[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވީދަކީ ޝިރުކެވެ.

އަބޫބަޝަރީ އަލް އަންސާރީގެކިބައިން ރިވާވެގެންވެއެވެ.

” އެއްދުވަހަކު އެކަލޭގެފާނު ކީރިތި  رسول الله صلّى الله عليه وسلّم އާއިއެކު ދަތުރުފުޅެއްގައި ވަޑައިގަތެވެ. ފަހެ އިތުރު އެކަލޭގެފާނު މީހަކު ފޮނުއްވައި އިޢުލާންކުރެއްވިއެވެ. އެއްވެސް ޖަމަލެއްގެ ކަރުގައި ދުނިދަނޑީގެ ވަރައިން ހަދާފައިވާ ހާރެއްވިޔަސް ނުވަތަ އެހެންއެއްޗަކުން ހަދާފައިވާ ހާރެއްވިޔަސް އޮވެގެން ނުވާނެއެވެ. އޮވެއްޖެނަމަ ކަނޑައިލާހުށިކަމެވެ. ” (ބުޚާރީ ވަމުސްލިމް)

މީގެ އިތުރުން، އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

” ހަމަކަށަވަރުން މަންތިރިއާއި، ތަވީދާއި، އިސްތިރިއާއި މިހުރިހާ އެއްޗަކީ ޝިރުކެވެ. ” (رواه أبو داود وابن ماجة وصححه الألباني)

މީހަކާ ޖިންނި އަވަލުމުން ނުވަތަ މީހަކަށް ބައްޔެއް ޖެހުމުން ނުވަތަ މިފަދަ އެހެންވެސް ކަމެއް ވުމުން ބައެއްމީހުން ތަވީދުއަޅައި އުޅެއެވެ. ބައެއްބޭފުޅުން ތަވީދަކީ ޝިފާއެއްކަމުގައި ދެކި އުޅެއެވެ. އަދި ބައެއްބޭފުޅުން ތަވީދު އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައިވެސް ދެކިއުޅެއެވެ. އެހެނަސް ދީނުގައި މިކަން އޮތްގޮތްނޭނގި މިކަން ކުރާމީހުން ދިވެހިރާއްޖޭގައިވެސް އުޅެއެއެވެ. އެހެނީ ތަވީދު އެޅުމަކީ ވަރަށްވެސް ނުރައްކާތެރިކަން ބޮޑުވެގެންވާކަމެކެވެ.

މިގޮތުން ތަވީދާއިބެހޭގޮތުން މުޙައްމަދު ބިން އަބްދުލްވައްހާބު ގެ ފޮތެއްކަމުގައިވާ ކިތާބުތައުޙީދުގެ ތަރުޖަމާގައިވާގޮތަށް އެއްވެސް އުނި އިތުރު ކަމެއް ނެތި އަޅުގަނޑު ބަޔާންކޮށްލާނަމެވެ. ތަރުޖަމާގައިވަނީ މިފަދައިންނެވެ.

 ” ޤުރުއާނާއި ﷲގެ އިސްމުފުޅުތަކުންނާއި، ޞިފަފުޅުތަކުން ލިޔެވިގެންވާ ތަވީދު އެޅުން ހުއްދަވެގެންވުމާއިބެހޭގޮތުން އަޞްޙާބުބޭކަލުންނާއި އަދި ތާބިޢީބޭކަލުންނާއި އަދި އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ޢިލްމުވެރީން އިޚްތިލާފްވެ ވަޑައިގެންފައިވެއެވެ. ބައެއްބޭކަލުން ހުއްދަ ކަމަށް ވިދާޅުވެއެވެ. އޭގެތެރޭގައި ޢަމްރު ބުނުލް ޢާޞްއާއި ޢައިޝާ ރަޟީޔަﷲ ޢަންހުމާ އަދި އެއް ރިވާޔަތުގައި އިމާމް އަޙްމަދު ރަޙިމަހުﷲ ހިމަނިވަޑައިގަންނަވައެވެ. އަދި މިބޭކަލުން ވިދާޅުވަނީ ޙަދީޘްގައި ޝިރުކުކަމަށް ވިދާޅުވެފައިއެވާ ތަވީދަކީ އޭގައި ޝިރުކުގެ ކަލިމަތައްވާ ތަވީދެވެ. އަދި ބައެއްބޭކަލުން ހުއްދަ ނޫންކަމަށް ވިދާޅުވިއެވެ. އޭގެތެރޭގއި ޢަބްދުﷲ ބުން މަސްޢޫދް ، ޢަބްދުﷲ ބުން ޢައްބާސް،  ޢުޤްބާ ބުން ޢާމިރު، އިބުނު ޢުކައިމް ހިމެނިވަޑައިގަންނަވައެވެ. މިބޭކަލުންގެ ދަލީލަކީ ” ان اللرقى والتماءم والتو لة شرك ” މި ޙަދީޘްފުޅާއި، މި ޙަދީޘްފުޅުގެ މާނައިގައިވާ އެހެނިހެން ޙަދީޘްފުޅުތަކެވެ. ކިތާބުއްތައުޙީދުގެ ޝާރިޙު ވިދާޅުވެފައިވެއެވެ.

” އެންމެ ޞައްޙަވެގެންވާގޮތަކީ މިއެވެ. ( އެބަހީ ހުއްދަނުވުމެވެ. ) ސަބަބަކީ ވިސްނައިފި ބޭފުޅަކަށް މިއިން ތިންކަމެއް ފާޅުވެގެން ދާނެއެވެ.

1 މިކަމުގެ ނަހީ ޢާއްމުވެގެންވެއެވެ. ޚާއްޞަ ކުރާނޭ އެއްވެސް ޞައްޙަ ދަލީލެއްނެތެވެ.

 

2 سد الذريعة (އެބަހީ މަގުބަންދުކުރުން) އެހެނީ ހުއްދަކަމެއްކަމަށް ފަތުވާދެވިއްޖެނަމަ މީސްތަކުން ހައްދުފަހަނައަޅައިގޮސް ޝިރުކުގެ ކަލިމަތައްލިޔެގެން ތަވީދު އަޅަން ފަށައިފާނެއެވެ. އެހެންކަމުން ޝިރުކާއިހަމައަށް ނުދަނީސް މިމަގު ބަންދުކުރުން ލާޒިމްވެގެންވެއެވެ.

 

3 އެތަވީދު އަޅައިގެންވާ މީހާ ޤަޟާޙާޖަތަށް ދާއިރުވެސް އޭނާގެ ޖިސްމުގައި އެ ތަވީދުވާނެއެވެ. އޭރުންއެވާނީ އޭގައި ލިޔެފައިވާ ﷲ ގެ ކަލިމަތަކަށް އިހާނަތަކަށެވެ. ”

އެހެންކަމުން ރައްކާތެރިވެގެންވާ ގޮތަކީ މިފަދަ ޝުބުހަ ކަންތައްތަކުން ވީހާވެސް ދުރުވުމެވެ.  “