[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الطهارة – ކިތާބުއްޠަހާރާ (8)

kithaabuttahaara

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޙައިޟާއި ނިފާސްގެ ވާހަކަ ނަންގަނެވުނު ބާބު:

ޙައިޟަކީ ވިހެއުމަކާއި ނުލައި، ފުރިހަމަ ޞިއްޙަތެއްގައި ހުންނަ އަންހެނާގެ ރަޙިމުން ވަކި ދުވަސްވަރެއްގައި ބޭރުވާ ލެއެކެވެ.

ނިފާސް އަކީ ވިހެއުމާއި ގުޅިގެން ބޭރުވާ ލެއެވެ.

ޙައިޟުގެ ވަގުތު: ހިޖްރީ ގޮތުން ނުވަ އަހަރު ވުމުގެ ކުރިން ޙައިޟު ނުވާނެއެވެ. އަދި ހިޖްރީގޮތުން ފަންސާސް އަހަރަށްފަހު ޢާންމުގޮތެއްގައި ޙައިޟު ނުވާނެއެވެ.

ޙައިޟުގެ ކުރު މުއްދަތުގައިވެސް އަދި ދިގު މުއްދަތުގައިވެސް ވަކި ހައްދެއްނެތެވެ. އެހެން ނަމަވެސް އެކަން ބިނާވެގެންވަނީ އާދަކާދަ އަށެވެ. ޢާންމުގޮތެއްގައި ޙައިޟުގެ މުއްދަތަކީ ހަދުވަސް ނުވަތަ ހަތްދުވަހެވެ.

ޙައިޟު އަދި ނިފާސްގެ ސަބަބުން ޙަރާމްވާ ކަންތައްތައް:

  1. ޖިމާޢުވުން:
  2. ވަރި ކުރުން:
  3. ނަމާދު ކުރުން:
  4. ރޯދަ ހިފުން:
  5. ޠަވާފު ކުރުން:
  6. ޤުރްއާނުގައި ބީހުން:
  7. މިސްކިތަށް ވަނުން:

ނިފާސްގެ ކުރު މުއްދަތާއި ދިގު މުއްދަތު:

ނިފާސްގެ އެންމެ ކުރު މުއްދަތުގައި ވަކި ޙައްދެއް ނެތެވެ. އެހެންނަމަވެސް އެންމެ ދިގު މުއްދަތަކީ ސާޅީސް ދުވަހެވެ.

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް