[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަހްފު ސޫރަތުގެ ތަރުޖަމާ 17-18

kahf pic

وَتَرَ‌ى الشَّمْسَ إِذَا طَلَعَت تَّزَاوَرُ‌ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَ‌بَت تَّقْرِ‌ضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ ۗ مَن يَهْدِ اللَّـهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْ‌شِدًا ﴿١٧﴾

އަދި އިރުއަރައިގެން އަންނަހިނދު ، އެއުރެންގެ ހޮހަޅައިގެ ކަނާތްފަރާތަށް ، އިރު ލެނބިގެންދާތީ ، ކަލޭގެފާނަށް  ފެނިވަޑައިގަންނާނެތެވެ. އަދި އިރުއޮއްސެން ދާހިނދު ، ވާތްފަރާތަށް އެއުރެން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެއުރެންވަނީ ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެކަންތައްވަނީ ، اللّه ގެ އާޔަތްތަކުގެ ތެރެއިންނެވެ. اللّه ތެދުމަގު ދެއްކެވި މީހާ (ދަންނައެވެ!) ފަހެ ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހާ (ދަންނައެވެ!) ފަހެ ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ކަލޭގެފާނު ފެނިވަޑައިނުގަންވަނާނެއެވެ.

وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُ‌قُودٌ ۚ وَنُقَلِّبُهُمْ ذَاتَ الْيَمِينِ وَذَاتَ الشِّمَالِ ۖ وَكَلْبُهُم بَاسِطٌ ذِرَ‌اعَيْهِ بِالْوَصِيدِ ۚ لَوِ اطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَ‌ارً‌ا وَلَمُلِئْتَ مِنْهُمْ رُ‌عْبًا ﴿١٨﴾

އަދި އެއުރެން ނިދާފައި ތިބިއިރު ، ކަލޭގެފާނަށް ހީފުޅުކުރެއްވޭނީ ، ހޭލައިތިބި ބަޔެއްހެންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން ކަނާތްފަރާތަށާއި ، ވާތްފަރާތަށް ފުރޮޅުއްވަމެވެ. އަދި އެއުރެންގެ ކުއްތާ އޮތީ ، އެސޮރުގެ ދެއަތް ދަމާލައިގެން (ހޮހަޅައިގެ) ދޮރުމަތީގައެވެ. އެއުރެންނަށް ކަލޭގެފާނު ބައްލަވާލައްވައިފި ނަމަ ، ހަމަކަށަވަރުން ، ކަލޭގެފާނު އެއުރެންނާ ދުރަށްދުވެ ފިއްލެވީހެވެ. އަދި ހަމަކަށަވަރުން ، ކަލޭގެފާނު އެއުރެންދެކެ ބިރުން ފިތްކަނޑައިގެން ދިޔައީހެވެ.