[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްއިމާމު މާލިކު: مالك بن أنس – إمام دار الهجرة – 9

imam maalik

 

އެކަލޭގެފާނުގެ އުސްތާޛުން

الإمام النووي ވިދާޅުވިއެވެ. الإمام أبو القاسم عبد الملك بن زبد بن ياسين الدولقي އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ الرسالة المصنفة في بيان سبل السنة المشرفة ގައި ވިދާޅުވެފައި ވެއެވެ.

“އިމާމު މާލިކުގެފާނު ނުވަސަތޭކަ ޝައިޚުންގެ އަރިހުން ޢިލްމު ޙާޞިލްކުރެއްވި އެވެ. އޭގެ ތެރެއިން ތިންސަތޭކަ ޝައިޚުންނަކީ ތާބިޢީ ބޭކަލުންނެވެ. އަދި ހަސަތޭކަ ޝޭޚުންނަކީ ތަބަޢަ ތާބިޢީންނެވެ. މާލިކުގެފާނު ޝައިޚުންގެ ގޮތުގައި އިޚްތިޔާރު ކުރެއްވީ، އެބޭކަލުންގެ ދީނާއި، ފިޤުހާއި، ރިވާކުރުމުގެ ޙައްޤު ޤާއިމްކުރައްވާ އަދި އެކަމުގެ ޝަރުޠުތައް ފުރިހަމަވާ އިތުބާރު ލިބިގެންވާ ބޭކަލުންނެވެ.”[1]

الإمام الذهبي ވިދާޅުވިއެވެ.

“އެކަލޭގެފާނު އެންމެ ފުރަތަމަ ޢިލްމު އުނގެނެން ފެއްޓެވީ ހިޖުރައިން ސަތޭކަ ސައްބީސް ވަނައަހަރުގައެވެ. އެއަހަރަކީ އެއީ ޙަސަނުލް ބަޞަރީ رحمه الله އަވަހާރަވި އަހަރެވެ. މާލިކުގެފާނު نافع އާއި سعيد المقبري އާއި نعيم المجمر އާއި وهب بن ميسان އާއި الزهري އާއި ابن المنكدر އާއި عامر بن عبد الله بن زبير އާއި عبد الله بن دينار އާއި زيد بن أسلم އާއި صفوان بن سليم އާއި إسحاق بن أبي طلحة އާއި محمد بن يحيى بن حبان އާއި يحيى بن سعيد އާއި أيوب السختياني އާއި أبي الزناد އާއި  ربيع بن عبد الرحمن ގެ އަރިހުން ޢިލްމު ޙާސިލް ކުރެއްވިއެވެ. އަދި މީގެ އިތުރުންވެސް ގިނަ އަދަދެއްގެ މަދީނާގެ ޢިލްމުވެރިންގެ އަރިހުން އެކަލޭގެފާނު ރިވާކުރައްވާފައި ވެއެވެ. އަދި އެހެނިހެން ހިސާބުތަކުގެ އަހުލުވެރިންގެ އަރިހުން އެކަލޭގެފާނު ރިވާކުރައްވާފައިވަނީ ވަރަށް މަދުންނެވެ.”[2]


[1]  تهذيب الأسماء والغات (2/ 78,79)

[2]  تاريخ الإسلام (11/318, 319)

މިލިޔުމުގެ އެހެންބައިތައް