[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الطهارة – ކިތާބުއްޠަހާރާ (1)

kithaabuttahaara

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޠަހާރާ ބެހިގެންވާ ބައިތައް:

  • މަޢުނަވީ ޠަހާރާ
  • ޙިއްސީ ޠަހާރާ (މާއްދީ ޠަހާރާ)

ތަޢާރަފް: ޙަދަޘް އެރެގަތުމާއި ނަޖިސް ފިލުވައިލުމެވެ.

ޙަދަޘް ބެހިގެންވާ ބައިތައް:

  • ކުޑަ ޙަދަޘް:
  • ބޮޑު ޙަދަޘް:

ޙަދަޘުން ޠާހިރު ވެވޭ ފެނަކީ ޠަހޫރު ފެންކަމުގައި ވާންޖެހޭނެއެވެ. ޠަހޫރުފެނަކީ އޭގެ ޛާތުގައި ޠާހިރުވެފައި އެހެން އެއްޗެއް ޠާހިރުކޮށްދޭ އެއްޗަކަށް ވާންޖެހޭނެއެވެ. ފެން ނޫން އެފަދަ އެއްވެސް މާއްދާއަކުން ޠާހިރު ނުވެވޭނެއެވެ (މިސާލަކަށް: ޖޫސް، ރާހުތް).

ނަޖިސް މާއްދާއަކާއި ފެނާއި އެކުވެ، ވަސް ނުވަތަ ރަހަ ނުވަތަ ކުލައަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ ޙަދަޘް އެރެގަތުމާއި ނަޖިސް ފިލުވައިލުމުގައި އެފެން ބޭނުން ނުކުރެވޭނެއެވެ.

ޠާހިރު މާއްދާއަކާއި ފެނާއި އެކުވިޔަސް، ފެނުގެ ނަން ކެނޑިގެން ނުދާހަ ހިނދަކު ޠާހިރުވުމަށް އެފެން ބޭނުންކުރެވޭނެއެވެ.

ޠާހިރުވުމަށް އެއްފަހަރު ބޭނުންކުރެވިފައިވާ ފެން ބެލެވޭނީ ޠަހޫރު ފެނުގެ ގޮތުގައެވެ. އެއީ ކުރީގައި ބަޔާންވެވުނު ވަޞްފުތައް ބަދަލު ނުވާހާ ހިނދެއްގައެވެ.

=ނުނިމޭ=

____________________________________

مصدر: الفقه الميسرމިލިޔުމުގެ އެހެންބައިތައް