[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަހްފު ސޫރަތުގެ ތަރުޖަމާ 19-20

kahf pic

وَكَذَٰلِكَ بَعَثْنَاهُمْ لِيَتَسَاءَلُوا بَيْنَهُمْ ۚ قَالَ قَائِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا رَ‌بُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَابْعَثُوا أَحَدَكُم بِوَرِ‌قِكُمْ هَـٰذِهِ إِلَى الْمَدِينَةِ فَلْيَنظُرْ‌ أَيُّهَا أَزْكَىٰ طَعَامًا فَلْيَأْتِكُم بِرِ‌زْقٍ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَ‌نَّ بِكُمْ أَحَدًا ﴿١٩﴾

އަދި އެފަދައިން (ތިމަންރަސްލާނގެ އިރާދަފުޅުން އެބައިމީހުންނަށް ނިދި ޖެއްސެވި ފަދައިން) ތިމަންރަސްކަލާނގެ އެއުރެން (ނިދިން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެންގެ މެދުގައި އެކަކު އަނެކަކާ ސުވާލުކުރުމަށެވެ. އެއުރެންކުރެ ބުނިމީހަކު ބުންޏެވެ: “ތިޔަބައިމީހުން (މިތާނގައި) ތިބީ ، ކިތައްދުވަހުހެއްޔެވެ؟” ޖަވާބުގައި އެއުރެން ބުންޏެއެވެ: “ތިމަންމެންތިބީ ، އެއްދުވަހުއެވެ. ނުވަތަ ދުވަހެއްގެ ބައެއްގައެވެ”. އެމީހުން ބުންޏެއެވެ: “ތިޔަބައިމީހުން ތިބި މުއްދަތެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ، ތިޔަބައިމީހުންގެ ރައްބު އެވެ. ފަހެ ، ތިޔަބައިމީހުންގެ މިފައިސާ ހިފައިގެން ތިޔަބައިމހުންގެ ތެރެއިން އެކަކު ރަށުތެރެއަށް ފޮނުވައިބަލާށެވެ! އަދި އެންމެ ތާޒާ ، އަދި އެންމެ ޙަލާލް ކާނާއެއް އެމީހަކު ބަލާހުށިކަމެވެ! އަދި އެއިން ކާއެތިކޮޅެއް ތިޔަބައިމީހުންނަށް ގެންނަހުށިކަމެވެ! އަދި އެމީހަކު ރައްކާތެރިކަމާއެކު ، މަޑުމައިތިރިވެ އުޅޭހުށިކަމެވެ! އަދި އެއްވެސް މީހަކަށް ތިޔަބައިމީހުންގެ ޚަބަރު އެނގުނަނުދޭ ހުށިކަމެވެ.

إِنَّهُمْ إِن يَظْهَرُ‌وا عَلَيْكُمْ يَرْ‌جُمُوكُمْ أَوْ يُعِيدُوكُمْ فِي مِلَّتِهِمْ وَلَن تُفْلِحُوا إِذًا أَبَدًا ﴿٢٠﴾

ހަމަކަށަވަރުން ، އެއުރެންނަށް ތިޔަބައިމީހުންގެ ޚަބަރު އެނގިއްޖެނަމަ ، (ގަލުން ތަޅައި) ތިޔަބައިމީހުން ރަޖަމުކުރާނެއެވެ. ނުވަތަ އެއުރެންގެ ދީނަށް ތިޔަބައިމީހުން އަނބުރައި ވައްދާނެއެވެ. އޭރުން ، ތިޔަބައިމީހުން ދުވަހަކުވެސް ކާމިޔާބެއް ނުވާނެއެވެ.