[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މިއުޒިކާއި ލަވައިގެ ޙުކުމް – 3

 

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

 

* މިއުޒިކާ ބެހޭގޮތުން ޢިލްމުވެރިންގެ ބަސްފުޅުތައް:

 

– އަލްޤާސިމް رحمه الله ވިދާޅުވެފައިވެއެވެ:

“ލަވަކިޔުން ވަނީ ބާޠިލުގެ ތެރެއިންނެވެ.”

އަދި އަލްޙަސަން رحمه الله ވިދާޅުވެފައިވެއެވެ:

“ހަމަކަށަވަރުން ކައިވެނި ވަލީމާގައި މިއުޒިކުވާނަމަ އެދަޢުވަތު ބަލައިގަތުމެއް ނުވެއެވެ.”

[الجامع للقيرواني ص 262-263 ]

– ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ:

“ހަތަރު އިމާމުންގެ މަޛްހަބަކީ ހަމަކަށަވަރުންވެސް މިއުޒިކުކުޅޭ ހުރިހާ އާލާތްތައް ޙަރާމްވެގެންވުމެވެ. ޞަޙީޙު ބުޚާރީއާއި އަދި އެނޫން ފޮތްތަކުން ޘާބިތުވާގޮތުގައި ރަސޫލުﷲ صلى الله عليه وسلمގެ އުންމަތުގެ މީހުންގެ ތެރެއިން  ޒިނޭއާއި، ފަށުވި (ފޭރާމާއި)، ރަލާއި، މިއުޒިކު ކުޅޭ ސާމާނު ޙަލާލުކުރާނެ ބަޔަކު އަންނާނެކަމަށް އެކަލޭގެފާނު ޚަބަރު ދެއްވާފައިވެއެވެ. އަދި އެބައިމީހުން ރާމާމަކުނުތަކަކާއި އޫރުތަކަކަށް ބަދަލުކުރެއްވޭނެކަމުގައި އެކަލޭގެފާނު ޛިކުރުކުރައްވާފައިވެއެވެ… އަދި އެއިމާމުންނަށް ތަބަޢަވީ ބޭކަލުން މިއުޒިކުގެ މައްސަލައިގައި ޚިލާފުވެފައެއް ނުވެއެވެ.” [المجموع 11 / 576 ]

– އަލްއަލްބާނީ رحمه الله ވިދާޅުވެފައިވެއެވެ:

“މިއުޒިކުކުޅޭ ހުރިހާ އާލާތްތައް ޙަރާމްކަމަށް ހަތަރު މަޛްހަބުގައި އިއްތިފާޤުވެފައިވެއެވެ.” [الصحيحة 1 / 145 ]

– އިބްނު ޢަބްދުލްބައްރު رحمه الله ވިދާޅުވެފައިވެއެވެ:

“އާމުދަނީ ހޯދުމަށް ކުރާ ކަންތައްތަކުގެ ތެރެއިން، އެއީ ޙަރާމް ކަންތައްތައްކަމުގައި އިއްތިފާޤުވެފައިވާ ކަންތައްތަކުގެ ތެރޭގައި ރިބާއާއި، ޒިނޭކުރާ މީހާގެ އަގާއި، ހުއްދަ ނޫން ކޮންމެ އެއްޗަކާއި، ރިޝްވަތާއި، މައްޔިތާގެ މައްޗަށް ރޮއެގެންނާއި، ލަވަކިޔައިގެންނާއި، ކާހިނުކަމުންނާއި، ޣައިބު އެނގޭކަމަށް ދަޢުވާކޮށްގެންނާއި، އިރުވަރުބެލައިގެންނާއި، އޮނަށް ފުމެގެންނާ އަދި އެންމެހާ ބާޠިލު ކުޅިވަރުތަކުން ނަގާ އުޖޫރަ ހިމެނެއެވެ.” [الكافي]

– އިމާމް ޝާފިޢީ رحمه اللهގެ މަޛްހަބު ބަޔާންކުރައްވަމުން އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ:

“އެކަލޭގެފާނުގެ މަޛްހަބު އެނގިލައްވާ އަޞްޙާބުން އެތަކެތި ޙަރާމްކަމަށް އެއްބަސްވެލައްވައެވެ. އަދި އެތަކެތި ޙަލާލު ކަމަށް ބުނާ މީހުންނަށް އިންކާރުކުރައްވައެވެ.” [إغاثة اللهفان 1 /425 ]

މިއުޒިކު ކުޅޭ އާލާތްތަކުގެ ތެރެއިން ފުމޭ އޮނާއި އަދި އެނޫންވެސް ތަކެތި އެއީ މުންކަރު ތަކެތި ކަމަށާއި، އެތަނުގައި ޙާޟިރުވެ ހުންނަ މީހަކު އެކަމަށް އިންކާރުކުރަން ޖެހޭނެކަމަށް ޝާފިޢީ މަޛްހަބުގެ ބޭފުޅުންގެ ތެރެއިން އަލްކިފާޔަތުލްއަޚްބާރުގައި ތަޤިއްޔުއްދީން އަބޫ ބަކްރު ބުން މުޙައްމަދު އަލްޙުސައިނީ ވިދާޅުވެފައިވެއެވެ.

– އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ:

“އަދި އިމާމް އަޙްމަދުގެ މަޛްހަބާއި ބެހޭގޮތުން އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ ވިދާޅުވެފައިވެއެވެ. ލަވަކިޔުމާ ބެހޭގޮތުން ތިމަންގެ ބައްޕައާއި ސުވާލުކުރީމެވެ. ފަހެ ވިދާޅުވިއެވެ. “ލަވަކިޔުމުން ހިތުގައި ނިފާޤުކަން އުފެދެއެވެ. ތިމަންކަލޭގެފާނު އެއާ ގަޔާނުވެއެވެ.” ދެން އެއަށްފަހު އިމާމް މާލިކުގެ ބަސްފުޅު ޛިކުރު ކުރެއްވިއެވެ. “ހަމަކަށަވަރުން އެކަން ކުރަނީ އަހަރެމެންގެ ތެރެއިން ފާސިޤުންނެވެ.”” [إغاثة اللهفان]

އަދި އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ:

“މިއުޒިކު ކުޅޭ އާލާތްތައް އުފެއްދުން ހުއްދަވެގެން ނުވެއެވެ.” [المجموع 22 / 140 ]

 

 

ނުނިމޭ

_______________________________________

 

މަޞްދަރު:

http://islamqa.info/en/5000

http://islamqa.info/ar/5000

މިލިޔުމުގެ އެހެންބައިތައް