بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
ރަޙްމާނުވަންތަ ރަޙީމުވަންތަ اللّه ގެ އިސްމުފުޅުން ފަށައިގަންނަމެވެ.
الْحَمْدُ لِلَّـهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا ۜ ﴿١﴾
އެންމެހާ ޙަމްދާއި ޘަނާ ލިބިވޮޑިގެންވަނީ اللّه އަށެވެ. އެކަލާނގެއީ ، އެކަލާނގެ އަޅާއަށް ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އެފޮތަކީ ޙައްޤުމަގުން އެއްކިބާކުރަނިވި ފޮތެއްކަމުގައި ނުލައްވައެވެ.
قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا ﴿٢﴾
(އެ ފޮތް ލައްވާފައިވަނީ) ސީދާވެގެންވާ ތެދުމަގަށް މަގުދައްކަނިވި ފޮތެއްކަމުގައެވެ. އެކަލާނގެ ޙަޟްރަތުން (ކާފިރުންނަށް) ހުރި ގަދަފަދަ ޢަޛާބަކާ މެދު އިންޛާރު ކުރެއްވުމަށެވެ. އަދި ޞާލިޙް ޢަމަލުތައްކުރާ މުއުމިނުންނަށް ، ހަމަކަށަވަރުން ހެޔޮވެގެންވާ ދަރުމަ (ސުވަރުގެ) ހުރިކަމުގެ އުފާވެރި ޚަބަރު ދެއްވުމަށެވެ.
مَّاكِثِينَ فِيهِ أَبَدًا ﴿٣﴾
އެ ދަރުމައިގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ.
…
(ނޯޓް: މިއީ ރައިސް އޮފީހުން ނެރެފައިވާ ޤުރްއާން ތަރުޖަމާގެ ކަހްފު ސޫރަތް އަޞްލަކަށް ބަލައިގެން އައްޝައިޚް އަބޫބަކުރުގެ ޤުރްއާން ތަރުޖަމާއާއި ތަފްސީރު އިބްނު ކަޘީރާއި ތަފްސީރުލްޖަލާލައިނާއި ތަފްސީރުލްޤުރްޠުބީއާއި ތަފްސީރުއްޠަބަރާނީއާއި ޑރ. މުޙައްމަދު މުޙްސިން ޚާންގެ އިނގިރޭސި ޤުރްއާން ތަރުޖަމާއާ އަޅާކިޔުމަށްފަހުގައި ތަހުޛީބުކޮށް އެކުލަވާލާފައިވާ ތަރުޖަމާއެކެވެ).