وَاضْرِبْ لَهُم مَّثَلَ الْحَيَاةِ الدُّنْيَا كَمَاءٍ أَنزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ الرِّيَاحُ ۗ وَكَانَ اللَّـهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرًا ﴿٤٥﴾
އަދި ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ މިޘާލު ޖައްސަވައިދެއްވާށެވެ! ތިމަންރަސްކަލާނގެ އުޑުންވެއްސެވި ފެނެއްގެ މިޘާލެވެ. ދެން ބިމުގެ ގަސްތައް އެ ފެނާއެކުވެ (ތާޒާކަންލިބި ހެދިގަތުމަށްފަހު) ، ވަޔާ ބުރައިގެންދާ ހިކި ކުނޑިތަކަކަށް ވެދެއެވެ. ފަހެ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللّه ވޮޑިގެންވެއެވެ.
الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا ۖ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا ﴿٤٦﴾
މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. އަދި ދެމިހުންނަނިވި ޞާލިޙު ޢަމަލުތައް ، ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައިވާ، ޘަވާބުގެގޮތުން މާހެޔޮކަން ބޮޑެވެ. އަދި ކުރެވޭ އުންމީދެއްގެ ގޮތުންވެސް މާހެޔޮކަން ބޮޑުމެއެވެ.
وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا ﴿٤٧﴾
އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ވިއްސިވިހާލިކޮށްލައްވާ ދުވަހުގެ މަތިން ހަނދުމަފުޅުކުރައްވާށެވެ! އަދި (އެދުވަހުން) ބިންގަނޑު (ހާމަވެ) ފާޅުވެގެންވާތީ ކަލޭގެފާނު ދެކޭނެތެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން މަޙްޝަރު ކުރައްވާހުށީމެވެ. ފަހެ ، އޭގެތެރެއިން ހަމައެކަކުވެސް ދޫނުކުރައްވާހުށީމެވެ.
…