[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްއިމާމު މާލިކު: مالك بن أنس – إمام دار الهجرة – 12

imam maalik

އަވަހާރަވުން -رحمه الله–

القعنبي ވިދާޅުވިއެވެ.

“އެބޭކަލުން ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. މާލިކުގެފާނު ދުނިޔޭގައި އުޅުއްވީ އަށްޑިހަނުވަ އަހަރެވެ. އަދި އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން ސަތޭކަ ހަތްދިހަ ނުވަވަނަ އަހަރުގައެވެ.”

إسماعيل بن أبي أويس ވިދާޅުވިއެވެ.

މާލިކުގެފާނު އާލާސްކަންފުޅުގައި އުޅުއްވިއެވެ. ދެން މާލިކުގެފާނު މަރުގެ ތަންމަތީގައި ވިދާޅުވި ބަސްފުޅަކާ ބެހޭގޮތުން ތިމަންކަލޭގެފާނުގެ ބައެއް އަހުލުވެރިން އަރިހުގައި ސުވާލުކުރީމެވެ. އެބޭކަލުން ދެންނެވިއެވެ. އެކަލޭގެފާނު ޝަހާދަތް ކިއެވެ. އަދި އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ.

لِلَّـهِ الْأَمْرُ مِن قَبْلُ وَمِن بَعْدُ ﴿الروم: ٤﴾

މާނައީ: “ކުރިންވެސް އަދި ފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ، ﷲއަށެވެ.”

އަދި އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން ސަތޭކަ ހަތްދިހަ ނުވަވަނަ އަހަރު، ރަބީޢުލް އައްވަލު މަހުގެ، ސާދަވަނަ ދުވަހު ހެނދުނުއެވެ. އަދި އެކަލޭގެފާނުގެ މައްޗަށް އިމާމުވެ ކަށުނަމާދު ކުރެއްވީ الأمير عبد الله بن محمد بن إبراهيم بن محمد بن علي بن عبد الله بن عباس الهاشمي އެވެ.

އަދި އެކަލޭގެފާނު ހިނެވީ ابن أبي زنبر އާއި وابن كنانة   އެވެ. އަދި މި ދެބޭކަލުންނަށް ފެންއަޅައި ދެއްވީ އެކަލޭފާނުގެ ދަރިކަލުން  يحيى އާއި އެކަލޭގެފާނުގެ ކާތިބު حبيب އެވެ. އަދި އެކަލޭގެފާނުގެ ގަބުރު ކަށްވަޅަށް ތިރިކުރެއްވީ ޖަމާޢަތެއްގެ ބައެކެވެ. އަދި ހުދު ފޭރާމަކުން ކަފުންކުރުމަށާއި، ޖަނާޒާ ކުރެވޭތަނުގައި ކަށުނަމާދު ކުރުމަށް މާލިކުގެފާނު ވަޞިއްޔަތް ކުރެއްވިއެވެ. އެކަލޭގެފާނު މައްޗަށް އިމާމުވެ ކަށުނަމާދު ކުރެއްވީ އިސްވެ ބަޔާންކުރެއްވި އަމީރެވެ. އެއީ މަދީނާގެ މައްޗަށް މުޙައްމަދުގެ ނައިބެއްގެ ގޮތުގައި އިސްކުރައްވާފައި ހުންނެވި ވެރިޔާއެވެ. ދެން އަމީރު ޢަބްދުﷲ މާލިކުގެފާނުގެ ޖަނާޒާގެ ކުރީގައި ހުންނަވާ، ޖަނާޒާ އުފުއްލެވިއެވެ. މާލިކުގެފާނުގެ ކަފުނުގެ އަގަކީ ފަސް ދީނާރެވެ.

ابن القاسم ވިދާޅުވިއެވެ.

“މާލިކުގެފާނު އަވަހާރަވިއިރު އެކަލޭގެފާނުގެ މިލްކުގައި ސަތޭކަ ފަގުޑި ވެއެވެ.”

ابن أبي أويس ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނުގެ ބޮޑުބޭބެ، މާލިކުގެފާނުގެ ގެކޮޅުގައިވާ ގޮނޑިތަކާއި، ބާލީސްތަކާއި، ކާޕެޓުތަކާއި، އަދި އެނޫންވެސް އެއްޗެހި ފައްސަތޭކަ ދީނާރަށްވުރެ ގިނަ ދީނާރަށް ވިއްކާލެވުނެވެ.”[1]

ﷲ ތަޢާލާ އެކަލޭގެފާނަށް ހެޔޮ ރަޙުމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. މިމާތް އިމާމާ މެދު ލިޔަން ޤަޞްދުކުރި މިންވަރު މިހާހިސާބުން ނިންމާލަމެވެ. މިކަން ފުރިހަމަކުރުމުގެ ތައުފީޤު ދެއްވިކަމަށްޓަކައި ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ.

فرحمه الله رحمة واسعة، وأدخلنا وإياه جنة عالية، قطوفها دانية.

وصلى الله عليه وسلم على سيدنا محمد وعلى آله وصحبه وسلم.

(ނިމުނީ)

މިލިޔުމުގެ އެހެންބައިތައް


[1]  باختصار من سير أعلام النبلاء (8/130- 133)