[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الصلاة (9)

kithab ah salaath

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ޢުޒުރުވެރިންގެ ނަމާދު:

އުޒުރުވެރިންނަކީ ބަލިމީހުންނާއި، ދަތުރުވެރިންނާއި، ބިރުވެރިކަމެއް ދިމާވުމުގެ ސަބަބުން ނަމާދު ފުރިހަމަކުރުމަށް ނުކުޅެދިފައިވާ މީހުންނެވެ. އެހެންކަމުން ޝަރީޢަތުގައި ވަނީ އެބައިމީހުންނަށް ލުއިފަސޭހަކަން ދެއްވާފައެވެ.

ބަލިމީހުންގެ ނަމާދު:

ބަލިމީހުންނަށްވެސް ނަމާދު މަޢާފުވެގެން ނުވެއެވެ. ފަރުޟު ނަމާދުތަކަށް ކޮޅަށް ތިބުން އެބައިމީހުންނަށް ވެސް، ކުޅަދާނަކަން ލިބިގެންވާނަމަ މަޖުބޫރު ވެގެންވެއެވެ. ކޮޅަށް ނުހުރެވޭނަމަ އިށީދެ އިނދެގެންނެވެ. އިށީނދެގެން ނުއިނދެވޭނަމަ، އޮށޯވެ އޮވެގެންނެވެ. މިއިން އެއްވެސް ގޮތަކަށް ހުރެގެން ނަމާދު ނުކުރެވޭނަމަ، އެމީހަކަށް ކުޅަދާނަވީ ގޮތަކަށެވެ. ބަލިމީހާގެ ބުއްދި ސަލާމަތުން ހުރިހާ ހިނދަކު އޭނާއަށް ނަމާދު މަޢާފު ވެގެންނުވެއެވެ.

ދަތުރުވެރިޔާގެ ނަމާދު:

ހަތަރު ރަކްޢަތް ނަމާދު، ދެރަކްޢަތަށް ޤަޞްރު ކުރެވޭނެކަމާއިމެދު ހުރިހާ ޢިލްމުވެރިން އެއްބަސްވެލައްވައެވެ. މިހެންކަމުން މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، ޢިޝާ ނަމާދު ޤަޞްރު ކުރެވޭނެއެވެ. އަދި ފަތިސް ނަމާދާއި މަޣްރިބު ނަމާދު ޤަޞްރު ނުކުރެވޭނެ ކަމަށް ހުރިހާ ޢިލްމުވެރިން އެއްބަސްވެލައްވައެވެ.

ނަމާދު ޤަޞްރު ކުރެވޭނީ 80 ކިލޯމީޓަރަށްވުރެ ދިގު ދަތުރު ތަކުގައެވެ. އަދި ނަމާދު ޤަޞްރު ކުރެވޭނީ ހުއްދަ ދަތުރު ތަކުގައެވެ. މިސާލަކަށް ޙައްޖު ދަތުރު، ވިޔަފާރި ދަތުރު ފަދަ ދަތުރު ތަކުގައެވެ.

ނަމާދު ޖަމްޢު ކުރުމަކީވެސް ދަތުރުވެރިޔާއަށް އޮތް ލުއިފަސޭހަ ކަމުގެ ތެރެއިންވާ ކަމެކެވެ. މިގޮތުން މެންދުރު ނަމާދާއިއެކު ޢަޞްރު ނަމާދު އަދި މަޣްރިބު ނަމާދާއިއެކު ޢިޝާ ނަމާދު އިސްކޮށް ނުވަތަ ފަސްކޮށް ޖަމްޢު ކުރެވިދާނެއެވެ. ހަމައެހެންމެ، ބަލިމީހާއަށްވެސް ނަމާދު ޖަމްޢު ކުރެވޭނެއެވެ.

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް