދާނެތެވެ.”[3]

الأعمشގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނުގެ އަރިހުގައި މަސްއަލައަކާ ބެހޭގޮތުން ސުވާލު ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ.

“ތިކަމުގައި އެންމެ ރަނގަޅު ރައުޔަކީ ފޮތި ވިއްކާ النعمان بن ثابت ގެ ރައުޔެވެ. ތިމަންކަލޭގެފާނަށް ހީފުޅުވާ ގޮތުގައި އެކަލޭގެފާނުގެ ޢަމަލުގައި ވަނީ ބަރަކާތް ލެއްވިގެންނެވެ.”[4]

جريرވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ އަރިހުގައި المغيرةދެންނެވިއެވެ.

“އަބޫ ޙަނީފާގެ އަރިހުގައި ޢިލްމު ޙާޞިލްކުރެއްވުމަށްޓަކައި އިށީންދެވަޑައި ގަންނަވާށެވެ. ކަލޭގެފާނު ފިޤުހުވެރިވާ ހުށްޓެވެ. ފަހެ إبراهيم النخعيދުނިޔޭގައި ދިރިހުންނެވިނަމަ އެކަލޭގެފާނުވެސް އަބޫ ޙަނީފާގެ އަރިހުގައި ޢިލްމު އުނގެނެވުމަށްޓަކައި އިށީނދެ ވަޑައިގަތީސްކަން ކަށަވަރެވެ.”[5]

ابن مبارك ވިދާޅުވިއެވެ.

“މީސްތަކުންގެ ތެރެއިން އެންމެ ފިޤުހުވެރީ އަބޫ ޙަނީފާއެވެ.”[6]

شافعيގެވާނު ވިދާޅުވިއެވެ.

“މީސްތަކުންވަނީ ފިޤުހުގައި އަބޫ ޙަނީފާއަށް ބޭނުންޖެހިފައެވެ.”[7]

________________________________________________

[1] سير أعلام النبلاء (6/402)

[2] سير أعلام النبلاء (6/403)

[3] سير أعلام النبلاء (6/403)

[4] سير أعلام النبلاء (6/403)

[5] سير أعلام النبلاء (6/403)

[6] سير أعلام النبلاء (6/403)

[7] العبر (1/164)

-ނުނިމޭ-

މިލިޔުމުގެ އެހެނިހެން ބައިތައް