[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވިޔަފާރީގައި “ޚިޔާރު” 2

2 viyafaari verin

 

ފަހެ އެދެމީހުން – އެބަހީ: ގަންނަ މީހާއާއި ވިއްކާމީހާ – ވަކިވެގެން ނުދާހާ ހިނދަކު އެދެމީހުންނަށް އިޚްތިޔާރު ލިބިގެންވެއެވެ. އެއީ (ވަކިނުވެ) ކިތަންމެ އިރެއް ވިޔަސްމެއެވެ. އެއީ ދިހަ ގަޑިއަރުވަންދެން އެކީގައި ތިބިޔަސްމެއެވެ. ފަހެ އޭނާއަށް ދުވާލުގެ ކުރީކޮޅު މުދާ ވިއްކާފައި، މެންދުރު ވަންދެން އެކީގައި ވިޔަސް އެދެމީހުންނަށްވެސް އިޚްތިޔާރު ލިބިގެންވެއެވެ. އެއީ އެކަލޭގެފާނުގެ (މި) ޙަދީޘްފުޅުގެ ޢާންމު މާނައެވެ.

((مَا لَمْ يَتَفَرَّقَا))
“ދެ ވިޔަފާރިވެރިން (އެބަހީ: ގަންނަމީހާއާއި ވިއްކާމީހާ) ވަކިވެގެން ނުދާހާ ހިނދަކު…”

އަދި އިބްނު ޢުމަރު ގެ ޙަދީޘްގައިވެއެވެ.

((…أَوْ يُخَيِّرُ أَحَدُهُمَا الآخَرَ…)) [متفق عليه]
“ނުވަތަ އެދެމީހުންކުރެ އެކަކު، އަނެކާއަށް ޚިޔާރު ދީފިނަމައެވެ…”

އެބަހީ: އެދެމީހުންކުރެ އެކަކު، އަނެކާއަށް ބުނެއެވެ. ޚިޔާރު ލިބިގެންވަނީ ހަމައެކަނީ ތިބާއަށެވެ.

ފަހެ އެހިނދުން ޚިޔާރު ލިބިގެންވާނީ ހަމައެކަނި އޭނާއަށެވެ. (އެބަހީ: އެފަދައިން މުޚާޠަބުކުރެވުނު މީހާއަށެވެ.) ދެވަނަ މީހާއަށް އޭރުން ޚިޔާރެއް ނޯންނާނެއެވެ.

ނުވަތަ އެދެމީހުންނަށް ޚިޔާރުނުވާނެ ކަމަށް ދެމީހުންނަށް އެއްބަސް ވެވިދާނެއެވެ.

ފަހެ އެހެންކަމުން 4 ގޮތަކަށް މިކަން ހިނގައެވެ.

1 އެއްގޮތަކީ އެދެމީހުންނަށްވެސް ޚިޔާރުލިބިގެންވުން؛ އެފަދައިން ކަން ހިނގަނީ އެއްވެސް ޝަރުޠުކުރުމެއް ނެތި ކުރާ ވިޔަފާރީގައެވެ.

ގަންނަމީހާއާއި ވިއްކާމީހާއާ ދެމީހުންނަށްވެސް (މިޙާލަތުގައި) ޚިޔާރުލިބިގެންވެއެވެ. އަދި އެދެމީހުންކުރެ ކޮންމެ މީހަކަށްވެސް އެޢަޤުދު ފަސްޚުކުރުމުގެ ޙައްޤުލިބިގެންވެއެވެ.

2 އަނެއްގޮތަކީ ދެމީހުންކުރެ އެކަކަށްވެސް ޚިޔާރު ނުލިބޭނޭ ގޮތަށް ވިއްކުމެވެ.

އޭރުން ވިޔަފާރީގެ ޢަޤުދުކުރާ ހިނދުން ފެށިގެން އެވިޔަފާރި ލާޒިމުވެ ޚިޔާރު މެދުކެނޑޭނެއެވެ.

3 އަނެއްގޮތަކީ ގަންނަމީހާއަށް ޚިޔާރި ނުލިބި ވިއްކާ މީހާއަށް އެކަނި ޚިޔާރި ލިބުމެވެ.

4 އަނެއްގަތަކީ ގަންނަ މީހާއަށް ޚިޔާރުލިބި، ވިއްކާ މީހާއަށް ޚިޔާރު ނުލިބުމެވެ.

އެހެނީ ޚިޔާރަކީ ގަންނަމީހާއާއި ވިއްކާމީހާއާ ދެމީހުންނަށްވެސް އޮތް ޙައްޤެކެވެ. ފަހެ އެދެމީހުން ނުވަތަ ދެމީހުންކުރެ އެކަކު އެޙައްޤު ދޫކޮށްލުމަށް ރުހުމަކީ އެދެމީހުންނަށް ލިބިގެންވާ ޙައްޤެކެވެ. އެހެން ބައެއްގެ ޙައްޤެއް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((وَالمُسْلِمُونَ عَلَى شُرُوطِهِمْ، إِلاَّ شَرْطًا حَرَّمَ حَلاَلاً، أَوْ أَحَلَّ حَرَامًا)) [رواه الترمذي وصححه الألباني]

މާނައީ: “އަދި މުސްލިމުންވަނީ އެބައިމީހުން ކުރާ ޝަރުޠުގެ މަތީގައެވެ. (އެބަހީ: އެބައިމީހުންނީ ކުރާ ޝަރުޠުގެ މަތީގައި ޘާބިތުވާ ބައެކެވެ.) އެއީ ޙަލާލުކަމެއް ޙަރާމްކުރުމަށް ކުރާ ޝަރުޠެއް ނުވަތަ ޙަރާމްކަމެއް ޙަލާލުކުރުމަށް ކުރާ ޝަރުޠެއްގައި މެނުވީއެވެ.”

= ނުނިމޭ =

 _____________________________________

މިލިޔުމަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه اللهގެ ފޮތެއްކަމުގައިވާ شرح رياض الصالحين / مجلد: 1 / ص: 319 – 323 އިން ތަރުޖަމާކޮށްފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެންބައިތައް