[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الصوم (3)

kitaab ah saum

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ރަމަޟާންމަހުގެ ރޯދަ ދޫކޮއްލުން ހުއްދަ ޢުޛުރުތައް:

  1. ބަލިވުމާއި މުސްކުޅި އުމުރަށް ދިޔުން: ފަސޭހަވާނެ ކަމަށް އުއްމީދު ކުރެވޭ ބައްޔެއް ޖެހިފައިވާމީހާއަށް ރޯދަ ދޫކޮއްލުން ހުއްދައެވެ. އަދި ބަލި ފަސޭހަ ވުމުން، ދޫކޮއްލި ރޯދަތައް ޤަޟާ ކުރަންޖެހޭނެއެވެ. ރޯދަ ދޫކޮއްލެވޭނީ އެބައްޔެއްގެ ސަބަބުން ރޯދައަށް ހުރުމަށް އުނދަގޫވާނަމައެވެ.

ފަސޭހަވާނެކަމަށް އުއްމީދު ނުކުރެވޭފަދަ ބައްޔެއް ޖެހިފައިވާމީހާ ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ރޯދަހިފުމަށް ކުޅަދާނަކަން ނެތްމީހާގެ މައްޗަށް ރޯދަ ވާޖިބެއް ނޫނެވެ. އެމީހާގެ މައްޗަށް ވާޖިބު ވެގެންވަނީ ފިދްޔަ ދިނުމެވެ. އެއީ ދޫކޮއްލި ކޮންމެ ރޯދައަކަށް، މިސްކީނަކަށް ކާންދިނުމެވެ.

  1. ދަތުރު: ދަތުރުވެރިޔާއަށް ރަމަޟާންމަހުގެ ރޯދަ ދޫކޮއްލުން ހުއްދައެވެ. އެހެންނަމަވެސް އެރޯދަ ޤަޟާ ކުރަން ޖެހޭނެއެވެ. ރޯދަ ދޫކޮއްލުން ހުއްދަ ވެގެންވަނީ ނަމާދު ޤަޞްރުކުރުން ހުއްދަ ވާވަރުގެ ދިގު ދަތުރު ތަކުގައެވެ. އެއީ ގާތްގަނޑަކަށް 80 ކިލޯ މީޓަރެވެ. އަދި ރޯދަ ދޫކޮއްލުމުގެ ލުއިފަސޭހަކަން ލިބިގެންވަނީ ހުއްދަ ދަތުރު ތަކުގައެވެ. ފާފައަކަށް އަރައިގަތުމަށް ކުރެވޭ ދަތުރާއި، ރޯދަ ދޫކޮއްލުމަށްޓަކައި ކުރެވޭ ޙީލަތުގެ ދަތުރުގައި ރޯދަ ދޫކޮއްލުމުގެ ލުއިފަސޭހަކަން ލިބިގެން ނުވެއެވެ.

ދަތުރުވެރިޔާއަށް އިތުރު އުނދަގޫކަމެއް ނުލިބޭނަމަ ދަތުރުމަތީގައި ރޯދައަށް ހުރުން ހުއްދައެވެ.

  1. ޙައިޟު އަދި ނިފާސް: ޙައިޟު އަދި ނިފާސްވެރިޔާގެ މައްޗަށް ރޯދަ ދޫކޮއްލުން ވާޖިބުވެގެންވެއެވެ. އަދި އެމީހުންނަށް ރޯދައަށް ތިބުން ޙަރާމްވެގެން ވެއެވެ. އެމީހުން ރޯދަ ހިފިޔަސް އެރޯދަ ޞައްޙަ ނުވާނެއެވެ. އެމީހުންނަށް އޮތްގޮތަކީ އެރޯދަތަށް ޤަޟާކުރުމެވެ.
  2. މާބަނޑުވުމާއި ކިރުދިނުން: މާބަނޑު އަންހެނާއާއި ކިރުމައިމީހާ،  ރޯދައަށް ހުރުމުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސާއި ދަރިފުޅަށް، ގެއްލުމެއް ވެދާނެކަމަށް ހީވާނަމަ ރޯދަ ދޫކޮއްލުން ހުއްދަވެގެންވެއެވެ. މިމީހުން ދޫކޮއްލާ ރޯދަ އަލުން ޤަޟާކުރަން ޖެހޭނެއެވެ.

ބަޔާންވެދިޔަ ވާހަކަތަކުގެ ޚުލާޞާއަކީ، ރޯދަ ދޫކޮއްލުން ހުއްދަވެގެންވާ ސަބަބުތަކަކީ ހަތަރެއްކަމެވެ. އެއީ ދަތުރު، ބަލި، ޙައިޟު އަދި ނިފާސް، އަމިއްލަ ނަފްސަށް ގެއްލުމެއްވެދާނެކަމަށް ބިރުހީވުމެވެ.

=ނިމުނީ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް