[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲއަށް ބިރުވެތިވުމުގެ މާތްކަން

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

ﷲއަށް ބިރުވެތިވުމަކީ މަތިވެރި ވެގެންވާ ހިތުގެ އަޅުކަމެކެވެ. ތެދުވެރި އީމާނުގެ އަހުލުވެރިއަކަށް މެނުވީ ޙާޞިލު ނުކުރެވޭނެ މާތް އަޅުކަމެކެވެ. އެހެންކަމުން ﷲތަޢާލާއަށް ބިރުވެތިވާ މީހާއަށް އެއިލާހުވަނީ މަތިވެރިވެގެންވާ ޖަންނަތުގެ ދަރަޖަތައް ތައްޔާރު ކުރައްވާފައިވެއެވެ. ﷲތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ.

﴿وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ﴾ [الرحمن: 46]

މާނައީ: ” އެމީހާގެ ވެރި ރައްބުގެ ޙަޟުރަތުގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް (ސުވަރުގޭގައި) ދެ ބަގީޗާ ވެއެވެ.”

އަދިވެސް އެއިލާހު ވަޙީކުރއްވިއެވެ.

﴿وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ * فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ﴾ [النازعات: ٤٠ , ٤١]

މާނައީ: “އަދި އެމީހާގެ ވެރި ރައްބުގެ ޙަޟުރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އަމިއްލަ އެދުންތަކާ އެމީހެއްގެ ނަފްސު ދުރުކޮށްފިމީހާ (ދަންނައެވެ!) [40] ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ. [41]”

އަބޫހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((مَنْ خَافَ أَدْلَجَ ، وَمَنْ أَدْلَجَ بَلَغَ الْمَنْزِلَ ، أَلا إِنَّ سِلْعَةَ اللَّهِ غَالِيَةٌ ، أَلا إِنَّ سِلْعَةَ اللَّهِ غَالِيَةٌ ، أَلا إِنَّ سِلْعَةَ اللَّهِ الْجَنَّةُ))[1]

މާނައީ: “ފަހެ ބިރުވެތިވާމީހާ ގަދައަޅާ މަސައްކަތްކުރާނެތެވެ. [އެބަހީ: (ﷲއަށް) ބިރުވެތި ވެއްޖެމީހާ ހެޔޮކަންތައްތަކުގައި ހީވާގިވާނެއެވެ.] އަދި ގަދައަޅާ މަސައްކަތްކުރާމީހާ އަވަހަށް މަންޒިލަށް ވާސިލުވާނެއެވެ. [އެބަހީ: ސުވަރުގެއަށް ވާސިލުވާނެއެވެ.] ދަންނާށެވެ! اللهގެ މުދަލަކީ، ވަރަށް ވެސް އަގުހުރި އެއްޗެކެވެ. [އެބަހީ: ސުަވަރުގެ ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހެއެވެ.] ދަންނާށެވެ! ހަމަކަށަވަރުން ﷲތަޢާލާގެ ޙަޟްރަތުން ޙާޞިލުކުރެވޭ އެއްޗަކީ އަގުހުރި އެއްޗެކެވެ. ދަންނާށެވެ! ހަމަކަށަވަރުން ﷲ ތަޢާލާގެ އަގުބޮޑު މުދަލަކީ ސުވަރުގެއެވެ.”

އަދިވެސް އަބޫހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((سَبْعَةٌ يُظِلُّهُمُ اللهُ في ظِلِّهِ يَوْمَ لاَ ظِلَّ إلاَّ ظِلُّهُ : إمَامٌ عَادِلٌ ، وَشَابٌّ نَشَأ في عِبَادَةِ الله – عز وجل – ، وَرَجُلٌ قَلْبُهُ مُعَلَّقٌ بِالمَسَاجِدِ ، وَرَجُلاَنِ تَحَابّا في اللهِ اجْتَمَعَا عَلَيهِ وتَفَرَّقَا عَلَيهِ ، وَرَجُلٌ دَعَتْهُ امْرَأةٌ ذَاتُ حُسْنٍ وَجَمَالٍ ، فَقَالَ : إنِّي أخَافُ الله ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ ، فَأخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ الله خَالِياً فَفَاضَتْ عَيْنَاهُ ))[2]

މާނައީ: “ޤިޔާމަތްދުވަހުގައި ﷲ ތަޢާލާ ހަތް ބާވަތެއްގެ ބަޔަކަށް އެއިލާހުގެ ހިޔާވަހިކަން ދެއްވާނެއެވެ. އެއީ އެއިލާހުގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާނެ ދުވަހެވެ. އެބަޔަކީ، ޢަދުލުވެރި ވެރިޔާއާއި އަދި އަޅުކަމުގެމަތީ ބޮޑުވާ ޒުވާނާއާއި އަދި މިސްކިތާ އެމީހެއްގެ ހިތް ގުޅިފައިވާ މީހާއާއި އަދި ﷲ އަށްޓަކައި ލޯބިވެ އެކަމުގެމަތީ ޖަމާވެ އެކަމުގެމަތީ ވަކިވެދާ ދެމީހުންނާއި އަދި ރީތި، ނަސަބުވެރި އަންހެނަކު (ނުބައިކަމަކަށް) ގޮވާލާހިނދު ﷲ އަށް ތިމަން ބިރުވެތިވަމޭ ބުނެ އެކަމުން ދުރުވެގަންނަ މީހާއާއި އަދި އެކަނިހުރެ ﷲ ހަނދުމަކުރުމުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ.”

އަދި އިބުނު ޢައްބާސް رضي الله عنهماގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައަހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

((عَيْنَانِ لَا تَمَسُّهُمَا النَّارُ: عَيْنٌ بَكَتْ مِنْ خَشْيَةِ اللهِ، وَعَيْنٌ بَاتَتْ تَحْرُسُ فِي سَبِيلِ اللهِ)) [3]

މާނައީ: “ދެލޮލެއް ނަރަކައިގެ އަލިފާނުގައި ނުޖެހޭނެއެވެ. އެއީ ﷲއަށް ބިރުން ލޮލުން ކަރުނަ އޮހޮރާލާ ލޮލާއި ރޭގަނޑު ވަގުތުގައި ﷲގެ މަގުގައި ފާރަވެރިއަކަށް ހުންނަ ލޮލެވެ. )”

އަދި أبو أمامة الباهلى رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

((لَيْسَ شَيْءٌ أَحَب إِلَى اللهِ مِنْ قَطْرَتَيْنِ، وَأَثَرَيْنِ: قَطْرَةٌ مِنْ دُمُوعٍ فِي خَشْيَةِ اللهِ. وَقَطْرَةُ دَمٍ تُهَرَاقُ فِي سَبِيلِ اللهِ. وَأَمَّا الأَثَرَانِ: فَأَثَرٌ فِي سَبِيلِ اللهِ. وَأَثَرٌ فِي فَرِيضَةٍ مِنْ فَرَائِضِ اللهِ!))[4]

 މާނައީ: “ދެ ތިއްކަކާއި ދެ އަޘަރަކަށްވުރެ ލޮބުވެތިކަން ބޮޑުވެގެންވާ އެހެން އެއްޗެއް ﷲތަޢާލާގެ ޙަޟްރަތުގައި ނުވެއެވެ. އެއީ، ﷲއަށް ބިރުން އޮހަރާލާ ކަރުނަ ތިއްކާއި، ﷲގެ މަގުގައި ގައިން އޮހޮރާލާ ލޭތިއްކެވެ. އަދި ދެއަޘަރު ދަންނައެވެ. އެއީ ﷲގެ މަގުގައި ހަނގުރާމަކުރާއިރު، އޭނާގެ ގައިން ފެންނަ އަޘަރާއި، އަދި ﷲތަޢާލާ ފަރުޟު ކުރައްވާފައިވާ އަޅުކަމެއް އަދާކުރުމުގައި އޭނާގެ ގައިން ފެންނަ އަޘަރެވެ.”

އަދި ﷲއަށް ބިރުވެތިވުމަކީ، އިންސާނާ ހެޔޮކަންކަމަށް ވާޞިލިކުރުވާ ނުބައި ކަންކަން މަނާކުރަނިވި ކަމެކެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ.

﴿قُلْ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ﴾ [الزمر: ١٣]

މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންގެ ވެރި ރައްބަށް އަހުރެން އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަށް ހަމަކަށަވަރުން، އަހުރެން ބިރުގަންނަމެވެ.”

إبراهيم بن سفيان ވިދާޅުވިއެވެ.

” إذا سكن الخوف في القلب أحرق موضع الشهوات منه.”[5]

މާނައީ: “ހިތުގައި (ﷲއަށް) ބިރުވެތިކަން ދިރިގެންވާނަމަ، އެހިތަކުން ޝަހުވަތްތައް އަންދާލާނެތެވެ.”

އަދި ﷲއަށް ބިރުވެތިވުމަކީ، ޢަމަލުތައް އިޚްލާޞްތެރި ކުރުވަނިވި ސަބަބެކެވެ. ﷲތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ.

﴿إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّـهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا * إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًا قَمْطَرِيرًا * فَوَقَاهُمُ اللَّـهُ شَرَّ ذَٰلِكَ الْيَوْمِ وَلَقَّاهُمْ نَضْرَةً وَسُرُورًا﴾ [الانسان: ٩-١١]

މާނައީ: “ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲގެ ވަޖުހު ފުޅު އަދައިގެންނެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ. [9] ހަމަކަށަވަރުން، ތިމަންމެންގެ ވެރިރައްބުގެ ޙަޟްރަތުން އަންނާނޭ އުނދަގޫ އަދި ދިގުވެގެންވާ ދުވަހަކަށް ތިމަންމެން ބިރުވެތިވަމުއެވެ. [10] ފަހެ، އެދުވަހުގެ ނުބައިކަމުން ﷲތަޢާލާ، އެއުރެން ރައްކާތެރި ކުރެއްވިއެވެ. އަދި މޫނު އަލިކަމާއި، އުފާވެރިކަން އެއުރެންނަށް ދެއްވިއެވެ. [11]”

އަދި ﷲ އަށް ބިރުވެތިވުމަކީ، އަދާކުރާ އަޅުކަން މަތިވެރިކޮށްދީ އަޅުކަން ރިވެތިކޮށްދޭ ކަމެކެވެ. ބިރުވެތިކަމާއެއްކޮށް ރޭއަޅުކަން ކުރާމީހުންނަށް ޘަނާކިޔުއްވާ ﷲތަޢާލާ ވަޙީ ކުރެއްވިއެވެ.

﴿تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ * فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴾ [السجدة: ١٦-١٧]

މާނައީ: “އެއުރެންގެ އަރިކަށިތައް ތަންމަތިތަކާ ދުރުވެއެވެ. (އެބަހީ: ރޭއަޅުކަމަށް ނިންޖާއި އަރާމު ތަންމަތިތައް ދޫކޮށްލަތެވެ.) އެއުރެންގެ ވެރިރައްބަށް، އެރައްބުގެ ޢަޛާބަށް ބިރުވެތިވާހާލު އަދި އެރައްބުގެ ރަޙްމަތަށް އުންމީދުކުރާ ޙާލު ދުޢާކުރެތެވެ. އަދި ތިމަން އިލާހު އެއުރެންނަށް ދެއްވި ތަކެތިން އެއުރެން ހޭދަކުރެތެވެ. [16] ފަހެ، އެއުރެންނަށްޓަކައި ފޮރުވިފައިވާ، ލޮލަށް ފިނިކަންދެނިވި ނިޢުމަތްތަކެއް ހަމަ އެއްވެސް ނަފްސަކަށް ނޭނގޭނެއެވެ. އެއީ އެއުރެން ދުނިޔޭގައި ކޮށްއުޅުނު ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ. [17]”

އަދި ﷲ އަށް ބިރުވެތިވުމަކީ، ދުޢާ އިޖާބަވުމުގެ ސަބަބެކެވެ. ﷲތަޢާލާ ވަޙީ ކުރެއްވިއެވެ.

﴿وَادْعُوهُ خَوْفًا وَطَمَعًا إِنَّ رَحْمَتَ اللَّـهِ قَرِيبٌ مِّنَ الْمُحْسِنِينَ﴾ [الأعراف: ٥٦]

މާނައީ: ” އަދި ބިރުވެތިވެ، އެދުންވެ ތިބޭ ޙާލު، އެއިލާހަށް     ތިޔަބައިމީހުން ދުޢާ ކުރާށެވެ! ހަމަކަށަވަރުން، ﷲގެ ރަޙުމަތްވަނީ، އިޙްސާންތެރިންނާ ގާތުގައެވެ.”

އަދި ﷲއަށް ބިރުވެތި ވުމަކީ، ޙައްޤަށް ތަބަޢަވެ، ﷲގެ ބަސްފުޅުތަށް ތެދުކުރެވުމުގެ ސަބަބެކެވެ. ﷲތަޢާލާ ވަޙކުރެއްވިއެވެ.

﴿فَذَكِّرْ بِالْقُرْآنِ مَن يَخَافُ وَعِيدِ﴾ [ق: ٤٥]

މާނައީ: ” ފަހެ، ތިމަންއިލާހުގެ ވަޢީދަށް ބިރުގަންނަ މީހަކަށް، ކަލޭގެފާނު ޤުރުއާނުން ވަޢުޡާއި ނަޞޭޙަތް އިއްވަވާށެވެ!”

އަދި ﷲއަށް ބިރުވެތިވުމަކީ ޢަދާވާތްތެރިންގެ ކިބައިން ނަޞްރު ލިބެނިވި ސަބަބެކެވެ. އެއިލާހު ވަހީކުރެއްވިއެވެ.

﴿قَالَ رَجُلَانِ مِنَ الَّذِينَ يَخَافُونَ أَنْعَمَ اللَّـهُ عَلَيْهِمَا ادْخُلُوا عَلَيْهِمُ الْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَالِبُونَ وَعَلَى اللَّـهِ فَتَوَكَّلُوا إِن كُنتُم مُّؤْمِنِينَ﴾ [المائدة: ٢٣]

މާނައ: “ﷲތަޢާލާއަށް ބިރުވެތިވާ މީހުންގެ ތެރެއިން ﷲ، ނިޢުމަތް ދެއްވާފައިވާ ދެމީހަކު ބުންޏެވެ. އެއުރެންނާ ދިމާޔަށް (އެރަށުގެ) ދޮރޯށިން ތިޔަބައިމީހުން ވަދެގެން ދާށެވެ! ފަހެ، ތިޔަބައިމީހުން އެރަށަށް ވަދެއްޖެނަމަ، ތިޔަބައިމީހުންނީ، (އެއުރެންގެ މައްޗަށް) ގަދަވެގަންނާނޭ ބަޔަކުކަން ކަށަވަރެވެ. އަދި ތިޔަބައިމީހުންނީ، އީމާންވެގެންތިބި ބަޔަކުކަމުގައިވާނަމަ، ހަމައެކަނި ﷲއަށް ތިޔަބައިމީހުން ވަކީލުކުރާށެވެ! “

އަދިވެސް އެއިލާހު ވަޙީ ކުރެއްވިއެވެ.

﴿وَلَنُسْكِنَنَّكُمُ الْأَرْضَ مِن بَعْدِهِمْ ذَٰلِكَ لِمَنْ خَافَ مَقَامِي وَخَافَ وَعِيدِ﴾ [إبراهيم: ١٤]

މާނައީ: ” އަދި ހަމަކަށަވަރުން، އެއުރެންގެ ފަހުގައި، ތިމަންއިލާހު ތިޔަބައިމީހުން، ބިމުގައި ވަޒަންވެރި ކުރައްވާ ހުށީމެވެ. އެކަންއޮތީ، ތިމަންއިލާހުގެ (މަތިވެރި) މަޤާމަށް ބިރުވެތިވެ، ތިމަންއިލާހުގެ ވަޢީދަށް ބިރުވެތިވި މީހުންނަށެވެ.”

حاتم الأصم ވިދާޅުވިއެވެ.

“لكل شيء زينة وزينة العبادة: الخوف.”[6]

މާނައީ: “ކޮންމެ އެއްޗަކަށްވެސް ޒީނަތެއް ވެއެވެ. އަޅުކަމުގެ ޒީނަތަކީ ބިރުވެތިކަމެވެ.”

الفضيل بن عياض ވިދާޅުވިއެވެ.

“من خاف الله دله الخوف على كل خير.”[7]

މާނައީ: “ﷲއަށް ބިރުވެއްޖެމީހަކަށް، އެބިރުވެތިކަން އޭނާއަށް ހުރިހާ ހެޔޮކަމަކަށް މަގުދައްކާނެއެވެ.”

إِبْرَاهِيمَ التَّيْمِيِّ ވިދާޅުވިއެވެ.

يَنْبَغِي لِمَنْ لَمْ يَحْزَنْ أَنْ يَخَافَ أَنْ يَكُونَ مِنْ أَهْلِ النَّارِ ، لأَنَّ أَهْلَ الْجَنَّةِ ، قَالُوا

﴿وَقَالُوا الْحَمْدُ لِلَّـهِ الَّذِي أَذْهَبَ عَنَّا الْحَزَنَ إِنَّ رَبَّنَا لَغَفُورٌ شَكُورٌ﴾  [فاطر: ٣٤]

وَيَنْبَغِي لِمَنْ لَمْ يُشْفِقْ أَنْ يَخَافَ أَنْ لا يَكُونَ مِنْ أَهْلِ الْجَنَّةِ ، لأَنَّهُمْ قَالُوا

﴿ قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ﴾ [الطور: ٢٦][8]

މާނައީ: “ދެރަވެ ހިތާމައެއް ކުރިމަތި ނުވާމީހާ، އޭނާ ނަރަކައިގެ އަހުލުވެރިއެއް ކަމުގައި ވެދާނެކަމަށް ބިރުވެތިވާން ޖެހެއެވެ. އެހެނީ ސުވަރުގޭގެ އަހުލުވެރިން މިފަދައިން ވިދާޅުވެއެވެ.

﴿وَقَالُوا الْحَمْدُ لِلَّـهِ الَّذِي أَذْهَبَ عَنَّا الْحَزَنَ إِنَّ رَبَّنَا لَغَفُورٌ شَكُورٌ﴾  [فاطر: ٣٤]

މާނައީ: “އަދި އެއުރެން ބުނާނެތެވެ. ޙަމްދު ހުރީ ﷲ އަށެވެ. އެއިލާހީ، ތިމަންމެންގެ ކިބައިން ހިތާމަތައް ފިއްލެވި އިލާހެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރި ރައްބީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން ޝުކުރު ޤަބޫލުކުރައްވާ އިލާހުކަން ކަށަވަރެވެ.”

އަދި ބިރުވެތި ނުވާނުވާމީހާ، އޭނާ ސުވަރުގޭގެ އަހުލުވެރިއެއް ކަމުގައި ނުވެދާނެކަމަށްޓަކައި ބިރުވެތިވާށެވެ. އެހެނީ ސުވަރުގޭގެ އަހުލުވެރިން މިފަދައިން ވިދާޅުވެއެވެ.

﴿ قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ﴾ [الطور: ٢٦]

މާނައީ: “އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ކުރިން ތިމަންމެން، ތިމަންމެންގެ އަހުލުވެރިންގެ ތެރޭގައި އުޅުނުއިރު (ﷲގެ ޢަޛާބަށް) ބިރުވެތިވެގެންވީމުއެވެ.”

أبو سليمان الدارانى ވިދާޅުވިއެވެ.

“أصل كل خير في الدنيا والآخرة الخوف من الله عز وجل وكل قلب ليس فيه خوف فهو قلب خرب.”[9]

މާނައީ:”ދުނިޔެއާއި އާޚިރަތުގެ ހުރިހާ ހެޔޮކަމެއްގެ އަޞްލަކީ ﷲއަށް ބިރުވެތި ވުމެވެ. އަދި އެހިތުގައި ބިރުވެތިކަމެއްނުވާ ކޮންމެ ހިތަކީ ޚަރާބުވެފައިވާ ހިތެކެވެ.”

والصلاة والسلام على رسول الله وعلى آله وصبحه أجمعين.

 

 


[1]  رواه الترمذي بسند صحيح و صححه العلامة الألباني في السلسلة الصحيحة (2335)

[2]  مُتَّفَقٌ عَلَيهِ .

[3]  رواه الترمذي وصححه الألباني

[4]  رواه الترمذي وحسنه الألباني في المشكاة (3837)

[5]  مدارج السالكين بين منازل إياك نعبد وإياك نستعين

[6]  الرسالة القشيرية

[7]  إحياء علوم الدين

[8]  حلية الأولياء لأبي نعيم

[9]  معاناتي مع الشهوة