الحمد لله حمداً كثيراً طيباً مباركاً فيه ، والصلاة والسلام على محمد وعلى آله وصحبه وسلم وبعد
ނަންފުޅު:
أحمد بن محمد بن حنبل بن هلال بن أسد بن إدريس بن عبد الله بن حيان بن عبد الله بن أنس بن عوف بن قاسط بن مازن بن شيبان بن ذهل بن ثعلبة بن عكابة بن صعب بن علي بن بكر بن وائل بن قاسط بن هنب بن أفصى بن دعمى بن جديلة بن أسد بن ربيعة بن نزار بن معد بن عدنان.
ކުންޔާ:
أبو عبد الله
އިމާމް އަޙްމަދުގެ ނަސަބުފުޅު ދެގޮތަކުން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެކަލޭގެފާނުގެ ނަސަބުފުޅު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅާއި ގުޅެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅާއި ގުޅެނީ نزار بن معد އާއި ހަމައިންނެވެ. އެހެނީ نزار ގެ ހަތަރު ދަރިކަލުން ތިބެއެވެ. އެބޭކަލުންގެ ތެރޭގައި مضر ހިމެނިވަޑައި ގަންނަވައެވެ. އަހަރެމެންގެ ނަބިއްޔާ ވަޑައިގެންފައި ވަނީ އެ ދަރިކޮޅުންނެވެ. އަދި އެބޭކަލުންގެ ތެރޭގައި ربيعة ހިމެނި ވަޑައިގަންނަވައެވެ. އަހަރެމެންގެ އިމާމު أبو عبد الله أحمد بن حنبل ވަޑައިގެންފައި ވަނީ އެދަރިކޮޅުންނެވެ.
أحمد بن حنبل ގެ ނަސަބަބު ފުޅުން ފާހަގަކޮށްލެވޭ ދެވަނަ ކަމަކީ، އެކަލޭގެފާނު ވަޑައިގެންފައި ވަނީ ޞައްޙަ ޢަރަބި ދަރިފަސްކޮޅަކުންނެވެ.[1]
(ނުނިމޭ)
[1] المنهج الأحمد فى تراجم أصحاب الإمام أحمد، لأبي اليمن مجير الدين محمد بن عبد الرحمن العليمي (1/7) تحقيق:محيي الدين عبد الحميد