[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝަރުޢީ މައްސަލަތަކުގައި ދުވަސްފެށެނީ އިރުއޮއްސުމުންތަ ނުވަތަ ފަތިސްވުމުންތަ؟

sunset

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިސްލާމީ ޝަރީޢަތުގައި ރޭގަނޑު ގުޅިފައިވަނީ އެއާ ވިދިގެން އަންނަ ދުވާލާއެވެ. އޭގެ ކުރިން އަންނަ ދުވާލުގެ ވަޤުތާއެއް ނޫނެވެ. އެކަމުގެ ވަރަށް ގިނަ ދަލީލުވެއެވެ. އެގޮތުން އެންމެ ފާޅުކަން ބޮޑު ދަލީލުތަކަކީ އަޅުކަމުގެ މޫސުންތަކެވެ. މިޘާލަކަށް:

1 ރަމަޟާންމަސް ފެށޭއިރު ފެށެނީ ރޭގަނޑުއެވެ. އެހެންކަމުން [ފުރަތަމަ] ރޭވެސް މީސްތަކުން ތަރާވީޙް ނަމާދުކުރެއެވެ.

2 ޝައްވާލުމަހުގެ ހަނދުފެނުމުން ރަމަޟާންމަސް ނިމުނީކަމަށް ބަލައި އެރޭ ތަރާވީޙް ނަމާދުކުރުން ދޫކޮށްލައެވެ. [އެބަހީ: ޢީދުވިލޭރޭ ތަރާވީޙް ނަމާދެއް ނުކުރެއެވެ.]

ފަހެ މިގޮތުން ޝަރުޢީ ނައްޞެއްގައި (ليلة الجمعة) “ހުކުރު ދުވަހުގެ ރޭ” ނުވަތަ (ليلة العيد) “ޢީދު ދުވަހުގެ ރޭ” މިފަދައިން އަތުވެއްޖެނަމަ އޭގެ މަޤްޞަދަކީ އިސްވެ ބަޔާންކުރެވުނު ގޮތަށް ޝަރުޢީ މިންގަނޑުގައި ރޭގަނޑެވެ. [އެބަހީ: އޭގެ މުރާދަކީ ޙަޤީޤަތުގައި ހުކުރު ވިލޭރޭ ނުވަތަ ޢީދު ވިލޭރޭ ކަމެވެ.]

ލައިލަތުލް ޤަދްރި ވެސް ދެނެގަންނަނީ އެގޮތަށެވެ. މިގޮތުން ޞައްޙަ ޙަދީޘްއެއްގައި ޞަރީޙަކޮށް އައިސްފައިވަނީ ރޭގަނޑަކާއި ވިދިގެން އަންނަ ހެނދުނުގެ ވަޤުތަކީ އެރެއާ ގުޅިފައިވާ ބައެއް ކަމުގައެވެ.

އަބޫ ސަޢީދުލް ޚުދްރީ ވިދާޅުވިއެވެ.

((أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَعْتَكِفُ فِي الْعَشْرِ الأَوْسَطِ مِنْ رَمَضَانَ ، فَاعْتَكَفَ عَامًا ، حَتَّى إِذَا كَانَ لَيْلَةَ إِحْدَى وَعِشْرِينَ ، وَهِىَ اللَّيْلَةُ الَّتِي يَخْرُجُ مِنْ صَبِيحَتِهَا مِنِ اعْتِكَافِهِ قَالَ : مَنْ كَانَ اعْتَكَفَ مَعِي فَلْيَعْتَكِفِ الْعَشْرَ الأَوَاخِرَ ، وَقَدْ أُرِيتُ هَذِهِ اللَّيْلَةَ ثُمَّ أُنْسِيتُهَا ، وَقَدْ رَأَيْتُنِي أَسْجُدُ فِي مَاءٍ وَطِينٍ مِنْ صَبِيحَتِهَا ، فَالْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ ، وَالْتَمِسُوهَا فِي كُلِّ وِتْرٍ . فَمَطَرَتِ السَّمَاءُ تِلْكَ اللَّيْلَةَ ، وَكَانَ الْمَسْجِدُ عَلَى عَرِيشٍ فَوَكَفَ الْمَسْجِدُ ، فَبَصُرَتْ عَيْنَاي رَسُولَ اللَّهِ صلى الله عليه وسلم عَلَى جَبْهَتِهِ أَثَرُ الْمَاءِ وَالطِّينِ ، مِنْ صُبْحِ إِحْدَى وَعِشْرِينَ)) [رواه البخاري (2027) ومسلم (1167]

މާނައީ: “ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ރަމަޟާންމަހުގެ މެދު ދިހައެއްގައި އިޢުތިކާފުކުރައްވައެވެ. އެގޮތުން އެއްއަހަރު އެގޮތުގައި އިޢުތިކާފުގައި އިންނަވާފައި 21 ވިލޭރޭ ވެ، އެރެއާ ވިދިގެން އައި ފަތިހު، އެކަލޭގެފާނު އިޢުތިކާފުން ނުކުންނަވާ ވަޤުތު ޖެހުމުން ޙަދީޘްކުރެއްވިއެވެ.”

“ތިމަންކަލޭގެފާނަށް މިރޭ [އެބަހީ: ލައިލަތުލް ޤަދްރި] ދެއްކެވުނެވެ. އަދި އެއަށްފަހު ހަނދުމަ ނެތިކުރެއްވުނެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ފެނާއި، ފެނުން ތެއްވެފައިވާ ވެލީގައި އެރޭ ފަތިހު ތިމަންކަލޭގެފާނު ސަޖިދަކުރައްވަނިކޮށެވެ. [ރަމަޟާންމަހުގެ] ފަހު ދިހައެއްގައި އެރޭ ހޯދާށެވެ. އަދި ކޮންމެ އޮނަހިރި ރެއެއްގައިވެސްމެއެވެ.” 

ފަހެ އެރޭ [އެބަހީ: 21ވިލޭރޭ] ވާރޭ ވެހުނެވެ. ކަދުރުރުކުގެ ފަނުން މިސްކިތުގެ ފުރާޅު ހެދިފައިވުމުން މިސްކިތުގައި ފެން ހެދުނެވެ. ފަހެ 21 ވަނަ ދުވަހުގެ ފަތިހު، ރަސޫލުﷲ صلى الله عليه وسلم ގެ ނިތްކުރިފުޅުގައި ފެނާއި ތެތްވެފައިވާވެލީގެ އަޘަރު ހުއްޓާ ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ.

ފަހެ މިޙަދީޘުގައި ((يَخْرُجُ مِنْ صَبِيحَتِهَا)) “އެރެއާ ވިދިގެން އައި ފަތިހު، އެކަލޭގެފާނު އިޢުތިކާފުން ނުކުންނަވާ ވަޤުތު ޖެހުމުން ” އާއި ((مِنْ صُبْحِ إِحْدَى وَعِشْرِينَ)) “21 ވަނަ ދުވަހުގެ ފަތިހު” ދަލީލު ލިބެނީ ފަތިސް ތަބާވަނީ ރޭގަނޑާ ކަމެވެ.

އަންނަނިވި އާޔަތުގެ ތަފްސީރުގައި އިމާމު ޤުރުޠުބީ رحمه الله ވިދާޅުވިއެވެ.

(وَوَاعَدْنَا مُوسَى ثَلَاثِينَ لَيْلَةً وَأَتْمَمْنَاهَا بِعَشْرٍ فَتَمَّ مِيقَاتُ رَبِّهِ أَرْبَعِينَ لَيْلَةً) [الأعراف ۱٤٢]

މާނައީ: ” ތިރީސް ރޭގެ މުއްދަތެއް ތިމަންއިލާހު މޫސާގެފާނަށް ކަނޑައަޅުއްވައި ދެއްވީމެވެ. އަދި އެއަށް ދިހަޔެއް އިތުރުކުރައްވައި، ފުރިހަމަ ކުރެއްވީމެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރައްބު ކަނޑައަޅުއްވާފައިވާ މުއްދަތު ސާޅީސް ރޭ ފުރިހަމަވިއެވެ.  “
[الجامع لأحكام القرآن (7/267)]

މިއާޔަތުން ދަލީލު ލިބެނީ ތާރީޚު ބަލާ އުޅެނީ ރޭގަނޑަށް ބަލައިގެންކަމެވެ. ދުވާލަށް ބަލައިގެނެއް ނޫނެވެ. އެއީ ( ثَلاثِينَ لَيْلَةً ) “ތިރީސް ރޭގެ މުއްދަތެއް” މި ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ. އެހެނީ މަސްތައް ފެށެނީ ރޭގަނޑުންނެވެ. އަދި ޞަޙާބީ ބޭކަލުން ދުވަސްތައް ބަޔާންކޮށްދެއްވާ އުޅުއްވީވެސް ރޭގަނޑަށް ނިސްބަތްކޮށްގެންނެވެ… މިއާ ޚިލާފަށް ޢަޖަމީން ދުވަސްތައް ގުނަނީ އިރަށް ބަރޯސާވެގެން ދުވާލުން ފަށައިގެންނެވެ.”
والله أعلم .

މަޞްދަރު