ވަދީޢާއަށް ޒިންމާވާންޖެހޭ ޙާލަތްތައް 7
ވަދީޢާއާ ޒިންމާވާންޖެހޭ ޙާލަތްތައް
ވަދީޢާއާ ޒިންމާވާންޖެހޭ ޙާލަތްތައް
ވަދީޢާއެއް ބެހެއްޓުމުން ހިނގާނެ ޙުކުމްތައް
ވަދީޢާގެ ޝަރުޠުތައް
ވަދީޢާގެ ރުކުންތައް
ވަދީޢާގެ ޙިކުމަތް
ޙުއްޖިއްޔަތު
ފުރަތަމަ ބާބު: ވަދީޢާގެ ތަޢާރަފް
﴿وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ﴾ މާނައީ: “އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރައްބު ދެއްވި ނިޢުމަތުގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!” ބަޔާންވެ ދިޔަ ތިން އާޔަތުގައި މާތް ﷲ ރަސޫލުﷲ ﷺ އަށް ދެއްވެވި ކަމަށް ޛިކުރުކުރައްވައިފައިވާ ނިޢުމަތްތަކެވެ. އެއީ أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴿٦﴾ وَوَجَدَكَ ضَالًّا فَهَدَىٰ﴿٧﴾ وَوَجَدَكَ عَائِلًا فَأَغْنَىٰ ﴿٨﴾ . މިތިން އާޔަތުން ނިޢުމަތްތައް ފުރިހަމަކޮށްދެއްވިއެވެ. ﷲ ދެއްވެވި ނިޢުމަތްތަކާމެދު ވާހަކަ ދައްކަވާށެވެ. ބުނާށެވެ: ތިމަން ޔަތީމެއްގެ ހާލުގައިވީމެވެ. ފަހެ ﷲ…
وَوَجَدَكَ ضَالًّا فَهَدَىٰ އާ ގުޅިފައިވަނީ މިއާޔަތެވެ. ﴿وَأَمَّا السَّائِلَ فَلَا تَنْهَرْ﴾ މާނައީ: :” އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ! “ ކަމަކަށް އެދި އަންނަ މީހުންގެ ތެރެއަށް އެންމެ ފުރަތަމައިނުންވެސް ވަންނާނެ މީހުންނީ، ޝަރީޢަތާއި ޢިލްމާމެދު ސުވާލުކުރާ މީހާއެވެ. އެމީހާއަށް އަޑުލައި ނުހައްދަވާށެވެ. އެހެނީ ހަމަކަށަވަރުން ކަލޭގެފާނުން ކުރެ މީހަކު ޝަރީޢަތާއި މެދު ސުވާލުކޮށްފިނަމަ ޖަވާބު ދިނުން ވަނީ ކަލޭގެފާނަށް ވާޖިބު ކުރެވިގެންނެވެ. އަންނަނިވި އާޔަތުގައިވާ ފަދައިންނެވެ.…
﴿فَأَمَّا الْيَتِيمَ فَلَا تَقْهَرْ﴾ މާނައީ: “ދަންނާށެވެ! ފަހެ، ކަލޭގެފާނު، ޔަތީމު ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ!” أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ، ގުޅިފައިވަނީ މިއާޔަތެވެ. އެބަހީ: ފަހެ ކަލޭގެފާނު ޔަތީމަކުކަމުގައިވަނިކޮށް ﷲ ތަޢާލާ ކަލޭގެފާނަށް ހިޔާވެހިކަންދެއްވާފައިވާތީ ފަހެ ކަލޭގެފާނު ޔަތީމުކުއްޖާ ނިކަމެތިކޮށް ނުލާހުށިކަމެވެ. އަދި ކިއެއް ހެއްޔެވެ. ޔަތީމުކުއްޖާއަށް ހެޔޮކޮށް ހިތާށެވެ. ޔަތީމުންނަށް އިޙްސާންތެރިވުމާއި ހެޔޮކޮށްހިތުމަކީ ޝަރީޢަތުގެ އަމުރުތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ޝަރީޢަތުގެ ހެޔޮކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ. އެހެނީ ބާލިޣުވުމުގެ ކުރިން އޭނާގެ ބައްޕަ މަރުވެފައިވާ…
﴿ وَوَجَدَكَ عَائِلًا فَأَغْنَىٰ ﴾ މާނައީ: “އަދި ފަޤީރަކުކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ.“ އެއްވެސް އެއްޗެއް މިލްކުގައި ނެތް ފަޤީރެއްކަމުގައި ކަލޭގެފާނު ވަނިކޮށް ތިމަން ﷲ ދެކެވޮޑިގެންނެވީމުއެވެ. ﴿فَأَغْنَىٰ ﴾ ދެން ތިމަން ﷲ ކަލޭގެފާނު މުއްސަންދިކޮށްދެއްވީމެވެ. އަދި ކަލޭގެފާނު އެއިން މުއްސަންދިވިއެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿وَعَدَكُمُ اللَّـهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا﴾ [سورة الفتح 20] މާނައީ:”ތިޔަބައިމީހުންނަށް ލިބޭނެ ގިނަ ޣަނީމާ މުދާތަކެއް، ތިޔަބައިމީހުންނަށް اللَّه ވަޢުދުކުރައްވާފައިވެެއެވެ.” މުސްލިމުން ކާފަރުންގެ…
﴿ وَوَجَدَكَ ضَالًّا فَهَدَىٰ﴾ އަދި ކަލޭގެފާނު މަގު ގެއްލިފައިވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ. ﴿ وَوَجَدَكَ ضَالًّا﴾ އެބަހީ: ޢިލްމެއް ނުދަންނަ ޙާލުގައެވެ. އެހެނީ ވަޙީ ބާއްވައިލެއްވުމުގެ ކުރިން ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަކީ އެއްވެސް އެއްޗެއް އެނގިލައްވާ ބޭކަލެއް ނޫނެވެ. ﴿وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ﴾[سورة النساء: 113] މާނައީ: “އަދި، ކަލޭގެފާނު އިހަށް ދެނެވަޑައިނުގަންނަވާ ކަންތައް ކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. “ އަދިވެސް ވަޙީކުރެއްވިއެވެ. ﴿وَمَا…
ވަޙީކުރެއްވިއެވެ. ﴿ أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴾ މާނައީ: “ކަލޭގެފާނު ޔަތީމަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވެހިކަން (އަދި ރައްކާތެރިކަން) ދެއްވިއެވެ.“ މިތަނުގައި މިވާ ސުވާލުގެ މުރާދަކީ “تقرير” އެވެ، އެއީ އެކަން ބަޔާންކޮށްދެއްވުމެވެ. މާނައީ ކަލޭގެފާނު ޔަތީމެއްކަމުގައި ވަނިކޮށް ﷲ ދެނެވޮޑިގެންވިއެވެ. ދެން ﷲ ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ. ބައްޕަ ނެތުމުން ޔަތީމަކުކަމުގައްޔާއި މަންމަ ނެތުމުން ޔަތީމަކުކަމުގައެވެ. އެހެނީ އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ކުރިން ބައްޕާފުޅު ނިޔާވެއްޖެއެވެ. އަދި އެކަލޭގެފާނު…
﴿وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ ﴾ މާނައީ: “އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރައްބު، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ”. ﴿وَلَسَوْفَ﴾ މިވާ ލާމަކީވެސް ޔަޤީންކަމާއި ކަށަވަރުކޮށްދިނުމުގެ ލާމެކެވެ. މިއަށް ޢަރަބިން ކިޔަނީ موطئة للقسم އެވެ. އަދި سَوْفَ ދަލީލުކޮށްދެނީ މުސްތަޤްބަލުގެ ކޮންމެވެސް ވަޤުތެއްގައި ނުވަތަ ޒަމާނެއްގައި ވާނެކަމެކެވެ. ﴿يُعْطِيكَ﴾ އެއީ: ކަލޭގެފާނު ރުހިވަޑައިގަންނަވާނެ އެއްޗެއް ކަލޭގެފާނަށް ދެއްވާނެކަމެވެ. އަދި އެއަށް ކަލޭގެފާނު ރުހޭނެތެވެ. އެފަދައިން ﷲ تعالى މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށް އެކަލޭގެފާނު…
﴿وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ ﴾ މާނައީ: ” އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ. “ މިއާޔަތުގައި މިވާ ލާމުން (ލާމުން އިބްތިދާއު އިން)، ޖުމުލައިގައި ބަޔާންކުރާ ޚަބަރު އިތުރަށް ޔަޤީންކޮށް ކަށަވަރުކޮށްދެއެވެ. ﴿الْآخِرَةُ ﴾ އެއީ މީސްތަކުން އަލުން ދިރުއްވާ ދުވަހެވެ. އަދި އެންމެފަހުން ތިބޭނެ ތަން ނަރަކަ ނުވަތަ ސުވަރުގެއަށް އެއްކުރެއްވޭނެތެވެ. ﷲ ތަޢާލާ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށް ވަޙީކުރެއްވިއެވެ. ﴿وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ ﴾ އެއީ:…
بسم الله الرحمن الرحيم وَالضُّحَىٰ ﴿١﴾ وَاللَّيْلِ إِذَا سَجَىٰ ﴿٢﴾ مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ﴿٣﴾ وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ ﴿٤﴾ وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ ﴿٥﴾ أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴿٦﴾ وَوَجَدَكَ ضَالًّا فَهَدَىٰ﴿٧﴾ وَوَجَدَكَ عَائِلًا فَأَغْنَىٰ ﴿٨﴾ فَأَمَّا الْيَتِيمَ فَلَا تَقْهَرْ ﴿٩﴾ وَأَمَّا السَّائِلَ فَلَا تَنْهَرْ ﴿١٠﴾ وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ﴿١١﴾ އިޖުމާލީ މާނަ: ޟުޙާ ވަގުތު (ދުވާލުގެ ކުރީކޮޅު) ގަންދެއްވަމެވެ. [1] އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. [2] ކަލޭގެފާނު ވެރިރައްބު، ކަލޭގެފާނު ދޫކޮށެއް…