[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 1 ، د 10 – ބައެއް އަޅުކަމުގެ ދަލީލުތައް )

thauheedh 5

ބިރުގަތުމުގެ ދަލީލަކީ:

ﷲ ތަޢާލާގެ ވަޙީބަސްފުޅު:

فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ([1])

މާނައީ: “ތިޔަބައިމީހުން އެމީހުންދެކެ ބިރުނުގަންނާށެވެ. އަދި ތިޔަބައިމީހުންނީ މުއުމިނުންކަމުގައި ވަނީނަމަ ތިމަން އިލާހަށް ބިރުގަންނާށެވެ.”

އުންމީދުކުރުމުގެ ދަލީލަކީ:

ﷲ ތަޢާލާގެ ވަޙީބަސްފުޅު:

فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا([2])

މާނައީ: “ފަހެ އެމީހާގެ ރައްބާ ބައްދަލުވުމަށް އެދޭމީހާ، އެމީހާ ޞާލިޙު ޢަމަލު ކުރާހުށިކަމެވެ. އަދި އޭނާގެ ރައްބަށް ކުރާ އަޅުކަމުގައި ހަމައެކައްޗެއްވެސް ބައިވެރިނުކުރާހުށިކަމެވެ.”

ވަކީލުކުރުމުގެ ދަލީލަކީ:

ﷲ ތަޢާލާގެ ވަޙީބަސްފުޅު:

وَعَلَى اللَّـهِ فَتَوَكَّلُوا إِن كُنتُم مُّؤْمِنِينَ([3])

މާނައީ: “ތިޔަބައިމީހުންނީ މުއުމިނުންކަމުގައިވާނަމަ ﷲ އަށް ވަކީލުކުރާށެވެ.”

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ([4])

މާނައީ: “ﷲ އަށް ވަކީލުކޮށްފިމީހަކަށް ފަހެ އެއިލާހު ފުދެއެވެ.”

އުންމީދާއެކު އެދުމާއި ރެކުމުގެބިރުގަތުމާއި މަޑުމޮޅިވެމަޑުމައިތިރިވުމުގެ ދަލީލަކީ:

ﷲ ތާޢާލާގެ ވަޙީބަސްފުޅު:

إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ([5])

މާނައީ: “ހަމަކަށަވަރުން އެބޭކަލުންނީ ހެޔޮކަންކަމުގައި އަވަސްވެގަންނަވާބައެއްކަމުގައި ވެވަޑައިގަތެވެ. އަދި ތިމަންއިލާހަށް އެދުމާއި ބިރުވެތިކަމާއެކު ތިމަންއިލާހަށް ދުޢާކުރައްވާކަމުގައި ވިއެވެ. އަދި އެބޭކަލުންނީ ތިމަންއިލާހަށް މަޑުމައިތިރިވާ ބަޔަކު ކަމުގައިވިއެވެ.”

ބިރުވެތިވުމުގެ ދަލީލަކީ:

ﷲ ތަޢާލާގެ ވަޙީބަސްފުޅު:

فَلَا تَخْشَوْهُمْ وَاخْشَوْنِي([6])

މާނައީ: “ފަހެ ތިޔަބައިމީހުން އެމީހުންދެކެ ބިރުނުގަންނާށެވެ. އަދި ތިމަންއިލާހަށް ތިޔަބައިމީހުން ބިރުގަންނާށެވެ.”

ތައުބާގެ ދަލީލަކީ:

ﷲ ތަޢާލާގެ ވަޙީބަސްފުޅު:

وَأَنِيبُوا إِلَىٰ رَبِّكُمْ وَأَسْلِمُوا لَهُ ([7])

މާނައީ: “އަދި ތިޔަބައިމީހުން، ތިޔަބައިމީހުންގެ ރައްބަށް ތައުބާވާށެވެ. އަދި އެއިލާހަށް ކިޔަމަންތެރިވާށެވެ.”

ފިލާވަޅުގެ އިރުޝާދުތައް

* ބިރުގަތުމާއި ބިރުވެތިވުމާ އަދި ރެކުމުގެ ބިރުވެތިކަމަކީ އޭގެ މާނަ އެއްގޮތް އަޅުކަންތަކެކެވެ. މިއެންމެ އަޅުކަންތައްވެސް ހަމައެކަނި ﷲ އަށްޓަކައި އަދާކުރުން ވާޖިބުވެގެންވެއެވެ. އެކަންކުރާނީ ﷲ އަށް ބިރުވެތިވާޙާލު އެއިލާހު ޙަރާމްކުރެއްވި އެންމެހާ ކަންތައްތަކުން ދުރުހެލިވެގެންނެވެ.
* އުންމީދުކުރުމާއި އުންމީދާއެކު އެދުމަކީ ދެ އަޅުކަމެވެ. އެކަން ޙާޞިލުވާނީ މުއުމިނު އަޅާ ﷲ ގެ ފަޟްލުވަންތަކަމާއި ރުއްސެވުމަށް އެދި، އެކަން ޙާޞިލުކުރުމަށްޓަކައި މަސައްކަތްކުރުމުންނެވެ. އެކަންކުރާނީ އެއިލާހަށް ކިޔަމަންތެރިކަން އަދާކުރުމާއެކު އެއިލާހު ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެގެންނެވެ.

* ވަކީލުކުރުމަކީ ﷲ ތަޢާލާއަށް ހިތް ބަރޯސާކޮށް، އެއިލާހާ މެދު ހެޔޮކޮށް ހީކުރުމެވެ. އެފަދައިން ޢަމަލުކޮށްފިމީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އޭނާގެ ހުރިހާ ކަންބޮޑުވުމަކާއި ހުރިހާކަމެއްގައި އޭނާއަށް ﷲ ފުދޭނެއެވެ. އަދި އޭނާ ހީވެސް ނުކުރާ ގޮތްގޮތުން އެއިލާހު އޭނާއަށް ރިޒްޤުދެއްވާނެއެވެ.

* ތައުބާގެ މާނައަކީ: ﷲ ތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވެ މަޑުމޮޅިވެ އެއިލާހުގެ ރަޙްމަތަށް އުންމީދުކުރުމެވެ.

* އެންމެހާ އަޅުކަމެއްވެސް އަދާކުރަންޖެހޭނީ ހަމައެކަނީ ﷲއަށެވެ. އެއްވެސް މަޚްލޫޤަކަށް އެއިންކަމެއް އަދާކޮށްގެން ނުވާނެއެވެ.

ސުވާލުތައް

  1. އަންނަނިވި ހުސްތަންތަން ފުރާށެވެ.

އަޅުކަމުގެ ވައްތަރުތަކުގެ ތެރޭގައި: ބިރުގަތުމާއި ، ……………………. ، ……………………. ، ……………………. ، ……………………. ހިމެނެއެވެ.

  1. އަންނަނިވި ކަލިމަތައް އެއާ ގުޅޭ މާނައާ ގުޅުވާށެވެ.
* ބިރުގަތުމަކީ: – ﷲ ތަޢާލާއަށް ހިތް ބަރޯސާކުރުމެވެ.
* ވަކީލުކުރުމަކީ: – ﷲ ތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވުމެވެ.
* ތައުބާވުމަކީ: – ﷲ އަށް ބިރުވެތިވާޙާލު އެއިލާހު ޙަރާމްކުރެއްވި އެންމެހާ ކަންތައްތަކުން ދުރުހެލިވެގަތުމެވެ.
  1. އަންނަނިވި ކަންކަމަށް ކީރިތި ޤުރުއާނުން ދަލީލު ބަޔާންކުރާށެވެ.

1- އުންމީދުކުރުން

2- ވަކީލުކުރުން

3- މަޑުމޮޅިވެމަޑުމައިތިރިވުން

4- ތައުބާވުން

5- އުންމީދާއެކު އެދުން

 ______________________________

([1]) [آل عمران: ١٧٥]

([2]) [الكهف: ١١٠]

([3])[المائدة: ٢٣]

([4]) [الطلاق: ٣]

([5]) [الأنبياء:٩٠]

([6])  [البقرة: ١٥٠]

([7]) [الزمر: ٥٤]

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް