[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަހްފު ސޫރަތުގެ ތަރުޖަމާ 29-31

kahf pic

وَقُلِ الْحَقُّ مِن رَّ‌بِّكُمْ ۖ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ‌ ۚ إِنَّا أَعْتَدْنَا لِلظَّالِمِينَ نَارً‌ا أَحَاطَ بِهِمْ سُرَ‌ادِقُهَا ۚ وَإِن يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ ۚ بِئْسَ الشَّرَ‌ابُ وَسَاءَتْ مُرْ‌تَفَقًا ﴿٢٩﴾

އަދި ކަލޭގެފާނު ވިދާޅުވާށެވެ! “ޙައްޤު ވަނީ ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުންނެވެ. ފަހެ ، އީމާންވާން އެދޭ މީހަކު އީމާންވާށެވެ! އަދި ކާފިރުވާން އެދޭ މީހަކު ކާފިރުވާށެވެ![1]  ހަމަކަށަވަރުން ، އަނިޔާވެރިންނަށް ، ތިމަންރަސްކަލާނގެ އަލިފާނެއް ތައްޔާރުކުރެއްވީމެވެ. އެ އަލިފާންގަނޑުގެ ފާރުތައް އެއުރެން ވަށާލައިގެންވެއެވެ. އެއުރެން ފެނަށް އެދި އާދޭސްކުރުމުން ، އެއުރެންނަށް ދެވޭނީ އެއުރެންގެ މޫނުތައް ފިހި އަންދާލަނިވި ތެޔޮކުނޑި ފަދަ ހޫނުކަންގަދަ ފެނެކެވެ. އެބުއިމުގެ ނުބައިކަމާއެވެ! އަދި ތިބޭތަނެއްގެ ގޮތުން އެނަރަކައިގެ ނުބައިކަމާއެވެ!

 إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ إِنَّا لَا نُضِيعُ أَجْرَ‌ مَنْ أَحْسَنَ عَمَلًا ﴿٣٠﴾

ހަމަކަށަވަރުން ، އީމާންވެ ޞާލިޙް ޢަމަލުތައް ކުޅަމީހުން (ދަންނައެވެ!) އިޙްސާންތެރިކަމާއެކު ހެޔޮ ޢަމަލު ކުޅަ މީހެއްގެ އަޖުރު، ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ.

أُولَـٰئِكَ لَهُمْ جَنَّاتُ عَدْنٍ تَجْرِ‌ي مِن تَحْتِهِمُ الْأَنْهَارُ‌ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ‌ مِن ذَهَبٍ وَيَلْبَسُونَ ثِيَابًا خُضْرً‌ا مِّن سُندُسٍ وَإِسْتَبْرَ‌قٍ مُّتَّكِئِينَ فِيهَا عَلَى الْأَرَ‌ائِكِ ۚ نِعْمَ الثَّوَابُ وَحَسُنَتْ مُرْ‌تَفَقًا ﴿٣١﴾

އެއުރެންނަށް ، ދާއިމަށް ދެމިހުންނަނިވި ސުވަރުގެތައް ހުށްޓެވެ. އެއުރެންގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެއެވެ. އެތާނގައި ރަނުގެ އުޅާތަކުން އެއުރެންގައި ގަހަނާ އެޅުއްވޭނެތެވެ. އަދި ފެހިކުލައިގެ سُنْدُس އާއި إسْتَبْرَق (އެބަހީ: ތުނި އަދި ބޯ ފަށުވި) ފޭރާން ލާނެތެވެ. އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެންތިބޭ ޙާލުގައެވެ. އެއުރެންނަށްހުރި ޘަވާބުގެ މޮޅުކަމާއެވެ! އަދި ދެމިތިބެނިވި ތަނެއްގެ ގޮތުން އެތާނގެ ރަނގަޅުކަމާއެވެ!

———

[1]– ނޯޓް: މިއީ މާތް ﷲ އަށް އިމާންވުމުން އެއްކިބާވާ މީހުންނަށް ތަޙައްދީ (ގޮންޖެއްސެވުމު) ގެ ގޮތުން ވަޙީ ކުރައްވާފައިވާ ބަސްފުޅެކެވެ. އެހެނީ އެކަލާނގެ އަޅުތަކުންނަށް އެދިވޮޑިގެންވަނީ އެންމެހާ މީސްތަކުންވެސް އެކަލާނގެއަށް އީމާންވެ އެކަލާނގެ ރުއްސެވުމުގެ ދަށަށް އައިސް އެކަލާނގެ ކޯފާއަށް ސަލާމަތްވުމެވެ.