[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުށުސަޖިދަ ޖެހުމާއި ބެހޭ ޙުކުމްތައް 2

ksajidaޝެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވައެވެ.

“ނަމާދު ފުރިހަމަ ނުކޮށް ސަލާމްދެވުން.

ނަމާދު ފުރިހަމަ ނުކޮށް ސަލާމްދިނުމަކީ ނަމާދަށް އިތުރުވާ އިތުރުވުމެކެވެ.(އެތަނުގައި އިތުރުވުމަކަށް ވާގޮތަކީ ނަމާދުގެ ތެރެއިން(ފުރިހަމަނުވަނިސް) ސަލާމެއް އިތުރުވުމުގެ ސަބަބުންނެވެ). ފަހެ ނަމާދުކުރާ މީހުން ނަމާދު ފުރިހަމަ ނުވަނީސް ޤަޞްދުގައި ސަލާމްދީފިނަމަ ނަމާދު ބާޠިލުވާނެއެވެ.
ހަނދާން ނެތިގެން އެފަދައިން ކަންތައް ކުރެވުމަށްފަހު، ހަނދާންވީ ވަރަށް ގިނައިރުވީ ފަހުން ކަމުގައިވާނަމަ އަލުން ނަމާދުކުރަން ޖެހޭނެއެވެ.

ހަނދާންވީ ކުޑަ ވަޤުތުކޮޅެއްގެ ފަހުން ކަމުގައިވާނަމަ، މިސާލަކަށް ގާތްގަނޑަށް ދެމިނިޓް ނުވަތަ ތިން މިނިޓް ކަމުގައިވާނަމަ، އޭނާ ނަމާދު ފުރިހަމަކޮށް (ނުކުރެވި އޮތްބައި ފުރިހަމަކޮށް) ސަލާމްދޭނީއެވެ. އެޔަށްފަހު ކުށު ސަޖިދަޖެހުމަށްފަހު ސަލާމްދޭނީއެވެ. އެކަމުގެ ދަލީލަލީ އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ މި ޙަދީޘެވެ. (أَنَّ النَّبِيَّ صَلَّى الله عَليهِ وَسَلَّمَ صَلَّى بِهِمْ الظُّهْرَ أَو العَصْرَ فَسَلَّمَ مِنْ رَكْعَتَين، فَخرجَ السرعان مِن أَبوابِ المسجدِ يَقُولونَ: قَصرتَ الصَّلاةَ، و قَامَ النبي صلى الله عليه وسلم إلى خشبة في المسجد فتكأ عليها كأنه غضبان، فقام رجل فقال: يا رسول الله، أ نسيت أم قصرت الصلاة؟ فقال النبي صلى الله عليه وسلم: ((لَمْ اَنْسَ وَ لَمْ تُقْصَر)) فقال الرجل: بلى قد نسيت، فقال النبي صلى الله عليه و سلم للصحابة: ((أَحَقّ مَا يَقُولُ؟)) قالوا: نعم، فتقدم النبي صلى الله عليه وسلم فصلى ما بقي من صلاته ثم سلم، ثم سجد سجدتين ثم سلم.) متفق عليه.

މާނައީ: އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައެވެ. “ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބޭކަލުންނާއިގެން (ޞަޙާބީބޭކަލުންނާއިގެން) މެންދުރު ނުވަތަ ޢަޞްރު ނަމާދުކުރެއްވިއެވެ. އެޔަށްފަހު ދެރަކުޢަތް ކުރެއްވުމަށްފަހު، އެބޭކަލުން ބާރަށް މިސްކިތުގެ ދޮރުކޮޅުތަކުން ނުކުމެ އެބަކިޔުއްވައެވެ. “ނަމާދަ ކުރުކުރައްވައިފީމުއެވެ.” ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތެދުވެ ވަޑައިގެން މިސްކިތުގެ ތަނބެއްގައި ލެނގިލައްވައިފިއެވެ. އެކަލޭގެފާނު ކޯފާ އިސްކުރައްވާފައިވާ ފަދައެވެ. ދެން ބޭކަލަކު ތެދުވެ ވަޑައިގެން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނު ހަނދުމަފުޅު ނެތުނީތޯއެވެ؟ ނުވަތަ ނަމާދު ކުރު(ޤަޞްރު) ކުރެއްވީތޯއެވެ؟” ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިއެވެ. “(ތިމަންކަލޭގެފާނަށް އެނގި ވަޑައިގެން)ހަނދާނެއްވެސް ނުނެތެއެވެ. އަދި ކުރެއްވެސް ނުކުރައްވަމެވެ.” ދެން އެބޭކަލަކު ދަންނަވައިފިއެވެ. “އެހެންވިއްޔާ ހަނދުމަފުޅު ނެތުނީއެވެ.” ދެން ޞަޙާބީ ބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ. “އެދަންނަވަނީ ތެދެއްހެއްޔެވެ؟” އެބޭކަލުން ދަންނަވައިފިއެވެ. “އާދޭހެވެ.” ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރިޔަށް ޖެހިިވަޑައިގަނެ، ނަމާދުގެ ބާކީބައި ކުރައްވައި ސަލާމްދެއްވައިފިއެވެ. އެޔަށްފަހު ކުށު ދެ ސަޖިދަ ޖައްސަވައި، ސަލާމްދެއްވައިފިއެވެ.” (ރިވާކުރެއްވީ ބުޚާރީ އަދި މުސްލިމް). (1)

އަދި އިމާމު ނަމާދު ފުރިހަމަ ނުވަނިސް (ހަނދާންނެތިގެން) ސަލާމްދިނުމަށްފަހު، މައުމޫމުންގެ ތެރެއިން ނަމާދު ފުރިހަމައަށް ނުލިބުނު މީހުން (އިމާމު ބައެއްކުރިފަހުން އައިމީހުން)، އެބައިމީހުންނަށް ލައްވާނުލިބައި ކުރުމަށް ތެދުވުމަށްފަހު، އެޔަށްފަހު އިމާމަށް ނަމާދުން ބައެއް އުނިވެއްޖެކަން އެނގުމުން އެބައިކުރަން ތެދުވުމުން، ދެން ނަމާދުފުރިހަމަ ކުރަމުންދާ މައުމޫމުންނަށް، އިމާމަށް ތަބާވުން ނުވަތަ އޭނާ ކުރަމުން ދިޔަގޮތަށް ނުލިބުނު ބައިކޮށްފައި ސަލާމްދިނުމަށްފަހު، ކުށުސަޖިދަ ޖެހުން މިދެގޮތުންކުރެ ބޭނުންގޮތެއް ޚިޔާރުކުރެވިދާނެއެވެ.

ސަލާމްދީފިނަމަ އުނިވިބައި އަދާކޮށްފައި ސަލާމްދޭނީއެވެ. އެޔަށްފަހު އެޔަށްފަހު އެބަހީ ސަލާމްދިނުމަށްފަހު ކުށު ސަޖިދަ ޖަހާނީއެވެ. އެންމެ އަޢުލާވެގެންވާ ރައްކާތެރިގޮތަކީ މިއެވެ.”
(ނުނިމޭ).
و صلى الله و سلم على نبينا محمد و آله و صحبه.

އިތުރުބައިތައް
__________
(1) رواه البخاري في الصلاة باب تشبيك الأصابع في المسجد و غيره (482) مطولا، و في الآذان مختضرا (714) و (715) و في السهو (1226) و في مواضع أخرى، و رواه مسلم في المساجد باب السهو في الصلاة حديث (98) (573).