وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّـهِ حَقٌّ وَأَنَّ السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١﴾
އަދި ތިމަންރަސްކަލާނގެ ، އެއުރެން ހޮހޮޅައިން ނެރެ ، ދެންތިބީންނަށް އެފަދައިން ދެއްކެވީމެވެ. އެއީ اللّه ގެ ވަޢްދުފުޅަކީ ، ޙައްޤު ތެދުކަމާއި، ޤިޔާމަތް ދުވަހާމެދު ޝައްކެއް ނެތްކަން އެއުރެން ދެނެގަތުމަށެވެ. އެހިނދު ، އެ ޒުވާނުންގެ ކަންތަކާމެދު އެއްބަޔަކު އަނެއްބަޔަކާ ޒުވާބުކުރެތެވެ. ފަހެ، އެއްބަޔަކު ބުންޏެއެވެ: “އެ ޒުވާނުންގެ ވަށައިގެން ބިނާއެއް ހަދާށެވެ! އެ ޒުވާނުންގެ ކަންތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އެއުރެންގެ ރައްބެވެ. އެއުރެންގެ ކަންތަކުގެ މައްޗަށް ގަދަވެގަތް މީހުން ބުންޏެވެ: “ހަމަކަށަވަރުން ، ތިމަންމެން އެ ޒުވާނުން ތިބިތާނގައި ، މިސްކިތެއް ބިނާކުރާނީއެވެ” [1].
سَيَقُولُونَ ثَلَاثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًا بِالْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّي أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَاءً ظَاهِرًا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا ﴿٢٢﴾
އެއުރެން ބުނާނެތެވެ: “އެއީ ތިންމީހުންނެވެ. އެއުރެންކުރެ ހަތަރުވަނައަކީ އެއުރެންގެ ކުއްތާއެވެ”. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ: “އެއީ ފަސްމީހުންނެވެ. އެއުރެންގެ ހަވަނައަކީ އެއުރެންގެ ކުއްތާއެވެ”. އެބައިމީހުން އެކަމުގައި ޔަޤީން ޢިލްމެއް ނެތި ހީއަކަށް ، ވާހަކަ ދައްކަނީއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ: “އެއީ ހަތްމީހުންނެވެ. އަދި އެއުރެންގެ އަށްވަނައަކީ އެއުރެންގެ ކުއްތާއެވެ”. ކަލޭގެފާނު ވިދާޅުވާށެވެ! “އެއުރެންގެ ޢަދަދު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ، ތިމަންގެ ރައްބެވެ. މަދުބަޔަކަށް މެނުވީ އެއުރެންގެ ޢަދަދެއް ނޭނގެތެވެ”. ފަހެ ، ފާޅުވެގެންވާ ދަލީލާއި ބުރުހާނާ އެކީގައި މެނުވީ ، އެއުރެންނާ ދޭތެރޭގައި ކަލޭގެފާނު ޖަދަލު ނުކުރައްވާށެވެ! އަދި އެއުރެންނާ ދޭތެރޭގައި އެމީހުން ކުރެ އެއްވެސް މީހަކާ ކަލޭގެފާނު ސުވާލު ނުކުރައްވާށެވެ.
———
[1] – ނޯޓް: މަރުވެފައި ތިވާ މީހުންގެ ގަބުރުގެ މަތީގައި މިސްކިތް ބިނާ ކުރުމަކީ ޝިރުކަށް ވާސިލުވާ މަގެކެވެ. އެހެންކަމުން އެކަމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ބޮޑު މުންކަރާތެކެވެ. އެހެނީ ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ: “لَعَنَ اللهُ الْيَهُوْدَ وَالنَّصَارَى ، اتَّـخَـذُوا قُبُوْرَ أَنْبِيَائِهِمْ مَسَاجِدَ“ (البخاري ومسلم). މާނައީ: “ޔަހޫދީންނާއި ނަޞޯރާއިންނަށް ﷲ ލަޢުނަތް ލައްވާށިއެވެ. އެބައިމީހުން އެބައިމީހުންގެ ނަބީންގެ ގަބުރުފުޅުތައް މިސްކިތްތައް ކަމުގައި ހެދިއެވެ”. (ބުޚާރީ ، މުސްލިމް)
…