ޝަހާދަތުގެ ދެކަލިމައިގެ ޝަރުޠުތަކަކީ ކޮބާ؟
ޝަހާދަތުގެ ދެކަލިމައިގެ 7 ޝަރުޠެއް ވެއެވެ. އެއީ:
ޖާހިލުކަމުން މީހާ ދުރުހެލިކޮށްދޭ ޢިލްމު
ޝައްކުން މީހާ ދުރުހެލިކޮށްދޭ ޔަޤީންކަން
ޝިރުކުން މީހާ ދުރުހެލިކޮށްދޭ އިޚްލާޞްތެރިކަމާއި ނިޔަތުގެ ސާފުކަން
މުނާފިޤުކަމުން މީހާ ދުރުހެލިކޮށްދޭ ތެދުވެރިކަން
ﷲގެ ދީނަށް ނަފްރަތުކުރުމާއި އެދީނާމެދު ކުށްހީކުރުމުން މީހާ ދުރުހެލިކޮށްދޭ ލޯތްބާއި ވަފާތެރިކަން
އުރެދުމުން މީހާ ދުރުހެލިކޮށްދޭ ކިޔަމަންވެ ދީންވެރިވުން
ދެކޮޅުހެދުމާއި އިންކާރުކުރުމުން މީހާ ދުރުހެލިކޮށްދޭ ޤަބޫލުކުރުން [1]
ނޯޓު: މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ޞާލިޙް އަލް-މުނައްޖިދާ ޝަހާދަތުގެ ޝަރުޠުތަކާމެދު ސުވާލުކުރެވުމުން ޝައިޚް ދެއްވާފައިވާ ޖަވާބެއް އަސްލަކަށް ބަލައިގެން ލިޔެވިފައިވާ ލިޔުމެކެވެ. ބައެއް ޢިލްމުވެރިން ޝަހާދަތުގެ ދެކަލިމައިގެ ޝަރުޠުތަކުގެ ތެރެއަށް 8 ވަނަ ޝަރުޠެއް ވެސް އިތުރުކުރައްވައެވެ. އެއީ ﷲ ތަޢާލާ ފިޔަވައި އަޅުކަންވެވޭ އެންމެހައި ފަރާތްތަކަށް ކާފަރުވުމެވެ. (މި ޝަރުޠަކީ ބަޔާންވެދިޔަ ޝަރުޠުތައް ފުރިހަމަވުމުން ފުރިހަމަވެގެންދާ، އިޚްލާޞްތެރިކަމުގެ ދަށުން އަންނަ ޝަރުޠެއްކަމުގައި ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. އެހެނެއްކަމަކު ކަމުގެ މުހިންމުކަމަށްޓަކައި ބައެއް ޢިލްމުވެރިން ވަކި ޝަރުޠެއްގެ ގޮތުގައި ހިމަނުއްވާފައި ވަނީއެވެ. [2]) މި ހުރިހާ ޝަރުޠުތަކަކީ ވެސް ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުން ސާބިތުވެގެންވާ ޝަރުޠުތަކެކެވެ.
ފުރިހަމަ މުސްލިމަކަށް ވެވޭހުށީ ޝަހާދަތުގެ ދެކަލިމައިގައި މި ޝަރުޠުތައް ފުރިހަމަވެއްޖެ މީހަކަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަމެން އެންމެންނަކީ ވެސް މި ހުރިހާ ޝަރުޠުތައް ފުރިހަމަވެގެންވާ ފުރިހަމަ މުސްލިމުން ކަމުގައި ލައްވާށިއެވެ! އާމީން.
__________________________________________
[2] فتاوى نور على الدرب – المجلد الأول – كتاب العقيدة – باب ما جاء في التوحيد – شروط ومعنى لا إله إلا الله ( جزء : 1 صفحة : 45 – 47 )