[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙިދާޔަތް ދައްކަވާނީ މާތްﷲ އެވެ.

މީހަކަށް ހިދާޔަތް ދެއްކެވުންވަނީ މާތްﷲ އަށެވެ. އެހެނީ މީހަކަށް ކިތަންމެވަރަކަށް ތެދު މަގު ދައްކަން އުޅުނު ކަމުގައިވިޔަސް، މާތްﷲ އެމީހަކަށް ތެދުމަގު ދެއްކެވުމަށް އިރާދަ ނުކުރައްވާހާ ހިނދަކު އެމީހަކަށް ތެދުމަގު ފެނިގެންނުދާނެތެވެ.

މާތްﷲ ވަހީ ކުރައްވަނީ

وَلَا يَسْتَطِيعُونَ لَهُمْ نَصْرً‌ۭا وَلَآ أَنفُسَهُمْ يَنصُرُ‌ونَ ﴿١٩٢﴾ وَإِن تَدْعُوهُمْ إِلَى ٱلْهُدَىٰ لَا يَتَّبِعُوكُمْ ۚ سَوَآءٌ عَلَيْكُمْ أَدَعَوْتُمُوهُمْ أَمْ أَنتُمْ صَـٰمِتُونَ ﴿١٩٣  سورة الأعراف

މާނައީ: :” އަދި އެއުރެންނަށް އެއްވެސް نصر އެއް ދިނުމަކަށް އެތަކެއްޗަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އަދި އެތަކެތީގެ އަމިއްލަ ޒާތަށްވެސް، نصر އެއް ނުދެވޭނޭމެއެވެ. ތިޔަބައިމީހުން އެތަކެއްޗަށް ތެދުމަގަށް ގޮވިޔަސް، އެތަކެއްޗެއް ތިޔަބައިމީހުންނަކަށް تبع އެއް ނުވާނެތެވެ. އެ ތަކެއްޗަށް ތިޔަބައިމީހުން ގޮވިޔަސް، ނުވަތަ ނުގޮވައި ހަނުތިއްބަސް، ތިޔަބައިމީހުންނަށް ހަމަހަމަވެގެންވެތެވެ. “

ބައެއްމީހުން އެއުރެން ކުޅަ ފާފަތަކުގެ ސަބަބުން އެރެންގެ ހިތްތައް މާތް ﷲ ބަންދުކުރައްވަތެވެ. މިއިން މީހަކަށް ތެދުމަގު ދައްކަން ކިތަންމެ މަސައްކަތެއް ކުރެވުނު ކަމުގައިވީނަމަވެސް އެއިންމީހަކަށް ތެދު މަގު ފެނިގެން ދިއުމަކީ ނެތްކަމެކެވެ. ސަބަބަކީ މާތްﷲ ގެ އަންނަނިވި އާޔަތެވެ. މާތް ﷲ ވަހީ ކުރައްވަނީ،

أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَ‌وُا۟ ٱلضَّلَـٰلَةَ بِٱلْهُدَىٰ فَمَا رَ‌بِحَت تِّجَـٰرَ‌تُهُمْ وَمَا كَانُوا۟ مُهْتَدِينَ ﴿١٦﴾  سورة البقرة

މާނައީ: “ އެއުރެންނީ، ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންނެވެ. (އެބަހީ: ތެދުމަގަށް ފުރަގަސްދީ، މަގުފުރެދުން ހޯދި މީހުންނެވެ.) ފަހެ، އެއުރެންގެ އެ ވިޔަފާރިޔަކުން، އެއުރެންނަކަށް ފައިދާއެއް ނުވިއެވެ. އަދި އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައިވެސް ނުވެތެވެ.

ދެން މާތްﷲ އެއުރެންނަށް މިޘާލު ޖައްސަވައި ވަޙީ ކުރައްވަނީ މިފަދައިންނެވެ.

مَثَلُهُمْ كَمَثَلِ ٱلَّذِى ٱسْتَوْقَدَ نَارً‌ۭا فَلَمَّآ أَضَآءَتْ مَا حَوْلَهُ ذَهَبَ ٱللَّهُ بِنُورِ‌هِمْ وَتَرَ‌كَهُمْ فِى ظُلُمَـٰتٍ لَّا يُبْصِرُ‌ونَ ﴿١٧﴾  سورة البقرة

މަނައީ: ” އެއުރެންގެ މިސާލަކީ، އަލިފާންގަނޑެއް ރޯކޮށްގެންތިބި ބަޔެއްގެ މިސާލެވެ. ފަހެ އެ އަލިފާންގަނޑު، އެއުރެންގެ ވަށައިގެންވާތަނަށް އަލިކޮށްލިހިނދު، اللَّه އެއުރެންގެ (އެ އަލިފާންގަނޑުގެ) އަލިކަން ގެންދަވައި އެއުރެންނަށް އެއްޗެއް ނުފެންނަފަދަ އަނދިރިތަކެއްގެ ތެރެޔަށް އެއުރެން ދޫކުރެއްވީއެވެ.

އެއަށްފަހު އެމީހުންނާމެދު މާތްﷲ ވަޙި ކުރައްވަނީ މިފަދައިންނެވެ.

صُمٌّۢ بُكْمٌ عُمْىٌ فَهُمْ لَا يَرْ‌جِعُونَ ﴿١٨﴾ سورة البقرة

މާނައީ: ” (އެއުރެންނީ) ބީރު ބަޔެކެވެ. މަންމަން ބަޔެކެވެ. ކަނު ބަޔެކެވެ. ފަހެ، އެއުރެން (حق ގެ މަގަކަށް) رجوع އެއް ނުވާނެތެވެ.

މި އާޔަތުގައި މާތްﷲ އެއުރެންނާ މުޚާތަބު ކުރައްވާ އެއުރެންނީ ބީރު އަދި ކަނު ބައެކޭ ވަޙީ ކުރައްވާފައިއެވަނީ އެއްވެސް ޙާލެއްގައި އެއުރެން ބީރުވެ އަދި ކަނުވުމުގެ ސަބަބުންނެއް ނޫނެވެ. އަދި ކިއެއްތޯއެވެ. އެއީ އެއުރެން ކުޅަ ޢަމަލުތަކުގެ ސަބަބުން އެއުރެންގެ ކިބައިން މާތްﷲ ޙިދާޔަތް އުފުއްލެވި ކަމުގެ ސަބަބުންނެވެ. ހެޔޮ ބަހެއް ބުންޏަސް އެއުރެން އެބަސް ޤަބޫލެއްނުކުރާނެތެވެ. އަދި ހެޔޮ ކަމެއް ފެނުނަސް އެއުރެން އެކަމާމެދު އިންކާރުކުރާނެތެވެ.

އެކަލާނގެ ވަޙީ ކުރައްވަނީ

إِنَّ ٱلَّذِينَ كَفَرُ‌وا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْ‌تَهُمْ أَمْ لَمْ تُنذِرْ‌هُمْ لَا يُؤْمِنُونَ ﴿٦﴾ خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ وَعَلَىٰٓ أَبْصَـٰرِ‌هِمْ غِشَـٰوَةٌ وَلَهُمْ عَذَابٌ عَظِيمٌ ﴿٧ سورة البقرة

މާނައީ: ” ހަމަކަށަވަރުން كافر ވި މީސްތަކުންނަށް، ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ إنذار ނުކުރެއްވިޔަސް ހަމަހަމަވެގެން ވެއެވެ. އެއުރެން إيمان އެއް ނުވާނެތެވެ. اللَّه އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަޖައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.

މުޙައްމަދު ބުން އަބްދުލް ވައްޙާބު ރަޙިމަހުﷲ ޢަންހު ގެ ފޮތެއްކަމުގައިވާ ކިތާބުއްތައުޙީދުގައި ބަޔާންވެގެންވެއެވެ

ޙިދާޔަތް ދެއްކެވުމާއި ކާމިޔާބުކޮށްދެއްވުމަކީ ﷲ ތަޢާލާގެ ތަޤްދީރުފުޅުގެ ދަށުގައިވާ ކަންކަމެވެ. އެއްވެސް މަޚްލޫޤަކަށް މިއިންކަމެއްގެ އިޚްތިޔާރު ލިބިގެނެއްނުވެއެވެ. އަދި ކިއެއްތަ! މަތިވެރިވެގެން ކިތަންމެ މަތިވެރި މަޚްލޫޤަކަށްވިޔަސް މިއިން ކަމެއްގެ އިޚުތިޔާރެއް ލިބިގެނެއްނުވެއެވެ. ރަސޫލުންގެ ޒިންމާއަކީ ﷲ ތަޢާލާގެ ރިސާލަތު މީސްތަކުންނާހަމައަށް ފޯރުކޮށްދިނުމެވެ. އޭގެ ސަބަބުން ހިދާޔަތް ދެއްކެވުންވަނީ ﷲ ތަޢާލާގެ مشئة ޕުޅުގެ ދަށުގައެވެ.