[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

إِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ (ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ.)

12112825_765499876893483_360637091_o (1)

ޢަރަބި ބަހުގައި ޢިލްމަކީ، ޖާހިލުކަމުގެ އިދުކޮޅެވެ. އެއީ އޭގެ އެންމެ ފުރިހަމަގޮތުގައި އެއްޗެއް ލިބިގަތުމެވެ. ނުވަތަ ފަހުމްވުމެވެ.

ޢިލްމުވެރިން ޢިލްމުގެ އިޞްތިލާޙީ މާނާގައި ވިދާޅުވެއެވެ. ޢިލްމަކީ މަޢުރިފާކުރުމުވެ. އެއީ ޖަހުލުގެ އިދިކޮޅެވެ. ﷲ ތަޢާލާ ފޮތުގެ އަހުލުވެރިންނަށް ނިސްބަތްކުރައްވާ ވަޙީކުރައްވާފައިވެއެވެ.

الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ وَإِنَّ فَرِيقًا مِّنْهُمْ لَيَكْتُمُونَ الْحَقَّ وَهُمْ يَعْلَمُونَ ﴿البقرة: ١٤٦﴾

މާނައީ: “ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެއުރެންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު (އެބަހީ: މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް އެއީ ޙައްޤު ރަސޫލެއްކަން) ދަންނާނެތެވެ. އަދި އޭގެތެރެއިން ބަޔަކު ދެނެތިބެގެންމެ، ޙައްޤު ވަންހަނާކުރާކަން ކަށަވަރެވެ.”

ޙަޤީޤީ ޢިލްމަކީ ޝަރުޢީ ޢިލްމެވެ.

ޙަޤީޤީ ޢިލްމކީ ޝަރުޢީ ޢިލްމެވެ. އެބަހީ، ބަޔާންވެގެންވާ ހެކިތަކާއި، އެންމެ ހެޔޮވެގެންވާ ހިދާޔަތާގެންގެން، ﷲޞުބުޙާނަހޫ ވަތަޢާލާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށްބާވާލެއެވި މަތިވެރިވެގެންވާ ބާވާލެއްވުންތަކެވެ. އަދި އެއީ އެ ޢިލްމެއްގެ މައްޗަށް މަދަޙައާއި ޘަނާ ކިޔެގެންވާ ޢިލްމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

“مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ”[1]

މާނައީ: “ﷲތަޢާލާ މީހަކަށް ހެޔޮގޮތެއް މެދުވެރިކުރައްވާފިނަމަ، ފަހެ، އެއިލާހު، އެމިހަކު ދީނުގައި ފިޤުހުވެރިކޮށްދެއްވައެވެ.”

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

“وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ وَإِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلاَ دِرْهَمًا وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ”[2]

މާނައީ: “އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ވާރުތަ މުދަލެއްގެ ގޮތުން، ދީނާރެއް ދިރުހަމެއް ދޫނުކުރައްވައެވެ. އެބޭކަލުން ވާރުތަ މުދަލެއްގެ ގޮތުން ދޫކުރައްވާފައިވަނީ ޢިލްމެވެ. ފަހެ އެ ޢިލްމު ލިބިގެންފިމީހާ ބޮޑުވެގެންވާ ނަޞީބަކުން ނަޞީބު ލިބިގެންފިއެވެ.”

އިސްވެދިޔަ ޙަދީޘުން އެނގިގެންދިޔަގޮތުގައި، ނަބީބޭކަލުންގެ ވާރުތަ މުދަލަކީ ޝަރުޢީ ޢިލްމެވެ. އެހެން އެއްޗެއް ނޫނެނެވެ. ސިނާޢީ މަސްކަތްތަކުގެ ޢިލްމާއި އަދިވެސް އެހެނިހެން ފަންނީ މަސައްކަތްތަކެއް، އެބޭކަލުން ވާރުތަ މުދަލެއްގޮތުގައި ދޫނުކުރައްވައެވެ. މަދީނާގެ އަހުލުވެރިން ކަދުރު ރޯކުރުމުގެގޮތުން، ރުކުގައި ތަޅާހަދާތަން ފެނުނުހިނދު، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެކަމާ ހިއްޕުޅާ ހަމަނުވުމުގެ ސަބަބުން، އެބޭކަލުން އެކަން ހުއްޓަވާލެއްވިއެވެ. ނަމަވެސް އެކަން ހުއްޓަވާލެއްވުމުން ކަދުރު ރުއްތަކުން ކަދުރު ފޯދޭގޮތެއްނުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ.

“أنتم أعلم بشؤون دنياكم”[3]

މާނައީ: “ތިޔަބައިމީހުންގެ ދުނިޔޭކަންތައްތައް އެންމެ ބޮޑައް އިނގެނީ ތިޔަބައިމީހުންނަށެވެ.”

ދުނިޔެވީ ޢިލްމު އުނގެނުމުގެ ޙުކުމް.

ކުރިންވެސް ދެންނެވުނުފަދައިން މަދަޙަ އާއި ޘަނާ ކިޔެވި، އަދި އެޢިލްމެއްގެ އަހުލުވެރިއަކަށް ޙަމްދުލިބެނެވި ޢިލްމަކީ ޝަރުޢީ ޢިލްމެވެ. ހަމައެއާއެކު ދުނިޔޭވީ ޢިލްމު އުނގެނުމަކީ މަނާވެގެންވާ ކަމެއްނޫނެވެ. ނަމަވެސް އެ ޢީލްމު ވާންޖެހޭނީ ﷲތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށް މަގުފަހިކޮށްދޭ ޢިލްމަކަށެވެ. އަދި އެޢިލްމަކީ ﷲގެ އަޅުތަކުންނަށް މަންފާކުރަނިވި ޢިލްމަކަށް ވާންޖެހޭނެއެވެ. އަދި ހެޔޮކަމާއި މަޞްލަޙަތު އެކުލެވިގެންވާންޖެހޭނެއެވެ. އަދި ﷲގެ ދީނަށް ނަޞްރުދޭ އެއްޗަކަށްވާންޖެހޭނެއެވެ.

އަދި ބައެއް ޙާލަތްތަކުގައި ބައެއް ދުނުޔެވީ ޢިލްމު އުނގެނުން ވާޖިބު ވެއެވެ. ﷲތަޢާލާގެ އަންނަނިވި އާޔަތުގެ ދަށަށް އެެއިން ޢިލްމެއް ވަދެއްޖެ ނަމަ އެ ޢިލްމެއް ކޮންމެވެސް އެއްބަޔަކު އުނގެނުން ވާޖިބުވާނެެއެވެ.

وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّـهِ وَعَدُوَّكُمْ ﴿الأنفال: ٦٠﴾

މާނައީ:”އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން ﷲގެ ޢަދުއްވުންނާއި ތިޔަބައިމީހުންގެ ޢަދުއްވުން ބިރުގެންނެވުމަށްޓަކައެވެ.”

ބައެއް ޢިލްމުވެރިން ޛިކުރު ކުރައްވާ ގޮތުގައި ދުނިޔެވީ ޢިލްމު އުނގެނުމަކީ ކިފާޔަތުގެ ފަރުޟެކެވެ. މިސާލަކަށް މީސްތަކުން ބަލިވުމުން ފަރުވާ ކުރާނެ ޑޮކްޓަރުން މުސްލިމުގެ ތެރެއިން ތިބެން ޖެހެއެވެ. އަދި މިނޫނަސް މުސްލިމުންގެ މަސްލަަޙަތު ތަކާއި ގުޅުންހުރި ފަންނުތަކާއި ގުޅުންހުރި ޢިލްމު، މުސްލިމުންގެ ތެރެއިން ބަޔަކު އުނގެނެންޖެހޭނެއެވެ. މިފަދަ ޢިލްމުވެސް، ހެޔޮނިޔަތުގައި އުނގެނެއްޖެނަމަ ހެޔޮނިޔަތުގެ ސަބަބުން އެމީހަކަށް ދަރުމަލިބިގެންދާ ހުއްޓެވެ. އެއްވެސް އަޅެއްގެ ހެޔޮ ޢަަމަލެއް ﷲތަޢާލާ ގެއްލެނި ނުކުރައްވާ ހުއްޓެވެ.

މަޞްދަރު: كتاب العلم لابن عثيمين

(ނުނިމޭ)


[1]  روى البخاري (71) ، ومسلم (1037)

[2]  شعب الإيمان للبيهقي و مسند أحمد بن حنبل و سنن الدارمي قال الشيخ الألباني : ( صحيح ) انظر حديث رقم : 6297 في صحيح الجامع

[3]  رواه مسلم