[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަނބިމީހާ ޙައިޟުގެ ދުވަސްވަރު ޖިމާޢުވުން ދޫކޮށްލުން – 1

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ وَلَا تَقْرَبُوهُنَّ حَتَّى يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ﴿٢٢٢﴾ نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ وَقَدِّمُوا لِأَنْفُسِكُمْ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ مُلَاقُوهُ وَبَشِّرِ الْمُؤْمِنِينَ ﴿٢٢٣﴾ [سورة البقرة]

 

التحليل اللفظي (ލަފްޒީ މާނައިގެ ތަޙުލީލު)

يَسْأَلُونَكَ: އެބައިމީހުން ކަލޭގެފާނާ ސުވާލުކުރާނެއެވެ.

الْمَحِيضِ: الْمَحِيضِ އަކީ مصدر ميمي އެކެވެ. ޙައިޟްއަކީ السيلان (އޮހޮރިގެން ދިއުމެވެ. ނުވަތަ ދެމިގެން ދިޔުމެވެ. ނުވަތަ ފައިބާގެންދިޔުމެވެ.)

أَذًى: ޢަޠާއު ވިދާޅުވިއެވެ.

“أَذًى އަކީ “ހަޑިކަމެވެ.”

ޢަރަބި ބަހުގައި أَذًى އަކީ އެކަމަކުން ނުރުހުންތެރިކުރުވަނިވި ނުވަތަ އުނދަގޫދެނިވި ކޮންމެ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَى﴾ [ البقرة : ٢٦٤]

މާނައީ: “ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ صدقات ތައް باطل ނުކުރާ ހުށިކަމެވެ!”

الطبري ވިދާޅުވިއެވެ.

“وسمي الحيض أذى لنتن ريحه وقذره ونجاسته”[1]

މާނައީ: “ޙައިޟްއަށް أَذًى އޭ ކިޔުނީ އޭގައި ހަޑިކަމާއި ނުބައިވަހާއި ނަޖިސްކަން އެކުލެވިފައިވާތީއެވެ.”

فَاعْتَزِلُوا: فَاعْتَزِلُوا ނެގިފައިވަނީ  الاعتزال އިންނެވެ. މާނައަކީ ކަމެއްކުރުން ހުއްޓާލައި އެކަމަކުން ދުރުވެގަތުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ الله﴾ [ مريم : ٤٨ ]

މާނައީ: “އަދި ތިޔަބައިމީހުންނާއި، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ، އަހުރެން ދުރުވެގަންނަމެވެ.”

يَطْهُرْنَ: އެއީ ޠާހިރުވުމެވެ. ޙައިޟުގެ ލޭ ކެނޑުމެވެ.

تَطَهَّرْنَ: އެއީ ޠާހިރު ކުރުވުމެވެ. އެބަހީ އެކަނބަލުން ފެންވެރުމެވެ.

حَرْثٌ: އަކީ ގޮވާންކުރާ ދަނޑެވެ. އައްރާޣިބު ވިދާޅުވިއެވެ. އެއީ އޮށް އިންދާ ގަސްފެޅުވުމެވެ. އަދި المحروث އަށް حرثاً އޭކިޔެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

﴿أَنِ اغْدُوا عَلَىٰ حَرْثِكُمْ إِن كُنتُمْ صَارِمِينَ﴾ [ القلم : ٢٢ ]  

މާނައީ: “ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ!”[2]

أَنَّى شِئْتُمْ: އެއީ ބޭނުންވި ދިމައަކުން ބޭނުންވި ގޮތަކަށެވެ. ކުރިމަތިންވިޔަސް ފަހަތުންވިޔަސް މެއެވެ. އަދި ކޮޅަށްހުރެގެންވިޔަސް އޮށޯވެއޮވެގެންވިޔަސް މެއެވެ.

ޤުރުޠުބީ އާއި އިބްނު ޢައްބާސް ވިދާޅުވިއެވެ.

“( فاتوا حرثكم أنَّى شئتم ) أي ائتها أنَّى شئت مقبلة ومدبرة ، ما لم تأتها في الدبر والمحيض .”

މާނައީ: “( فاتوا حرثكم أنَّى شئتم ) އެއީ ކުރިމަތިންވިޔަސް ފަހަތުންވިޔަސް އެކަނބަލުންގެ ކައިރިއަށް އަންނާށެވެ. (އެބަހީ ޖިމާޢުވާށެވެ.) އަދި އެކަނބަލުންގެ ކަރިއަށް ޙައިޟުގެ ދުވަސްވަރު ނާންނާށެވެ. (އެބަހީ ޖިމާޢުނުވާށެވެ.) އަދި ފުރަސްފަރާތްބޭނުންކޮށްގެން ޖިމާޢު ނުވާށެވެ.  

އަދި ޢިކްރިމާ ވިދާޅުވިއެވެ.

“يأتيها كيف شاء ، ما لم يعمل عمل قوم لوط.”[3]

މާނައީ: “ބޭނުންގޮތަކަށް އެކަނބަލުން ކައިރިއަށް ދާށެވެ. (އެބަހީ ބޭނުންގޮތަކަށް އެކަނބަލުންނާ ގުޅުންހިނގާށެވެ.) އަދި ލޫޠުގެފާނު ޤައުމުގެމީހުން ޢަމަލުކުރި ފަދައިން ޢަމަލު ނުކުރާށެވެ.”

وَقَدِّمُوا لِأَنْفُسِكُمْ: ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި  ޞާލިޙު ހެޔޮޢަމަލާއި ހެޔޮކަންތައްތައް އިސްކުރާށެވެ. އެއީ އާޚިރަތަށްޓަކައި ހެޔޮކަންކަމާއި ޞާލިޙް ޢަމަލު އިތުރުކުރުމަށްޓަކައެވެ.

وَاتَّقُوا اللَّهَ: ﷲއަށް ބިރުވެތިވެ، އެކަލާނގެ އަމުރުކުރައްވާފައިވާ ޢަމަލުތައްކޮށް އަދި އެކަލާނގެ ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުވެގަތުމެވެ.

وَبَشِّرِ المؤمنين: މުއުމިނުންނަށް އެބައިމީހުންނަށްވާ ޘަވާބާ، ކަރާތްމާތްތެރިކަމާއި ކާމިޔާބާއި ފަލާޙް ލިބިގެންވާ ސުރުވަރުގޭގެ ދަރަޖަތައްލިބުމުގެ އުވާފެރި ޚަބަރުދެއްވާށެވެ.

 

= ނުނިމޭ =

 

މިލިޔުމުގެ އެހެނިހެން ބައިތައް

_______________________________________________

[1]  (جامع البيان للطبري)

[2]  (المفردات في غريب القران للراغب الأصفهاني)

[3]  الصحيح للجوهري و تفسير الرازي