وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا ﴿٦٠﴾
އަދި މޫސާގެފާނު އެކަލޭގެފާނުގެ (އަރިހުގައިވި) ޒުވާނާއަށް: “ދެކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާންދެން ، ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށްދާންދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ” ، ވިދާޅުވިހިނދު ހަނދުމަފުޅުކުރާށެވެ!
فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا ﴿٦١﴾
ފަހެ ، އެ ދެކަނޑު ދެމެދު ގުޅުނު ހިސާބަށް އެ ދެކަލުންނަށް ދެވުނު ހިނދު ، އެ ދެކަލުންނާ (އެކުގައި ގެންދެވި ލޮނުއެޅި) މަހުގެ މަތިން އެ ދެކަލުން ހަނދުމަފުޅު ނެތިއްޖެއެވެ. ފަހެ (އޭރު) އެ މަސް ހަނިހަނި މަގަކުންލައިގެން ކަނޑުގެ ތެރެއަށް ހިނގައްޖެއެވެ.
فَلَمَّا جَاوَزَا قَالَ لِفَتَاهُ آتِنَا غَدَاءَنَا لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا ﴿٦٢﴾
ފަހެ ، އެ ދެކަލުން (އެތަން) ފަހަނަޅައި ވަޑައިގެންނެވި ހިނދު ، އެކަލޭގެފާނުގެ އަރިހުގައިވި ޒުވާނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ: “ތިމަންމެންގެ ދުވާލުގެ ކެއުން ގެނެސްދޭށެވެ! ހަމަކަށަވަރުން ، ތިމަންމެންގެ މި ދަތުރުން ތިމަންމެންނަށް ވަރަށްބޮޑު ވަރުބަލިކަމެއް ލިބިއްޖެއެވެ”.
قَالَ أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ ۚ وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا ﴿٦٣﴾
އަރިހުގައިވި އެޒުވާނާ ދެންނެވިއެވެ: “ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ! ހިލައިގެ މަތީގައި ތިމަންމެން މަޑުކޮށްލި ހިނދު ، ތިމަން އެ މަހުގެ މަތިން ހަނދާން ނެތުނީއެވެ. އަދި އެ މަހުގެ (ކަންތައް ހިނގައިދިޔަގޮތް) ދަންނަވަން ހަނދާންނެތިކޮށްލީ ، ޝައިޠާނާ ފިޔަވައި އެހެން އެއްޗެއް ނޫނެވެ. އަދި އެ މަސް ޢަޖައިބެއް ފަދަ ގޮތަކަށް ކަނޑުގެ ތެރެއިން އޭގެމަގު ހޯދައިގެން ހިނގައްޖެއެވެ.
قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَارْتَدَّا عَلَىٰ آثَارِهِمَا قَصَصًا ﴿٦٤﴾
އެކަލޭގެފާނު ވިދާޅުވިއެވެ: “ތިމަންމެން ބޭނުންވެގެން މިއުޅެނީ އެތަނެވެ”. ފަހެ ، އެ ދެކަލުންގެ ފިޔަވަޅު ބައްލަވަމުން އެ ދެކަލުން އެނބުރި ފަހަތަށް ވަޑައިގެންފިއެވެ.
فَوَجَدَا عَبْدًا مِّنْ عِبَادِنَا آتَيْنَاهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَاهُ مِن لَّدُنَّا عِلْمًا ﴿٦٥﴾
ފަހެ ، (އެތަނުން) އެދެކަލުންނަށް ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން އަޅަކު ( ޚިޟްރު ޢަލައިހިއްސަލާމް) ފެނިވަޑައިގަތެވެ. އެބޭކަލަކަށް ތިމަންރަސްކަލާނގެ ޙަޟްރަތުން ރަޙްމަތެއް ދެއްވީމެވެ. އަދި އެބޭކަލަކަށް ތިމަންރަސްކަލާނގެ ޙަޟްރަތުން މަތިވެރި ޢިލްމެއް އުނގަންނަވައި ދެއްވީމެވެ.
قَالَ لَهُ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا ﴿٦٦﴾
އެބޭކަލަކަށް މޫސާގެފާނު ދެންނެވިއެވެ: “ކަލޭގެފާނަށް ދެއްވާފައިވާ ޢިލްމުން ތިމަންކަލޭގެފާނަށް އުނގަންނަވައި ދެއްވާނެކަމަށް ، ކަލޭގެފާނަށް ތިމަންކަލޭގެފާނު ތަބާ ވަންތޯއެވެ؟”
قَالَ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا ﴿٦٧﴾
އެބޭކަލަކު ވިދާޅުވިއެވެ: “ހަމަކަށަވަރުން ، ކަލޭގެފާނަކަށް ތިމަންކަލޭގެފާނާ އެކުގައި ކެތްކުރެއްވުމަކަށް ކުޅަދާނަފުޅެއް ނުވާނެތެވެ!
وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِ خُبْرًا ﴿٦٨﴾
އަދި ކަލޭގެފާނަށް އެކަމެއްގެ ޙަޤީޤަތް އެނގިވަޑައިނުގަންނަވާ ކަމެއްގެ މައްޗަށް ކަލޭގެފާނަށް ކެތްކުރެއްވޭނީ ފަހެ، ކޮންފަދައަކުންތޯއެވެ؟”
قَالَ سَتَجِدُنِي إِن شَاءَ اللَّـهُ صَابِرًا وَلَا أَعْصِي لَكَ أَمْرًا ﴿٦٩﴾
އެކަލޭގެފާނު ވިދާޅުވިއެވެ: “اللّه އިރާދަކުރެއްވިއްޔާ ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ”.
قَالَ فَإِنِ اتَّبَعْتَنِي فَلَا تَسْأَلْنِي عَن شَيْءٍ حَتَّىٰ أُحْدِثَ لَكَ مِنْهُ ذِكْرًا ﴿٧٠﴾
އެބޭކަލަކު ވިދާޅުވިއެވެ: “ފަހެ ، ކަލޭގެފާނު ތިމަންކަލޭގެފާނާއެކު ވަޑައިގަންނަވަނީނަމަ ، އެކަމެއްގެ ވާހަކައިން ތިމަންކަލޭގެފާނު ކަލޭގެފާނަށް ބަޔާންކޮށްދެއްވައިފުމަށް ދާންދެން އެއިން އެއްވެސް ކަމަކާ ދޭތެރޭ ތިމަންކަލޭގެފާނާ ސުވާލު ނުކުރައްވާހުށިކަމެވެ!”
…