[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 1 ، د 4 – ﷲއާއި އެއިލާހުގެ ރަސޫލާއާ އިދިކޮޅުވާ އެއްވެސް މީހަކާ ގާތްކަން ބެހެއްޓުން ހުއްދަވެގެން ނުވޭ! )

thauheedh 5

ﷲއާއި އެއިލާހުގެ ރަސޫލާއާ އިދިކޮޅުވާ އެއްވެސް މީހަކާ ގާތްކަން ބެހެއްޓުން ހުއްދަވެގެން ނުވޭ!

ތިންވަނައީ: ރަސޫލާއަށް ކިޔަމަންވެ، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރާ އެއްވެސް މީހަކަށް ﷲއާއި އެއިލާހުގެ ރަސޫލާއާ އިދިކޮޅުވާ އެއްވެސް މީހަކާ ގާތްކަން ބެހެއްޓުން ހުއްދަވެގެން ނުވެއެވެ. އެއީ ކިތަންމެ ގާތްތިމާގެ މީހެއްކަމުގައިވިޔަސް މެއެވެ. ދަލީލަކީ ﷲ ތަޢާލާގެ މިވަޙީބަސްފުޅެވެ.

لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّـهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚأُولَـٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَـٰئِكَ حِزْبُ اللَّـهِ ۚ أَلَا إِنَّ حِزْبَ اللَّـهِ هُمُ الْمُفْلِحُونَ ﴿٢٢﴾[1]

މާނައީ: “ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާބަޔަކު، ﷲއަށާއި އެއިލާހުގެ ރަސޫލާއާ ދެކޮޅުވެރިވާބަޔަކަށް (ގުޅުން ބަހައްޓައި) ލޯބިކުރާ ބަޔަކުކަމުގައިވާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެތެވެ. އެބަޔަކީ ތިމާމެންގެ މައިންބަފައިންކަމުގައިވިޔަސް، ނުވަތަ ދަރިންކަމުގައިވިޔަސް، ނުވަތަ އަޚުންކަމުގައިވިޔަސް، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ (އެބަހީ: الله އަށާއި އެއިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވާބަޔަކަށް ލޯބިނުކުރާ މީހުންނީ) އެބައިމީހުންގެ ހިތްތަކުގައި، އެއިލާހު އީމާންކަން ލިޔުއްވާފައިވާ މީހުންނެވެ. އަދި އެއިލާހުގެ ޙަޟްރަތުންވާ ރޫޙަކުން (އެބަހީ: މަދަދާއި، ވަޙީ އަދި ވާގިވެވޮޑިގެންނެވުމުން) އެބައިމީހުންނަށް ބާރުދެއްވިއެވެ. އަދި އެތަންތާނގެ ދަށުން ފެން އާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެއިލާހު އެބައިމީހުން ވައްދަވާނެތެވެ. އެތަންތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. الله އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެއިލާހާމެދު ރުހިގެންވިއެވެ. (އެބަހީ: ދުނިޔެއާއި އާޚިރަތުގައި އެބައިމީހުންނަށް އެއިލާހު ދެއްވި ދެއްވުންތަކަށް އެބައިމީހުން އުފާކުރެތެވެ.) އެއުރެންނީ الله ގެ ޖަމާޢަތެވެ. ދަންނާށެވެ! ހަމަކަށަވަރުން اللهގެ ޖަމާޢަތީ ހަމަ، ކާމިޔާބުވާނޭ މީހުންނެވެ. މީހުންނެވެ.”

ފިލާވަޅުގެ އިރުޝާދުތައް

* موالاة އަކީ ﷲއާއި އެއިލާހުގެ ރަސޫލާއާއި މުއުމިނުން ދެކެ ލޯބިވެ، ބަހާއި ޢަމަލުން ނަޞްރުދިނުމެވެ. އެއީ ދީނުގެ އެންމެ މަތިވެރި އެއް އަސާސެވެ.

* ﷲ ގެ އެއްކައުވަންތަކަށް ހެކިވާ އަޅުން، ﷲއާއި އެއިލާހުގެ ރަސޫލާއާއި އެހެނިހެން މުއުމިނުންނަށް، އަބަދުމެ ނަޞްރުދީ ލޯބިވާނެތެވެ.

* ﷲ އާއި އެއިލާހުގެ ރަސޫލާއަށް އީމާންނުވާ މީހަކަށް ނުވަތަ އިސްލާމްދީނާ ދެކޮޅަށް ހަނގުރާމަކުރާ މީހަކަށް موالاة ކުރުމަކީ މުސްލިމުންގެ މައްޗަށް ޙަރާމްކަމެކެވެ.

* ތިބާއާ ކިތަންމެ ދުރުގައި އުޅުނަސް، ދީނުގެ އަޚުވަންތަކަމުގެ ގޮތުން ހުރިހާ މުސްލިމުންނަކީ ތިބާގެ އަޚުންނެވެ. ﷲއާއި އެއިލާހުގެ ރަސޫލާއާ ދެކޮޅުވެރިވާ މީހަކީ، ނަސަބުގެ ގޮތުން ތިބާގެ ކިތަންމެ ގާތް މީހަކަސް، ދީނީ ގޮތުން ތިބާގެ ޢަދާވާތްތެރިއެކެވެ.

* ﷲ އާއި އެއިލާހުގެ ދީނަށް ވެވޭ ތެދުވެރި ލޯތްބާއި ނަޞްރުގެ ރިވެތި މިޘާލުތައް އަޞްޙާބުބޭކަލުން ދެއްކެވުމުން، އެކަމަށްޓަކައި ޘަނާގެ ބަސް އެއިލާހު ވަޙީކުރެއްވިއެވެ. ފަހެ، އެބޭކަލުންގެ ގާތްތިމާގެ މީހުންކުރެ، ރަސޫލާ صلى الله عليه وسلم އާ ދެކޮޅަށް ހަނގުރާމަކުރި މީސްތަކުންނާ އެބޭކަލުން ހަނގުރާމަކުރެއްވިއެވެ. [2]

ސުވާލުތައް

1 ޔަހޫދީންނާއި ނަޞާރާއިންދެކެ ލޯބިވުމަކީ ހުއްދަކަމެއް ހެއްޔެވެ؟

2 ﷲގެ ޢަދުއްވުންދެކެ ނުރުހުންތެރިވާ މީހެއްގެ ޖަޒާއަކީ ކޮބާ ހެއްޔެވެ؟

3 موالاة ގެ މާނަ ބަޔާންކުރާށެވެ.

4 ކޮންމެ މުސްލިމަކުވެސް ދެނެގަތުން ވާޖިބުވާ ތިން ކަންތައް ބަޔާންކުރާށެވެ.
______________________________________

([1]) [المجادلة: ٢٢]

[2] ބައްލަވާ: އައްޝައިޚު މުޙައްމަދު ބިން ސަޢީދު އަލްޤަޙްޠާނީ ލިޔުއްވާފައިވާ الولاء والبراء في الإسلام

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް