{بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ}
މާނައީ: ﷲގެ އިސްމުފުޅުން ފަށަމެވެ. އެއިލާހަކީ ރަޙުމާނު ވަންތަ ރަޙީމްވަންތަ އިލާހެވެ.
) قُلْ أَعُوذُ بِرَبِّ الْفَلَقِ *مِن شَرِّ مَا خَلَقَ * وَمِن شَرِّ غَاسِقٍ إِذَا وَقَبَ * وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ * وَمِن شَرِّ حَاسِدٍ إِذَا حَسَدَ(
(ސޫރަތުގެ މާނައިގެ ތަރުޖަމާ: “ކަލޭގެފާނު(މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވިދާޅުވާށެވެ. ފަތިހުގެ ވެރިރައްބުގެ(ފަތިހުގެ އަލިކަން ނެރުއްވަވާ ރައްބުގެ) ކިބައިން ތިމަންކަލޭގެފާނު ރައްކާތެރިކަމަށް އެދިވަޑައިގަންނަވަމެވެ. އަދި ﷲ އުފެއްދެވި ހުރިހާ ތަކެތީގެ ކިބައިންވެސް މެއެވެ. އަދި ރޭގަނޑުގެ އަދިރިގަންނަ ހިނދު އެރޭގަނޑުގެ އަނދިރިކަމުންވެސްމެއެވެ. އަދި ގޮތްތަކަށް ފުމެއުޅޭ ސިޙުރުހަދާމީހުންގެ ނުބައިކަމުންވެސް މެއެވެ. އަދި ޙަސަދަވެރިވާ ހިނދު ހަސަދަވެރިޔާގެ ނުބައިކަމުންވެސް މެއެވެ”.)
މަތީގައިވާ ސޫރަތް ބަޔާންކުރެއްވުމަށްފަހު ޝެއިޚު އިބުނު އުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވައެވެ.
“ބިސްމީގެ ތަފްސީރު އިސްވެ ހިނގައްޖެއެވެ.
(قُلْ أَعُوذُ بِرَبِّ الْفَلَقِ ) މިއާޔަތުގައިވާ (رَبِّ الْفَلَقِ) އަކީ ﷲއެވެ. އަދި ފަލަޤަކީ ފަތިހުގައި(ނެރުއްވާ) އަލިކަމެވެ. (ނުވަތަ ފަތިހެވެ) . އަދި އެބަހުގެ މާނަ އެޔަށް ވުރެ ޢާންމު މާނައިގައި ބޭނުންކުރުން ހުއްދަވެގެންވެއެވެ. ހަމަކަށަވަރުން ފަލަޤަކީ ﷲ ތަޢާލާ ފަތިހުގެ އަލިކަމާއި، އޮށާއި އޮއްޓަރުން ފަދައިން ނެރުއްވާ ކޮންމެ ކަމެއް (ފަލަޤަށް) ވާހުއްޓެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިބަސްފުޅުގައި ވަހީކުރައްވާފައިވާ ފަދައިންނެވެ. (إِنَّ اللَّـهَ فَالِقُ الْحَبِّ وَالنَّوَىٰ) (މާނައީ: ހަމަކަށަވަރުން ﷲއީ އޮށްޓަރާއި އަދި އޮށުން (ގަސްގަހާގެހި)ފަޅުއްވަވާ އިލާހެވެ.) އަދިވެސް ވަޙީކުރައްވާފައިވެއެވެ. (فَالِقُ الْإِصْبَاحِ…) (މާނައީ: ފަތިހުގެ އަލިކަން ނެރުއްވާ އިލާހެވެ.)
(مِن شَرِّ مَا خَلَقَ) (މާނައީ: ﷲ އުފެއްދެވި ހުރިހާތަކެތީގެ ނުބައިކަމުން ރައްކާތެރިކަން އެދެމެވެ.) އެބަހީ ހުރިހާ މަޚުލޫޤުތަކުގެ ނުބައިކަމުންނެވެ. އޭގެ ތެރޭގައި (އިންސާނުންގެ) ނަފްސުވެސް ހިމެނެއެވެ. ސަބަބަކީ ނަފްސަކީ ނުބައިކަންކަމަށް އަރައިގަތުމަށް ލަންބުވަނިވި އެއްޗެކެވެ. (مِن شَرِّ مَا خَلَقَ) މިފަދައިން ބުނެފިނަމަ އެންމެ ފުރަތަމަ ވަންނަ (މަޚުލޫޤަކީ) ތިބާގެ ނަފްސެވެ. ޚުތުބަތުލް ޙާޖާ (ޚުތުބާ ފައްޓަވަން ނަބިއްޔާ ކިޔުއްވާ ބަސްފުޅުތައް ނުވަތަ ޙަދީޘް) ގައިވެއެވެ.«((نَعُوْذُ بِاللهِ مِنْ شُرُوْرِ أَنْفُسِنَا))» (1) މާނައީ: “ތިމަންނާމެން ތިމަންމެންގެ ނަފުސުތަކުގެ ނުބައިކަން ﷲގެ ރައްކާތެރިކަމަށް އެދެމެވެ.”
އަދިވެސް މިވަޙީބަސްފުޅު ކަމަށްވާ (مِن شَرِّ مَا خَلَقَ) (މިއާޔަތުގައިވާ މަޚުލޫޤުންތަކުގެ ތެރޭގައި) އިންސާނުންގެ ތެރެއިން ހިމެނޭ ޝައިތާނުންނާއި ޖިންނީންގެ ތެރެއިން ހިމެނޭ ޝައިތާނުންނާއި އަދި ދިރޭތަކެތީގެ ތެރޭގައިވާ ޝައިތާނުންނާއި އަދި އެނޫން އެއްޗެހިވެސްވެއެވެ.
(وَمِن شَرِّ غَاسِقٍ إِذَا وَقَبَ) (މާނައީ: އަދި ރޭގަނޑުގެ އަދިރިގަންނަ ހިނދު އެރޭގަނޑުގެ އަނދިރިކަމުންވެސްމެއެވެ). الغاسق އާއިބެހޭގޮތުން ބުނެވެއެވެ. (ޢިލްމުވެރިން ބަޔާންކުރައްވައެވެ). “އެއީ ހަމަކަށަވަރުން ރޭގަނޑެވެ”. އަދި ބުނެވެއެވެ. “އެއީ ހަމަކަށަވަރުން ހަނދެވެ”. ރަނގަޅު ގޮތަކީ މިޔަށްވެސް އަދި އެޔަށްވެސް (ދޭއްޗަށްވެސް) މިލަފުޒު ޢާންމުވެގެންވެއެވެ. ރޭގަނޑު (މިމާނައަށް) ބަލާއިރު، ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ…) [އިސްރާ ސޫރަތް:78] (މާނައީ: ކަލޭގެފާނު މެންދުރުވެއްޖައުމުން ފެށިގެން ރޭގަނޑުގެ އަނދިރިކަން ގަންނަންދެން ނަމާދު (ނަމާދުތައް: މެންދުރު، ޢަޞްރު، މަޣްރިބް، ޢިޝާ) ޤާއިމުކުރައްވާށެވެ.) އަދި ރޭގަނޑުގައި ދިރޭސޫފާސޫފިތަކާއި ޖަނަވާރުތައް ގިނަވެއެވެ. (ގިނައިން ނުކުމެއެވެ). އެހެންކަމުން ރޭގަނޑުގެ(ޣާސިޤުގެ) ނުބައިކަމުން ރައްކާތެރިވަނީއެވެ. އެބަހީ (ޣާސިޤަކީ މިތާނގައި) ރޭގަނޑެވެ.
ހަނދަށް (އެމާނައަށް) ބަލާއިރު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އައިސްފައިވާ ޙަދީޘްގައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ހަނދު ދެއްކެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. (هَذَا هُوَ الغَاسِقُ( (2)) މާނައީ: “ފަހެ ޣާސިޤަކީ މިއެވެ.”
ނުނިމޭ
_________
(1) أخرجه الإمام أحمد في المسند (1/302) .
(2) أخرجه الترمزي، كتاب التفسير، باب ومن سورة المعوذتين (3366) وقال حديث حسن صحيح.