[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަހްފު ސޫރަތުގެ ތަރުޖަމާ 54-59

kahf pic

وَلَقَدْ صَرَّ‌فْنَا فِي هَـٰذَا الْقُرْ‌آنِ لِلنَّاسِ مِن كُلِّ مَثَلٍ ۚ وَكَانَ الْإِنسَانُ أَكْثَرَ‌ شَيْءٍ جَدَلًا ﴿٥٤﴾

އަދި ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ މި ޤުރްއާނުގައި ހުރިހާ ބާވަތަކުން މީސްތަކުންނަށް މިޘާލު ބަޔާންކޮށްދެއްވީމެވެ. އަދި ޖަދަލުކުރުން ގިނަ މީހަކު ކަމުގައި އިންސާނާ ވިއެވެ.

وَمَا مَنَعَ النَّاسَ أَن يُؤْمِنُوا إِذْ جَاءَهُمُ الْهُدَىٰ وَيَسْتَغْفِرُ‌وا رَ‌بَّهُمْ إِلَّا أَن تَأْتِيَهُمْ سُنَّةُ الْأَوَّلِينَ أَوْ يَأْتِيَهُمُ الْعَذَابُ قُبُلًا ﴿٥٥﴾

އަދި މީސްތަކުންނަށް ތެދުމަގު އައިހިނދު ، (އެއަށް) އީމާންވެ ، އެއުރެންގެ ރައްބުގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދެންނެވުމުން ، އެއުރެން މަނާވެގަތް ކަމެއް ކަމުގައި، އިސްވެދިޔަ އުންމަތްތަކަށް ވެގެންދިޔަގޮތް އެއުރެންނަށްވެސް ކުރިމަތިވެ ، ނުވަތަ ، ހާމަޔަށް ކުރިމަތިން ޢަޛާބު ފާޅުވުން މެނުވީ އިތުރު އެހެން އެއްވެސް ކަމެއް ނުވެއެވެ.

وَمَا نُرْ‌سِلُ الْمُرْ‌سَلِينَ إِلَّا مُبَشِّرِ‌ينَ وَمُنذِرِ‌ينَ ۚ وَيُجَادِلُ الَّذِينَ كَفَرُ‌وا بِالْبَاطِلِ لِيُدْحِضُوا بِهِ الْحَقَّ ۖ وَاتَّخَذُوا آيَاتِي وَمَا أُنذِرُ‌وا هُزُوًا ﴿٥٦﴾

އަދި އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލުން ކަމުގަޔާއި ، އިންޛާރު ކުރައްވާ ބޭކަލުން ކަމުގައި މެނުވީ ، ތިމަންރަސްކަލާނގެ ރަސޫލުބޭކަލުން ނުފޮނުއްވަމެވެ. އަދި ޙައްޤުމަގު ނެތިކޮށް ފޮހެލުމަށްޓަކައި ކާފިރުވީ މީހުން ބާޠިލު ގޮތްގޮތުން ޖަދަލުކުރެތެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތަކާއި ، އެއުރެންނަށް އިންޛާރު ކުރެއްވުނު ކަންތައް ފުރައްސާރައެއްކަމުގައި އެއުރެން ހެދިއެވެ.

وَمَنْ أَظْلَمُ مِمَّن ذُكِّرَ‌ بِآيَاتِ رَ‌بِّهِ فَأَعْرَ‌ضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرً‌ا ۖ وَإِن تَدْعُهُمْ إِلَى الْهُدَىٰ فَلَن يَهْتَدُوا إِذًا أَبَدًا ﴿٥٧﴾

އަދި އެމީހެއްގެ ވެރިރަސްކަލާނގެ އާޔަތްތަކުން އެމީހަކަށް ހަނދާންކޮށްދެއްވުމުން ، އެ އާޔަތްތަކަށް ފުރަގަސްދީ، އެއްކިބާވެ ، އަދި އޭނާ ކޮށްފައިވާ ޢަމަލުތައް ހަނދާންނައްތާލި މީހާއަށްވުރެ އަނިޔާވެރިކަންބޮޑީ ފަހެ ، ކާކުހެއްޔެވެ؟ ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ އެއުރެންނަށް އެ ޤުރްއާން ވިސްނުމަށް ހުރަސްއަޅާ ހުރަސްތަކެއް ، އެއުރެންގެ ހިތްތަކުގައި ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއް ލެއްވީމެވެ. އަދި ކަލޭގެފާނު އެއުރެންނަށް ތެދުމަގަށް ގޮވައިލެއްވި ނަމަވެސް ، އެއުރެންނަށް ދުވަހަކުވެސް ތެދުމަގެއް ނުލިބޭނެތެވެ.

 وَرَ‌بُّكَ الْغَفُورُ‌ ذُو الرَّ‌حْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا لَعَجَّلَ لَهُمُ الْعَذَابَ ۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا مِن دُونِهِ مَوْئِلًا ﴿٥٨﴾

އަދި ކަލޭގެފާނުގެ ރައްބަކީ ، ގިނަގިނައިން ފާފަފުއްސަވާ ، ރަޙްމަތުގެ ވެރިރަސްކަލާނގެއެވެ. އެއުރެންގެ ފާފަތަކުގެ ސަބަބުން އެކަލާނގެ އެއުރެން ހިއްޕަވާ ކަމުގައިވީނަމަ، އެއުރެންނަށް ޢަޛާބު އަވަސްކުރެއްވީސްކަން ކަށަވަރެވެ. (އަދި) ކިއެއްހެއްޔެވެ! އެއުރެންނަށް ކަނޑައެޅިގެންވާ ވަކިވަގުތެއް ވެއެވެ. اللّه ފިޔަވައި އެޢަޛާބުން ސަލާމަތްކޮށްދޭނޭ އެހެންތަނެއް އެއުރެންނަކަށް ނުވާނެއެވެ.

 وَتِلْكَ الْقُرَ‌ىٰ أَهْلَكْنَاهُمْ لَمَّا ظَلَمُوا وَجَعَلْنَا لِمَهْلِكِهِم مَّوْعِدًا ﴿٥٩﴾

އަދި އެއީ އެރަށްތަކެވެ! (އެރަށްތަކުގެ އަހުލުވެރިން) އަނިޔާވެރިވީ ހިނދު ، ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރެއްވީމުއެވެ. އަދި އެއުރެން ހަލާކުވެދިއުމަށް ކަނޑައެޅިގެންވާ ވަގުތެއް ތިމަންރަސްކަލާނގެ ލެއްވީމެވެ.