[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުންޔާ (އަބޫ ނުވަތަ އުންމު ކުރިޔަށްލައިގެން ކިޔޭ ނަންތައް…) 5

kunya

الحمد لله وحده والصلاة والسلام على من لا نبي بعده وعلى آله وصحبه ومن تبعه. وبعد:

އިސްވެ ބަޔާންކުރެވުނު ޙުކުމްތަކުގައި އަންހެނުންވެސް ފިރިހެނުންވެސް ޝާމިލުވެގެންވެއެވެ.

އަދި ކުންޔާއަކުން ނަން ދެވިފައިވާ މީހަކީ ދަރިޔަކު ލިބިފައިވާ މީހަކަށް ނުވެދާނެއެވެ. އަދި މިފަދައިން ދަރިޔަކު ލިބިފައި ނުވާ މީހަކަށްވެސް ކުންޔާއިން ނަން ކިޔުމަކީ މަނާވެގެންވާ ކަމެއް ނޫނެވެ. ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ.

“އޭ ﷲގެ ރަސޫލާއެވެ. ތިމަންކަމަނާ ފިޔަވާ ތިމަންކަމަނާގެ ހުރިހާ އެކުވެރިންނަށްވެސް ކުންޔާއެއް ލިބިގެންވެއެވެ. ދެން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

(( فَاكْتَنِي بِابْنِكِ عَبْدِ اللَّهِ بْنِ الزُّبَيْرِ ))

މާނައީ: “ކަމަނާގެ ދަރި ޢަބްދުﷲ ބުން ޒުބައިރުގެ ނަމުން ކަމަނާ ކުންޔާ ލިބިގަންނާށެވެ.”

ދެން އެއަށްފަހުގައި އެކަމަނާ އަވަހާރަވަންދެން އެކަމަނާއަށް އުންމު ޢަބްދުﷲ ގެ ނަމުން މުޚާތަބުކުރައްވާ ކަމުގައި ވެއެވެ.” [رواه أحمد ( 43 / 291 ) وصححه محققو المسند ، والألباني في ” السلسلة الصحيحة ” ( 132 )]

ފިރިހެނަކުވެސް އަދި އަންހެނަކުވެސް ކައިވެނިކުރުމުގެ ކުރިން އަދި ދަރިއަކު ލިބުމުގެ ކުރިންވެސް ކުންޔާދެވިދާނެއެވެ. ޢަބްދުﷲ ބުން މަސްޢޫދު رضي الله عه ގެ އަރިހުން ރިވާވެގެންވެއެވެ.

“ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނަށް އަބޫ ޢަބްދުއްރަޙްމާނުގެ ނަމުން ކުންޔާދެއްވިއެވެ. އޭރު އެކަލޭގެފާނަށް ދަރިކަލަކު ލިބިވަޑައި ނުގަންނަވައެވެ.” 

[رواه الحاكم ( 3 / 353 ) والطبراني في ” الكبير ” ( 9 / 65 ) ، وصححه ابن حجر في ” فتح الباري ” ( 10 / 582 )]

އިމާމު ބުޚާރީ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ ” الأدب المفرد “ގައި ބާބެއް ބަންނަވަމުން ވިދާޅުވެފައިވެއެވެ.

ދަރިން ލިބުމުގެ ކުރިން ކުނިޔާ ކިޔުން ނަންގަތް ބާބު: އިބްރާހީމް އައްނަޚަޢީގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه، ޢަލްޤަމާއަށް އަބޫ ޝިބުލް ގެ ނަމުން ކުންޔާދެއްވިއެވެ. އޭރު އެކަލޭގެފާނަށް ދަރިކަލަކު ލިބިވަޑައިގެންފައި ނުވެއެވެ.” [وصححه الشيخ الألباني في ” صحيح الأدب المفرد ” ( 848 )]

-ނުނިމޭ-

މަސްދަރު: http://islamqa.info/ar/114158

މިލިޔުމުގެ އެހެންބައިތައް