[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الطهارة – ކިތާބުއްޠަހާރާ (5)

kithaabuttahaara

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ވުޟޫގެ ވާޖިބުތައް:

  • މޫނު ދޮވުން.
  • ދެއަތް ދެއުޅަނބޮށިކައްޓާއެކު ދޮވުން.
  • ބޮލުގައި ފެންފުހުން.
  • ދެފައި ދެތަނބިކައްޓާއި ހަމައަށް ދޮވުން.
  • ބަޔާންވެވުނު ކަންތައްތައް ތަރުތީބުން ކުރުން.
  • ވުޟޫކުރުމުގައި މެދުނުކެނޑުން.

ވުޟޫގެ ސުންނަތްތައް:

  • ވުޟޫކުރަން ފަށައިގަންނަމުން ބިސްމި ކިޔުން.
  • ދަތް އުނގުޅުން.
  • ދެއަތްތިލަ ތިންފަހަރު ދޮވުން.
  • ރޯދަވެރިޔާ ނޫން މީހުން އަނގައާއި ނޭފަތް ރަގަޅަށް ދޮވުން.
  • ވުޟޫ ގުނަވަންތަކުގައި ރަގަޅަށް ފެންޖެއްސުން އަދި ބޯތުނބުޅީގައި ރަގަޅަށް ވިނަވައިލުން.
  • އަތާއި ފައި ދޮވުމުގައި ކަނާތް އިސްކުރުން.
  • މޫނާއި ދެއަތާއި ދެފައި ދޮވުމުގައި ތިންތިންފަށްކުރުން.
  • ވުޟޫދުޢާ ކިޔުން

ވުޟޫ ގެއްލޭ ކަންތައްތައް:

  • ދެދޮރުންކުރެ ދޮރަކުން އެއްޗެއް ބޭރުވުން.
  • ހަށިގަނޑުގެ އެހެންތަނަކުން ނަޖިހެއް ބޭރުވުން.
  • ބުއްދި ފިލައިދިއުން.
  • ހަންހުރަހަކާއި ނުލާ ކުރިމަތިފަރާތުގައި ނުވަތަ ފުރަގަސްފަރާތުގައި ބީހުން.
  • މުރުތައްދުވުން.

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް