[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة التين ގެ ތަފުސީރު 1

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

وَالتِّينِ وَالزَّيْتُونِ ﴿١﴾ وَطُورِ سِينِينَ ﴿٢﴾ وَهَـٰذَا الْبَلَدِ الْأَمِينِ ﴿٣﴾ لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ ﴿٤﴾ ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ ﴿٥﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ ﴿٦﴾ فَمَا يُكَذِّبُكَ بَعْدُ بِالدِّينِ ﴿٧﴾ أَلَيْسَ اللَّـهُ بِأَحْكَمِ الْحَاكِمِينَ ﴿٨﴾

ބިސްމީގެ ތަފްސީރު އިސްވެ ހިނގައްޖެއެވެ.

وَالتِّينِ وَالزَّيْتُونِ ﴿١﴾ وَطُورِ سِينِينَ ﴿٢﴾ وَهَـٰذَا الْبَلَدِ الْأَمِينِ ﴿٣﴾

މާނައީ: “ތީންއާއި ޒައިތޫނި ގަންދެއްވަމެވެ. އަދި ސީނާގައިވާ ފަރުބަދަ ގަންދެއްވަމެވެ. އަދި އަމާންކަން ލިބެގެންވާ ރަށް ގަންދެއްވަމެވެ.”

ﷲ ތަޢާލާ މިއާޔަތްތަކުގައި ހަތަރު އެއްޗެއް ގަންދެއްވާ ހުވާ ބަސްފުޅު ވަޙީކުރައްވާފައިވެއެވެ. އެއީ ތީންއާއި ޒައިތޫނިއާއި ސީނާގައިވާ ފަރުބަދައާއި އަދި އަމާންކަން ލިބިގެންވާ ރަށް، އެބަހީ މައްކާއެވެ. އެހެނީ މި ސޫރަތަކީ މައްކީ ސޫރަތެކެވެ. އަދި އިޝާރާތް ކުރެވިފައި އެވަނީ ކައިރީގައިވާ ތަނަކަށެވެ. އެއީ މައްކާއެވެ.

﴿وَالتِّينِ وَالزَّيْتُونِ﴾ 

ތީން އާއި ޒައިޠޫނިއަކީ މީހުންގެތެރޭ ދަންނަ މަޢުރޫފު ދެއެއްޗެވެ. ﷲތަޢާލާ މި އާޔަތުގައި މިދޭތި ގަންދެއްވާ ވަޙީ ކުރައްވާފައި މިވަނީ، މިދެއެއްޗަކީ ފަލަސްޠީނުގައި ވަރަށް ގިނައިންހެދޭ ދެއެއްޗަކަށް ވާތީއެވެ.

-ނުނިމޭ-

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ سورة التينގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުުމުގެ އެހެންބައިތައް