[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙައްޤުގޮތުގައި ތިބި މީހުންނާއި މަގުފުރެދިފައިވާ މީހުން އެއްފަދައެއް ނުވާނެއެވެ.

 

sharh 1الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

﴿ أَفَمَن شَرَحَ اللَّـهُ صَدْرَهُ لِلْإِسْلَامِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِ ۚ …﴾ [سورة الزمر ٢٢]

މާނައީ: ” ފަހެ، އިސްލާމްދީނަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވާ އޭނާގެ ވެރިރައްބުގެ ޙަޟްރަތުން ނޫރެއް ލިބިފައިވާމީހަކު (އެނޫންމީހަކާ އެއްފަދަ ހެއްޔެވެ.)”

އެބަހީ: އެފަދަ މީހަކާ ޙައްޤު މަގުން ދުރުވެ، ހިތް ހަރުވެފައިވާ މީހާ އެއްފަދަ ހެއްޔެވެ؟ އެއީ ﷲ عز وجلގެ އަންނަނިވި ބަސްފުޅުގައިވާ ފަދައިންނެވެ.

﴿ أَوَمَن كَانَ مَيْتًا فَأَحْيَيْنَاهُ وَجَعَلْنَا لَهُ نُورًا يَمْشِي بِهِ فِي النَّاسِ كَمَن مَّثَلُهُ فِي الظُّلُمَاتِ لَيْسَ بِخَارِجٍ مِّنْهَاۚ …﴾ [سورة الأنعام١٢٢]

މާނައީ: “(ކާފިރުކަމުން) މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަންއިލާހު އެމީހަކު ދިރުއްވާ، މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއްލެއްވި މީހަކާއި، އަނދިރީގެ ތެރޭގައި ނުނިކުމެހުންނަ މީހަކާ އެއްފަދަވާނޭ ހެއްޔެވެ؟”

އެހެންކަމުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿ …فَوَيْلٌ لِّلْقَاسِيَةِ قُلُوبُهُم مِّن ذِكْرِ اللَّـهِ ۚ …﴾ [سورة الزمر ٢٢]

މާނައީ: “ފަހެ، ﷲ ހަނދާންކުރުން ފިޔަވާ އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކުހުށްޓެވެ.”

އެބަހީ: ﷲ ތަޢާލާ ޛިކުރު ކުރެވުމުން އެބައިމީހުންގެ ހިތްތައް މަޑެއް ނުވެއެވެ. އަދި މަޑުމޮޅިކަމާއެކު، ބިރުވެތި ނުވެއެވެ. އަދި އެބައިމީހުންނަށް ފަހުމެއްވެސް ނުވެއެވެ.

﴿ … أُولَـٰئِكَ فِي ضَلَالٍ مُّبِينٍ﴾ [سورة الزمر ٢٢]

މާނައީ: “އެއުރެންވަނީ ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ.”

________________________________________________________

مختصر تفسير ابن كثير