[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްއިމާމު މާލިކު: مالك بن أنس – إمام دار الهجرة – 2

imam maalik

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

ޢިލްމު ޙާސިލްކުރެއްވުމާއި އެކަލޭގެފާނަށް ޢިލްމުވެރިން ކިޔުއްވާފައިވާ ޘަނާ

الإمام الذهبي ވިދާޅުވިއެވެ.

“އިމާމް މާލިކުގެފާނު އެކަލޭގެފާނުގެ ޢުމުރުން ދިހައަހަރާއި ނަވާރަ އަހަރާދެމެދު ޢިލްމު ޙާޞިލްކުރެއްވުމުގައި (އަވަދިނެތި) އުޅުއްވިއެވެ. އަދި އެކަލޭގެފާނު ޢުމުރުން އެކާވީސް އަހަރުގައި ފަތުވާ ދެވޭ ފެންވަރުގެ ބޭފުޅެއްކަމުގައި ވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ޢުމުރުން އެކާވީސް އަހަރުގައި މީސްތަކުން އެކަލޭގެފާނުގެ މަޖުލީސްތަކުގައި އިށީނދެ ފައިދާ ނަންގަވަމުން ގެންދެވިއެވެ. އަދި އެކަލޭގެފާނުގެ ޢުމުރުން އެންމެ ޒުވާން ދުވަސްވަރުން ފެށިގެން ގިނަ ޢަދަދެއްގެ ބޭފުޅުން އެކަލޭގެފާނުގެ އަރިހުން ޙަދީޘް ރިވާކުރައްވައެވެ. އަދި أبو جعفر المنصوريގެ ދައުލަތުގެ ފަހު ދުވަސްވަރާއި އަދި އޭގެފަހުންވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކަލޭގެފާނުގެ އަރިހަށް ޢިލްމު ޙާޞިލު ކުރެއްވުމަށްޓަކައި ކިޔަވާކުދިން އާދެއެވެ. އަދި ހާރޫނުއް ރަޝީދުގެ ޚިލާފަތުގެ ދުވަރުންގޮސް އެކަލޭގެފާނު އަވަހާރަ ވަންދެން އެކަލޭގެފާނުގެ އަރިހަށް ޢިލްމު ޙާޞިލްކުރަން އަންނަ ކުދިން ގިނަވެ ތޮށްޖެހިގެން ދިޔައެވެ.”[1]

عبد الله بن مبارك ގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“މާލިކު ބުން އަނަސް އަށް ވުރެ މީސްތަކުންގެ ކުރިމަތީގައި މަޤާމާއި ޤަދަރު އުފުލުނު ބޭކަލެއް ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ. އެކަލޭގެފާނު މާގިނައިން ސުންނަތް ނަމާދުކޮށް ސުންނަތް ރޯދަ ހިއްފަވައެއް ނޫޅުއްވައެވެ. އެކަލޭގެފާނު ސިއްރުން ކުރައްވާކަމެއް މެނުވީއެވެ.”[2] (އެބަހީ: އެކަލޭގެފާނު ގިނަ ސުންނަތް އަޅުކަންތަށް ކުރައްވަނީ މީސްތަކުންނަށް ނޭނގޭނެ ފަދައިން ސިއްރުންނެވެ.)

عبد الله بن أحمد ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުގެ ބައްޕަގެ އަރިހުގައި ދެންނެވީމެވެ. ޒުހުރީގެ އަރިސްބޭކަލުންގެ ތެރެއިން އެންމެ ޘާބިތުކަން ބޮޑީ ކާކު ހެއްޔެވެ؟ ވިދާޅުވިއެވެ. ހުރިހާ ގޮތަކުންވެސް އެންމެ ޘާބިތުކަންބޮޑީ މާލިކުގެފާނެވެ.”[3]

شافعيގެފާނު ވިދާޅުވިއެވެ.

“ޢިލްމުވެރިންގެ ވާހަކަ ޛިކުރު ކުރެވޭއިރު މާލިކުގެފާނު ވާކަން ކަށަވަރީ (އެ ޢިލްމުވެރިންގެ ތެރެއިން) ތަރިއެއް ގޮތުގައެވެ.”[4]

ابن عبينة ގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“މާލިކުގެފާނަކީ ޙިޖާޒުގެ އަހުލުވެރިންގެ ޢިލްމުވެރިއާއެވެ. އަދި އެކަލޭގެފާނުގެ ޒަމާނުގައި އެކަލޭގެފާނަކީ ޙުއްޖަތެކެވެ.”[5]

=ނުނިމޭ=

_____________________________________

[1] سير أعلام النبلاء (8/5)

 حلية الأولياء 8/230[2]

 وتاريخ الإسلام (11/319)  [3]

[4] حلية الأولياء 6/218

سير أعلام النبلاء (8/56)   [5]

މިލިޔުމުގެ އެހެންބައިތައް