[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 10 – (ސުންނަތުގެ މަޤާމަށް ދަލާލަތުކުރާ ބައެއް ޙަދީޘްތައް)

ސުންނަތުގެ ދަލީލުތައް

  1. އަބޫ ރާފިޢު ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((لَا أُلْفِيَنَّ أَحَدَكُمْ مُتَّكِئًا عَلَى أَرِيكَتِهِ يَأْتِيهِ أَمْرٌ مِمَّا أَمَرْتُ بِهِ أَوْ نَهَيْتُ عَنْهُ، فَيَقُولُ: لَا أَدْرِي، مَا وَجَدْنَا فِي كِتَابِ اللَّهِ اتَّبَعْنَاهُ)) [رواه أبو داود في سننه (٥/١٢ ح: ٤٦٠٥) ورجاله كلهم ثقات، ورواه أيضا الترمذي في كتاب العلم من جامعه (٥/٣٧ ح: ٢٦٦٣) وقال: هذا حديث حسن صحيح]

މާނައީ: ” ތިމަންކަލޭގެފާނު ކުރައްވާފައިވާ އަމުރެއް ނުވަތަ ނަހީއެއް ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް އައުމުން، ސޯފާގޮނޑީގައި ލެނގިގެން އިނދެފައި މިފަދައިން ބުނާމީހަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ.  ‘ތިއެއް އަހަންނަކަށް ނޭނގެއެވެ. ﷲގެ ފޮތުގައިވާ އެއްޗެއްނަމަ އަހަރުމެން އެއަށް ތަބާވާނަމެވެ.’ “

  1. އަލްމިޤްދާމު ބުން މަޢްދީކަރިބު ވިދާޅުވިއެވެ. ހަމަކަށަވަރުންﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((أَلَا إِنِّي أُوتِيتُ الْكِتَابَ، وَمِثْلَهُ مَعَهُ أَلَا يُوشِكُ رَجُلٌ شَبْعَانُ عَلَى أَرِيكَتِهِ يَقُولُ عَلَيْكُمْ بِهَذَا الْقُرْآنِ فَمَا وَجَدْتُمْ فِيهِ مِنْ حَلَالٍ فَأَحِلُّوهُ، وَمَا وَجَدْتُمْ فِيهِ مِنْ حَرَامٍ فَحَرِّمُوهُ…)) [رواه أبو داود في سننه (٥/١٠ ح: ٤٦٠٤) ورجاله كلهم ثقات، ورواه أيضا الترمذي في كتاب العلم من جامعه (٥/٣٨ ح: ٢٦٦٤) وقال: هذا حديث حسن غريب من هذا الوجه]

މާނައީ: “ދަންނާށެވެ. ހަމަކަށަވަރުން ކީރިތި ޤުރުއާނާއެކު ހަމަ އެފަދަ އެއްޗެއް (އެބަހީ: ސުންނަތް) ތިމަންކަލޭގެފާނަށް ދެއްވުނެވެ. ދަންނާށެވެ. ބަނޑުފުރައިގެން ސޯފާ ގޮނޑީގައި އިނދެފައި މިފަދައިން ބުނާނެ ދުވަސް ގާތްވެއްޖެއެވެ. ‘މި ޤުރުއާނުގައި ތިޔަބައިމީހުން ހިފާށެވެ. އޭގައިވާ ޙަލާލު ކަންތައްތައް ޙަލާލުކަމަށް ދެކޭށެވެ. އަދި އޭގައިވާ ޙަރާމް ކަންތައްތައް އެއީ ޙަރާމްކަންތައްތައްކަމުގައި ދެކޭށެވެ. “

  1. ޖާބިރު ބުން ޢަބްދުﷲ ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((لَعَلَّ أَحَدَكُمْ أَنْ يَأْتِيَهُ حَدِيثٌ مِنْ حَدِيثِي وَهُوَ مُتَّكِئٌ عَلَى أَرِيكَتِهِ فَيَقُولُ: دَعُونَا مِنْ هَذَا ، مَا وَجَدْنَا فِي كِتَابِ اللَّهِ اتَّبَعْنَا)) [أخرجه الخطيب في كتابه الكفاية (ص: ٤٢) من طريقين ، وكذلك ابن عبد البر في جامع بيان العلم وفضله (٢/١٨٩)]

މާނައީ: “ތިޔަބައިމީހުންކުރެ މީހަކު ސޯފާ ގޮނޑީގައި ލެނގިގެން އިންނަނިކޮށް ތިމަންކަލޭގެފާނުގެ ޙަދީޘެއް އައުމުން މިފަދައިން ބުނުމުގެ ބިރު ހީވެއެވެ. ތިދޫކޮށްލާފައި ﷲގެ ފޮތުގައިވާ އެއްޗަކަށް އަހަރުމެން ތަބާވާނަމެވެ.”

  1. ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ޢިރްބާޟު ބުން ސާރިޔާ ރިވާކުރައްވާ ވިދާޅުވިއެވެ.

((أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ، وَإِنْ عَبْدًا حَبَشِيًّا، فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ)) [رواه أبو داود في سننه (٥/١٣ ح: ٤٦٠٧) ورجاله كلهم ثقات، ورواه أيضا الترمذي في كتاب العلم من جامعه (٥/٤٤ ح: ٢٦٧٦) وقال: هذا حديث حسن صحيح]

މާނައީ: “ﷲއަށް ތަޤުވާވެރިވުމަށާއި އަޑުއަހާ ކިޔަމަންވުމަށް، ތިޔަބައިމީހުންނަށް ތިމަންކަލޭގެފަނު ވަޞިއްޔަތްކުރައްވަމެވެ. އެއީ (އެބަހީ: ވެރިއަކަށް ހުރީ) ޙަބަޝީ އަޅަކުކަމުގައިވިޔަސްމެއެވެ. ފަހެ ހަކަމަށަވަރުން ތިމަންކަލޭގެފާނަށް ފަހު އުޅެފިމީހަކަށް ގިނަ ޚިލާފުތައް ފެންނާނެތެވެ. ފަހެ ތިމަންކަލޭގެފާނުގެ ސުންނަތާއި ތެދުމަގުގައި ތިއްބެވި ޚަލީފާއިންގެ ސުންނަތުގައިވެސް ހިފާށެވެ. އޭގައި ވަރުގަދައަށްހިފާ ކޮލުދަތްތަކުން ހިފަހައްޓާށެވެ. އަދި (ދީނުގައި) އަލަށް ތަޢާރަފުކުރެވޭ ކަންތައްތަކަށް ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން (ދީނަށް ތަޢާރަފުކުރެވޭ) ކޮންމެ އާކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.”

ސުންނަތައް ތަބާވުމަށް ބާރުއަޅުއްވާފައިވާ، މިނޫނަސް ވަރަށް ގިނަ ޙަދީޘް ބަސްފުޅުތައްވެއެވެ. [1]
___________________________________

[1] އިތުރު ނައްޞުތައް ބައްލަވަން ބޭނުންފުޅުނަމަ عبد الغني بن عبد الخالق ލިޔުއްވާފައިވާ (حجية السنة) މި ފޮތް، މުރާޖަޢާކުރައްވާށެވެ.

އެހެނިހެން ބައިތައް