وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾
އަދި އެއްވެސްކަމަކާ ދޭތެރޭގައި ، “ހަމަކަށަވަރުން ، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ” ، ކަލޭގެފާނު ވިދާޅުނުވާހުށިކަމެވެ!
إِلَّا أَن يَشَاءَ اللَّـهُ ۚ وَاذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ﴿٢٤﴾
“… اللّه އިރާދަކުރެއްވިއްޔާއޭ…” ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި ، ކަލޭގެފާނުގެ ރައްބުގެ މަތިން ހަނދުމަފުޅު ކުރައްވާށެވެ! އަދި ވިދާޅުވާށެވެ: “އަޅުގެ ރައްބު! މިއަށްވުރެ ތެދުމަގާ ކައިރި މަގަކުން މިއަޅާއަށް މަގުދައްކަވައިފާށިއެވެ”.
وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾
އެއުރެންގެ ހޮހަޅައިގައި ، އެއުރެން ތިންސަތޭކަ އަހަރު ނިދާފައި ތިއްބެވެ. އަދި އިތުރު ނުވަ އަހަރު އެމުއްދަތަށް އެމީހުން އިތުރުކުރިއެވެ.
…