[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة التكاثر ގެ ތަފްސީރު 1

 

ބިސްމީގެ ތަރުޖަމާ އިސްވެ ހިނގައްޖެއެވެ.

(أَلْهَاكُمُ التَّكَاثُرُ)

މާނައީ: ” (މުދަލާއި ދަރިން) ގިނަކަމަށް އެކަކުއަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައިމީހުން (ﷲ ގެ މަތިން ހަނދުމަނައްތައި) މަޝްޣޫލުކޮށްފިއެވެ.”

މިޖުމުލައަކީ (އާޔަތަކީ) ޖުމުލަ ޚަބަރިއްޔާއެކެވެ. މިޖުމުލައިގަ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ވަޙީކުރައްވާ އަންގަވައެވެ.

(أَلْهَاكُمُ التَّكَاثُرُ)

މިއާޔަތުގައިމިވާ( أَلْهَاكُمُ ) ގެ މާނައަކީ : ތިޔަބައިމީހުނަށް ލާބަޔާއި މަންފާކުރާނެ ކަންކަމުން ހަނދުމަނެތިކުރުވައިފިއެވެ. އެއީ ﷲ ތަޢާލާ ހަނދުމަކޮށް އެކަލާނގެއަށް ޛިކުރުކުރުމުންނާ އަދި އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކޮށް ނަމާދުކޮށް އުޅުމުންނެވެ. މި އާޔަތުން މުޚާތަބުކުރެވިގެން މިވަނީ އެންމެހާ މީސްތަކުންނާއެވެ. އެހެންނަމަވެސް ޚާއްސަކުރެވިގެންވަނީ ދުނިޔޭގެ ޒީނަތްތެރިކަމަށްވުރެ އާޚިރަތް ހޯދުމަށް މަޝްޣޫލުވެ އުޅޭމީހުންނަށެވެ. އެބައިމީހުންނީ ވަރަށް މަދުބަޔެކެވެ. މިކަމުގެ ދަލީލަކީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އިމާމް ބުޚާރީ އަދި އިމާމް މުސްލިމް ރިވާކުރައްވާފައިވާ ގުދުސިއްޔަ ޙަދީޘެވެ. ޤިޔާމަތްދުވަހު ﷲތަޢާލާ އާދަމް ޢަލައިހިއްސަލާމަށް މުޚާތަބުކުރައްވާ ބަސްފުޅު ވަޙީކުރައްވާނެއެވެ.

( އޭ އާދަމުގެފާނެވެ. އާދަމް ޢަލައިހިއްސަލާމް ވިދާޅުވާނެއެވެ. އެންމެހާ ހެޔޮކަމެއް އެކަލާނގެ އަތްޕުޅުގައިވާ އަޅުގެވެރި ރައްބަށް އިޖާބަދެމެވެ، ދެން ﷲތަޢާލާ ވަޙީކުރައްވާނެއެވެ. ތިބާގެ ދަރިފަސްކޮޅުގެ ތެރެއިން ނަރަކައިގެ އަހުލުވެރިން ނެރޭށެވެ. އާދަމުގެފާނު ވިދާޅުވާނެއެވެ. އެއީ ކޮންބައެއްތޯއެވެ. ވަޙީކުރައްވާނެއެވެ. ކޮންމެ ހާހަކުން ނުވަސަތޭކަ ނުވަދިހަނުވަ މީހުނެވެ). [اخرجه البخاري ومسلم]

މުޅިއިންސާނިއްޔަތުގެ ތެރެއިން ކޮންމެ ހާހަކުން އެކަކު ސުވަރުގެވަންތަ ވެރިޔަކަށްވެ، ނުވަސަތޭކަ ނުވަދިހަނުވަމީހުން ނަރަކަވަންތަވެރިންނަށް ވުމީ އެއީ ވަރަށް މަދު ޢަދަދެކެވެ. އެހެންކަމުން މިފަދަ އާޔަތްތަކުގައި އުމޫމީކޮށް މުޚާތަބުކުރެވިފައިވަނީ މިމަދު އަދަދުގެ މީހުންނަށެވެ.

ދެން ﷲ ތަޢާލާގެ މިބަސްފުޅު (التَّكَاثُرُ) ގައި މުދާގިނަވުމާއި، ދަރިންގިނަވުމާއި، ޢިލްމުވެރިވުމާއި، ޖާހާއިމަންސިބު މަތިވުމާ އަދި އިންސާނުން ފަޚުރުވެރިވާފަދަ އެންމެހާކަންކަން މީގައި ހިމެނެއެވެ. މިކަމަށް ދަލީލުލިބެނީ އަންނަނިވި އާޔަތުންނެވެ. ބަގީޗާއެއްގެ ވެރިޔަކު އެހެން ބަގީޗާއެއްގެ ވެރިޔަކާ މުޚާތަބުކޮށް ބުނިބަހުންނެވެ.

(أَنَا أَكْثَرُ مِنْكَ مَالًا وَأَعَزُّ نَفَرًا ).

މާނައީ : “ކަލެޔަށްވުރެ އަހުރެންގެ މުދާ ގިނައެވެ. އަދި މީހުން ގިނަކަމުގެގޮތުން ޢިއްޒަތްތެރިއެވެ”.

ފަހެ އިންސާނުން އެކަކު އަނެކަކުގެ މައްޗަށް ރުފިޔާ ފައިސާ އާއި މުދަލާއި ދަރިންގިނަވުމުގެ މައްޗަށް ފަޚުރުވެރިވެއުޅެއެވެ…

ހަމައެހެންމެ އިންސާނާ އޭނާގެ ޢިލްމު ގިނަކަމަށްޓަކާވެސް ފަޚުރުވެރިވެއެވެ. މިގޮތުން އެކަކު އަނެކަކުގެ ޢިލްމު ގިނަކަމަށްޓަކާ ފަޚުރުވެރިވާތަން ފެންނާނެއެވެ. އެހެނެއްކަމަކު އެއީ ޝަރުއީ ޢިލްމުނަމަ އެއީ ހެވެކެވެ. އަދި ޝަރުއީ ޢިލްމު ފިޔަވައި އެހެން ޢިލްމެއްނަމަ ފަހެއެކަން ވަނީ މުބާހު ނުވަތަ ޙަރާމް ކަމަކަށެވެ. މިބަޔާންކުރެވުނީ އާއްމުގޮތެއްގައި އިންސާނުން އެއެއްޗެއް ގިނަވިކަމަށްޓަކާ ފަޚުރުވެރިވެއުޅެ އެއްޗިއްސެވެ. އަދި ﷲ ތަޢާލާ އިންސާނުންނަށްޓަކާ ޚަލްޤު ކުރައްވާފައިވާ އެހެން ތަކެއްޗަށްވުރެބޮޑަށް މިތަކެއްޗަށްއިންސާނާ ފަޚުރުވެރިވެއެވެ.

=ނުނިމޭ =

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة التكاثر ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް