وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَن يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ وَمَا فَعَلْتُهُ عَنْ أَمْرِي ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا ﴿٨٢﴾
އަދި އެފާރާމެދު ދަންނައެވެ! ފަހެ ، އެފާރަކީ އެރަށުގައިވާ ޔަތީމު ދެކުއްޖެއްގެ ފާރެކެވެ. އަދި އެ ފާރުގެ ދަށުގައި ، އެ ދެކުދިންނަށްވާ ޚަޒާނާއެއްވެއެވެ. އަދި އެ ދެކުދިންގެ ބައްޕައަކީ ، ޞާލިޙު މީހެއް ކަމުގައިވެސްވިއެވެ. ފަހެ ، ކަލޭގެފާނުގެ ރައްބު އިރާދަކުރެއްވީ ، އެ ދެކުދިން ބޮޑުވެ ، ފުރާފުރިހަމަވުމުން ، އެ ދެކުދިންގެ ޚަޒާނާ ، އެ ދެކުދިން ނެރުމަށެވެ. އެއީ ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުންވާ ރަޙްމަތެއްގެ ގޮތުންނެވެ. އަދި ތިމަންކަލޭގެފާނު އެކަންތައްތައް ކުރެއްވީ ، ތިމަންކަލޭގެފާނުގެ އަމިއްލަ ރައުޔަކަށް ނޫނެވެ. މިއީ ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ ތަފްސީރެވެ”.
وَيَسْأَلُونَكَ عَن ذِي الْقَرْنَيْنِ ۖ قُلْ سَأَتْلُو عَلَيْكُم مِّنْهُ ذِكْرًا ﴿٨٣﴾
އަދި ޛުލްޤަރްނައިންއާ ބެހޭގޮތުން އެއުރެން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ: “އެކަލޭގެފާނުގެ ވާހަކައިން ތިމަންކަލޭގެފާނު ، ތިޔަބައިމީހުންނަށް ކިޔައިދެއްވާ ހުށީމެވެ.
إِنَّا مَكَّنَّا لَهُ فِي الْأَرْضِ وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَبًا ﴿٨٤﴾
ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ބިމުގައި ކަންތައް ފަހިކޮށްދެއްވައި ، ބާރުވެރިކޮށްދެއްވީމެވެ. އަދި ކޮންމެކަމެއް ކުރުމަށް ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ މަގު ތަނަވަސްކޮށްދެއްވީމެވެ.
فَأَتْبَعَ سَبَبًا ﴿٨٥﴾
ފަހެ ، އެކަލޭގެފާނު (اللّه ދެއްވި ޢިލްމާއި ވަޞީލަތްތަކުގެ އެހީގައި މަގަކުން) ކުރިޔަށް ވަޑައިގަތެވެ.
حَتَّىٰ إِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا ۗ قُلْنَا يَا ذَا الْقَرْنَيْنِ إِمَّا أَن تُعَذِّبَ وَإِمَّا أَن تَتَّخِذَ فِيهِمْ حُسْنًا ﴿٨٦﴾
އިރުއޮއްސޭ ތަނަށް އެކަލޭގެފާނު ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު (ކަޅުކުލައިގެ) މަށި ފެންގަނޑަކަށް އިރު އޮއްސޭތީ، އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އަދި އެތާނގެ ކައިރިން އެކަލޭގެފާނަށް ބަޔަކުމީހުން ފެނިވަޑައިގަތެވެ. ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ: ” އޭ ޛުލްޤަރްނައިން އެވެ! އެހެންޏާ އެއުރެންނަށް ކަލޭގެފާނު އަޛާބު ދެއްވާށެވެ! އެހެންޏާ އެއުރެންނާމެދު އޯގާތެރިކޮށް ކަންތައް ކުރައްވާށެވެ”.
قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَابًا نُّكْرًا ﴿٨٧﴾
އެކަލޭގެފާނު ވިދާޅުވިއެވެ: ” އަނިޔާވެރިވީ (ޝިރުކުގެ މަތީގައި ދެމިހުރި) މީހާއާ މެދު (ދަންނައެވެ!) ފަހެ ، ނިކަންހުރެ އެމީހަކަށް އަހުރެމެން އަޛާބު ދޭހުށީމުއެވެ. ދެން އޭނާގެ ރައްބުގެ ޙަޟްރަތަށް އޭނާ ރައްދުކުރައްވޭ ހުއްޓެވެ. ފަހެ ، އެކަލާނގެ އެމީހަކަށް ، (އެޢަޛާބުގެ ބޮޑުކަމުން) އެމީހަކު އެޢަޛާބަށް އިންކާރުކުރާނެ ފަދަ ޢަޛާބެއް ދެއްވާހުށްޓެވެ.
وَأَمَّا مَنْ آمَنَ وَعَمِلَ صَالِحًا فَلَهُ جَزَاءً الْحُسْنَىٰ ۖ وَسَنَقُولُ لَهُ مِنْ أَمْرِنَا يُسْرًا ﴿٨٨﴾
އަދި އީމާންވެ ، ޞާލިޙު ޢަމަލުކުޅަ މީހާ (ދަންނައެވެ!) ފަހެ ، އެމީހަކަށް ހެޔޮ ޖަޒާ ހުއްޓެވެ. އަދި އެމީހަކަށް އަހުރެމެންގެ މިކަމުގައި ފަސޭހަ (ހެޔޮ) ގޮތުގައި (މުޢާމަލާތްކޮށް) މުޚާތަބު ކުރާހުށީމެވެ”.
…