[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަހްފު ސޫރަތުގެ ތަރުޖަމާ 102-110

kahf pic

أَفَحَسِبَ الَّذِينَ كَفَرُ‌وا أَن يَتَّخِذُوا عِبَادِي مِن دُونِي أَوْلِيَاءَ ۚ إِنَّا أَعْتَدْنَا جَهَنَّمَ لِلْكَافِرِ‌ينَ نُزُلًا ﴿١٠٢﴾

ތިމަންރަސްކަލާނގެ އަޅުންނަކީ ތިމަންރަސްކަލާނގެ ފިޔަވައި ވާގިވެރިން ކަމުގައި ، ކާފިރުވީ މީހުން ހިފިހިފުން އެއީ ، ތިމަންރަސްކަލާނގެ ޢަޛާބުން އެއުރެން ސަލާމަތްކޮށްދޭނޭ ކަމެއްކަމުގައި އެއުރެން ހީކުރީ ހެއްޔެވެ؟ ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރެއްވީ ، ކާފިރުން ފައިބައި ތިބެނިވި ތަނެއްކަމުގައެވެ.

 قُلْ هَلْ نُنَبِّئُكُم بِالْأَخْسَرِ‌ينَ أَعْمَالًا ﴿١٠٣﴾

ކަލޭގެފާނު ވިދާޅުވާށެވެ: “ޢަމަލުތައް އެންމެ ބޮޑަށް ގެއްލެނިވެގެންވާ މީހުންގެ ޚަބަރު ، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަން ހެއްޔެވެ؟

الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا ﴿١٠٤﴾

އެއުރެންނަކީ ދުނިޔޭގެ ޙަޔާތުގައި ، ހެޔޮކޮށް ކަންތައްކުރެވޭ ކަމަށް ހީކޮށްގެން ތިބިޙާލު ، އެއުރެންގެ ޢަމަލުތައް ބާޠިލްވެ ، ގެއްލިފައިވާ މީހުންނެވެ”.

أُولَـٰئِكَ الَّذِينَ كَفَرُ‌وا بِآيَاتِ رَ‌بِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا ﴿١٠٥﴾

އެއުރެންނަކީ ، އެއުރެންގެ ވެރިރަސްކަލާނގެ އާޔަތްތަކަށާއި ، އެކަލާނގެއާ ބައްދަލުވާން ޖެހޭނެކަމަށް ކާފިރުވީ މީހުންނެވެ. ފަހެ، އެއުރެންގެ ޢަމަލުތައް ބާޠިލް ވެފައިވެއެވެ. ފަހެ ، ޤިޔާމަތް ދުވަހުން އެއުރެންނަކަށް ތިމަންރަސްކަލާނގެ (އެއުރެންގެ ޢަމަލުތައް ކިރުމަށް) މީޒާން ޤާއިމު ނުކޮށްދެއްވާ ހުށީމެވެ.

ذَٰلِكَ جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُ‌وا وَاتَّخَذُوا آيَاتِي وَرُ‌سُلِي هُزُوًا ﴿١٠٦﴾

އެއީ އެއުރެންގެ ޖަޒާއެއް ކަމުގައިވާ ނަރަކައެވެ. އެއީ އެއުރެން ކާފިރުވެ އަދި ތިމަންރަސްކަލާނގެ އާޔަތްތަކާއި، ތިމަންރަސްކަލާނގެ ރަސޫލުންނީ ފުރައްސާރައެއް ކަމުގައި ހެދިކަމަށްޓަކައެވެ.

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْ‌دَوْسِ نُزُلًا ﴿١٠٧﴾

ހަމަކަށަވަރުން ، އީމާންވެ ، ޞާލިޙް ޢަމަލުތައް ކުޅަމީހުންނަށް ، އެއުރެން ތިބެނިވި ތަނެއްކަމުގައި ، “ފިރްދައުސް” އެވެ ކިއުނު ސުވަރުގެތައް ވެއެވެ.

خَالِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا ﴿١٠٨﴾

އެތާނގައި ދެމިތިބޭ ޙާލުގައެވެ. އެއުރެން އެހެން ތަނަކަށް ބަދަލުވާކަށް ނޭދޭނެތެވެ.

قُل لَّوْ كَانَ الْبَحْرُ‌ مِدَادًا لِّكَلِمَاتِ رَ‌بِّي لَنَفِدَ الْبَحْرُ‌ قَبْلَ أَن تَنفَدَ كَلِمَاتُ رَ‌بِّي وَلَوْ جِئْنَا بِمِثْلِهِ مَدَدًا ﴿١٠٩﴾

ކަލޭގެފާނު ވިދާޅުވާށެވެ: “ތިމަންކަލޭގެފާނުގެ ރައްބުގެ ކަލިމަފުޅުތައް (ލިޔުމަށް ބޭނުން ކުރެވޭ) ދެއްޔެއް ކަމުގައި ކަނޑުވީނަމަ ، ތިމަންކަލޭގެފާނުގެ ރައްބުގެ ކަލިމަފުޅުތައް (ލިޔެ) ހުސްވުމުގެކުރިން ކަނޑު ހުސްވެއްޖައީހެވެ”. ތިމަންރަސްކަލާނގެ އެފަދަ އެހެން ކަނޑެއް އިތުރަށް ގެނެސްދެއްވި ނަމަވެސްމެވެ.

قُلْ إِنَّمَا أَنَا بَشَرٌ‌ مِّثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَـٰهُكُمْ إِلَـٰهٌ وَاحِدٌ ۖ فَمَن كَانَ يَرْ‌جُو لِقَاءَ رَ‌بِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِ‌كْ بِعِبَادَةِ رَ‌بِّهِ أَحَدًا ﴿١١٠﴾

ކަލޭގެފާނު ވިދާޅުވާށެވެ: “ތިޔަބައިމީހުން ފަދަ އާދަމުގެދަރިޔަކު ކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވެއެވެ. ތިމަންކަލޭގެފާނަށް ވަޙީ އިއްވެވެނީ ، ތިޔަބައިމީހުންގެ އިލާހަކީ ، އެއް އިލާހެއް ކަމުގައެވެ. ފަހެ ، އެމީހެއްގެ ރައްބާ ބައްދަލުވުމަށް އެދޭމީހާ ، ފަހެ އެމީހާ ޞާލިޙު ޢަމަލުން ޢަމަލު ކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި ، އެއްވެސް ފަރާތެއް ބައިވެރި ނުކުރާހުށިކަމެވެ”. އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި ، އެއްވެސް ފަރާތެއް ބައިވެރި ނުކުރާހުށިކަމެވެ”.

(ނޯޓް: މިއީ ރައިސް އޮފީހުން ނެރެފައިވާ ޤުރްއާން ތަރުޖަމާގެ ކަހްފު ސޫރަތް އަޞްލަކަށް ބަލައިގެން އައްޝައިޚް އަބޫބަކުރުގެ ޤުރްއާން ތަރުޖަމާއާއި ތަފްސީރު އިބްނު ކަޘީރާއި ތަފްސީރުލްޖަލާލައިނާއި ތަފްސީރުލްޤުރްޠުބީއާއި ތަފްސީރުއްޠަބަރާނީއާއި ޑރ. މުޙައްމަދު މުޙްސިން ޚާންގެ އިނގިރޭސި ޤުރްއާން ތަރުޖަމާއާ އަޅާކިޔުމަށްފަހުގައި ތަހުޛީބުކޮށް އެކުލަވާލާފައިވާ ތަރުޖަމާއެކެވެ).

والحمد لله رب العالمين

وصلى اللهم على نبينا محمد وعلى آله وصحبه وسلم