[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة التين ގެ ތަފުސީރު 3

لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ ﴿٤﴾

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު، އެންމެ ރިވެތި ސޫރައިގައި އިންސާނާ ޚަލްޤުކުރެއްވީމެވެ.”

މިއީ (އިސްވެ ދެންނެވުނު ތަކެތި ގަންދެއްވާ) އެކަމަކަށް ﷲތަޢާލާ ބަސްފުޅު ވަޙީ ކުރެއްވި ކަމެވެ. ﷲތަޢާލާ މިތަކެތި ގަންދެއްވާ ވަޙީކުރައްވާ އަންގަވާފައިއެވަނީ، އިންސާނާ އެންމެ ރިވެތި ސޫރާގައި ޚަލްޤުކުރައްވާފައިވާ ވާހަކައެވެ.

ﷲތަޢާލާ މި ވަހީބަސްފުޅުގައި މިވަނީ ތިންގޮތަކަށް توكيد ކުރައްވާ ވަހީ ކުރައްވާފައެވެ. އެއީ (القسم، اللام، قد) މި ތިންގޮތުންނެވެ. [ތައުކީދަކީ ކަމެއް ކަށަވަރު ކޮށްދިނުން ނުވަތަ ޔަޤީންކޮށްދިނުމެވެ. އެގޮތުން ޢަރަބި ބަހުގައި ކަމެއް ކަށަވަރު ކޮށްދިނުމަށްޓަކައި ބޭނުންކުރެވޭ ތިންގޮތެއް މިތަނުގައި އެވަނީ ބަޔާންކުރައްވާފައެވެ. އޭގެ އިތުރު ތަފްޞީލު ބެއްލެވުމަށް ޢަރަބި ބަހުގެ ޤަވާއިދުގެ ފޮތްތަކަށް ރުޖޫޢަވާށެވެ.]

މިއާޔަތުގައި ﷲތަޢާލާ މިތަކެތި ގަންދެއްވާ ވަޙީކުރައްވާ އަންގަވާފައި މިވަނީ، އެއިލާހު އިންސާނާ އެންމެ ރީތި ސޫރައިގައި ޚަލްޤުކުރެއްވި ކަމަށެވެ. އަދި އެންމެ ފުރިހަމަ ފިޠުރަތާއި ވިސްނުމުގައި އިންސާނާ ޚަލްޤުކުރައްވާފައިވާ ކަމަށެވެ. އެހެނީ އެންމެހާ މަޚުލޫޤުންގެ ތެރެއިން، އާދަމުގެ ދަރިންނަށްވުރެ ރިވެތި އެއްވެސް މަޚުލޫޤެއް ނުވެއެވެ. އަދި އެހެނިހެން މަޚްލޫޤުންނަށްވުރެ އާދަމުގެ ދަރިންގެ ސޫރަ ފުރިހަމައެވެ. އެހެނީ ﷲތަޢާލާ ވަޙީކުރައްވާފައި މިވަނީ މިފަދައިންނެވެ.

﴿لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ﴾   

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު، އެންމެ ރިވެތި ސޫރައިގައި އިންސާނާ ޚަލްޤުކުރެއްވީމެވެ.”

-ނުނިމޭ-

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ سورة التينގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުުމުގެ އެހެންބައިތައް