[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة التين ގެ ތަފުސީރު 4

ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ ﴿٥﴾

މާނައީ: “އެއަށްފަހުގައި ތިމަންއިލާހު އެންމެ ދަށުދަރަޖައަށް އޭނާ ރައްދުކުރެއްވީމެވެ.”

މިއާޔަތުގައި މިވާ އެންމެ ދަރުދަރަޖައަށް ރައްދުކުރެއްވުމުގެ މުރާދަކީ އިންސާނާ ޙަލްޤުކުރެއްވުވުމުގައި އެންމެ ދަށުދަރަޖައަށް ރައްދުކުރެއްވުމެވެ. ﷲތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.

﴿وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ﴾ [النحل: ٧٠]

މާނައީ: “އަދި أَرْذَلِ الْعُمُرِ އާ ހަމައަށް (އެންމެ ނިކަމެތި ޢުމުރާ ހަމައަށް) ރައްދުކުރައްވާ މީހުން ތިޔަބައިމީހުންގެ ތެރެއިން ވެއެވެ.”

އިންސާނާގެ އުމުރުން މައްޗަށް ދާވަރަކަށް އިންސާނާގެ ބާރު ދައްވެ އޭނާގެ ސޫރައަށް ބަދަލުތައް އާދެއެވެ. އަދި މޫނުމަތީގެ ރީތިކަމަށްވެސް ބަދަލު އާދެއެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް އިންސާނާ ދުވަސްވަމުން ދާވަރަކަށް ބަދަލުތައް އާދެއެވެ.

އިންސާނާ ޚަލްޤު ކުރެވިފައިވަނީ އެންމެ ރީތި ސޫރައިގައޭ ބުނެވުމުން އޭގެ ތެރޭގައި ﷲތަޢާލާ އިންސާނާގެ ގައިގައި ލައްވާފައިވާ ފިޠުރަތުވެސް ހިމެނިގެންވެއެވެ. އަޅުކަންތައް ގުޅިފައިވަނީ ނުވަތަ ބިނާވެފައިވަނީ ފިޠުރަތުގެ މައްޗަށެވެ.

އަދި މިއިން އިޝާރާތްކޮށްދެނީ އިންސާނުންގެ ޙާލަތު ބަދަލުވެގެންދާކަމެވެ. އީމާންކަމާއި ޢަމަލުގެ ގޮތުން މަތީ ދަރަޖަތަކުގައި ވުމަށްފަހު ދަށު ދަރަޖައަށް ވެއްޓިގެން ދާކަމެވެ. މި ދެމާނަވެސް މި އާޔަތުގައި ޝާމިލުވެގެންވެއެވެ.

(ނޯޓު: މިއާޔަތުގައި މިވާ ރައްދަކުރެއްވުމުގެ މުރާދަކީ އެއީ ނަރަކައަށް ވެއްދެވުންކަމުގައި ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވެއެވެ. ބައްލަވާ ތަފްސީރު އިބުނު ކަޘީރު)

-ނުނިމޭ-

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ سورة التينގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުުމުގެ އެހެންބައިތައް