[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުންޔާ (އަބޫ ނުވަތަ އުންމު ކުރިޔަށްލައިގެން ކިޔޭ ނަންތައް…) 4

kunya

 

الحمد لله وحده والصلاة والسلام على من لا نبي بعده وعلى آله وصحبه ومن تبعه. وبعد:

އަދި އަންހެން ދަރިއަކަށް ނިސްބަތްކޮށް ކުންޔާ ކިޔުމަކީވެސް މަނާވެގެންވާ ކަމެއް ނޫނެވެ. އަދިވެސް އަލްއިމާމު ނަވަނީ رحمه الله އެކަލޭގެފާނުގެ ފޮތް “الأذكار”ގައި ބާބެއް ބަންނަވަމުން ވިދާޅުވެފައިވެއެވެ.

ފިރިހެނަކަށް އަންހެން ނަމަކަށް ނިސްބަތްކޮށް ނުވަތަ ފިރިހެން ނަމަކަށް ނިސްބަތްކޮށް އަދި އަންހެނަކަށް ފިރިހެން ނަމަކަށް ނިސްބަތްކޮށް ނުވަތަ އަންހެން ނަމަކަށް ނިސްބަތްކޮށް ކުންޔާ ކިޔުން ހުއްދަކަން ނަންގަތް ބާބު: ދަންނާށެވެ! މިއިން އެއްވެސް ގޮތަކީ މަނާވެގެންވާ ގޮތެއް ނޫނެވެ. ސަލަފުންގެ ތެރެއިން ޞަޙާބީންނާއި ތާބިޢިންގެ އެންމެ ހެޔޮވެގެންވީ ބޭކަލުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭކަލުންނަށް ކުންޔާ ދެވިފައިވެއެވެ. އޭގެ ތެރެއިން ޢުޘްމާނު ބުން ޢައްފާން رضي الله عنهއަށް ތިން ނަމަކުން ކުންޔާ ކިޔައެވެ. އެއީ އަބޫ ޢަމްރު އާއި އަބޫ ޢަބްދިﷲ އާއި އަބޫ ލައިލާގެ ނަމުންނެވެ. އަދި މީގެ ތެރޭގައި އަބުއްދަރުދާ رضي الله عنه ހިމެނިވަޑައިގެންވެއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ އުންމު ދަރުދާ رضي الله عنها އެވެ.(އެއީ އުންމު ދަރުދާގެ ނަމުން މަޝްހޫރުވެފައިވާ ސަލަފުންގެ ދެ ބޭކަނބަލުންކުރެ ދޮށީ ކަމަނާއެވެ.)”

-ނުނިމޭ-

މަސްދަރު: http://islamqa.info/ar/114158

މިލިޔުމުގެ އެހެންބައިތައް