އޭނާއަކީ ޤިޔާމަތްދުވަހުވެސް އެހެންމީހުން ކާމިޔާބުވުމަށްވާ މަގެއް ކަމުގައި ﷲ ލެއްވިއެވެ. އެހެނީ އޭނާއަށް ރައްކާތެރިވެ ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ބަލަހައްޓައިފި މީހާއަށް ނުހަނު ބޮޑު ދަރުމަ ވާކަމުގައި ވަނީ ބަޔާންކުރައްވާފައެވެ.
ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. :
((مَنْ عَالَ جَارِيَتَيْنِ حَتَّى تُدْرِكَا، دَخَلْتُ أَنَا وَهُوَ فِي الْجَنَّةِ كَهَاتَيْنِ، وَأَشَارَ مُحَمَّدٌ بِالسَّبَّابَةِ وَالْوُسْطَى.)) [الأدب المفرد/ صـحـيـح – الألباني]
މާނައީ:” ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މީހަކު ދެ އަންހެން ދަރިން ރަނގަޅަށް ބަލައި ބޮޑުކޮށްފިނަމަ، ތިމަންކަލޭގެފާނާ އެކު އޭނާ ސުވަރުގައަށް ވަންނާނެއެވެ. އަދި ސުވަރުގޭގައި ތިމަންކަލޭގެފާނާއި އޭނާ ވާނީ މިފަދައިންނެވެ. އެއަށްފަހު މުޙައްމަދު (ޞައްލައްﷲ ޢަލައިހި ވަސައްލަމަ) ޝަހާދު އިނގިއްޔާއި މެދު އިނގިލިން އިޝާރާތްކޮށްލެއްވިއެވެ.”
އެހެން ޙަދީޘްއެއްގައި އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.
((مَنْ عَالَ جَارِيَتَيْنِ حَتَّى تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ.)) وَضَمَّ أَصَابِعَهُ. [صحيح مسلم]
މާނައީ:”މީހަކު ދެ އަންހެން ދަރިން ބާލިޣުވަންދެން ރަނގަޅަށް ބަލައި ބޮޑުކޮށްފިނަމަ، ޤިޔާމަތް ދުވަހުގައި ތިމަންކަލޭގެފާނު އޭނާއާއި ކައިރިވެގެން ވަމުއެވެ. އިނގިލިތައް ކައިރިކުރައްވައި އެކަލޭގެފާނު މިސާލުޖެއްސެވިއެވެ.”
= ނުނިމޭ =
_________________________