[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الفاتحة ގެ ތަފްސީރު – 2

ﷲ ތަޢާލާ ގެ ބަސްފުޅު (بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ): މި ބަސްފުޅުގައި ވާ بِسْمِ   ގެ    މާނައީ: ” ﷲ ގެ ނަން ފުޅުން” މި ފަދައިންނެވެ. އެހެން ނަމަވެސް މުރާދުގައި އެ ވަގުތަކު އެ އިލާހުގެ ނަންފުޅު ގަންނަ މުނާސަބު ކަމެއް މާނައިގެ ފަހަތަށް ވަދެގެން އާދެއެވެ. މިސާލަކަށް ތިބާ ﷲ ގެ ނަންފުޅު ގަންނަމޭ ބުނެ ކާން ޤަސްދުކޮށްފިނަމަ މި ބަސްފުޅުގެ މާނައަކީ “ﷲ ގެ ނަންފުޅު ގަތުމާއެކު ކާންފަށަމެވެ” މިފަދައިންނެވެ.

އެހެންކަމުން بِسْمِ ގެ ފަހަތަށް ލިޔުމުން އުނިކުރެވިފައިވާ ކަމެއް އައުމަކީ ލާޒިމް ކަމެކެވެ. އެހެނީ ޢަރަބި ބަހުގެ ޤަވާއިދުގައި ވާ ގޮތުން بِسْمِ    އަކީ އެ ދެ ބަހެއްގެ މައްޗަށް އެހެންބަހެއް ޢަމަލުކޮށްފައިވާ ބަސްތަކެކެވެ. އެ އެއްޗެއްގެ މަސައްކަތް ކުރެވިގެންވާ ކޮންމެ އެއްޗެއްގެ މައްޗަށް މަސައްކަތްކުރި ފަރާތެއްވާނޭ ފަދައިން މި ދެ ބަހުގެ މައްޗަށް މަސައްކަތްކުރި ބަހެއް އޮތުމަކީ ލާޒިމްކަމެކެވެ.

އަދި ލިޔުމުގައި އުނި ކުރެވިފައިވާ ބަސް ނުވަތަ ކަން އަންނަނީ بِسْمِ  ގެ ފަހަތަށްކަމުގައި އަޅުގަނޑު ބުނެފައިވާ ދެ ފާއިދާއަކަށް ޓަކައެވެ:

ފުރަތަމަ ފާއިދާ: ﷲ ގެ ނަންފުޅު އިސް ކޮށް ބަރަކާތް ހާސިލްކުރުމުގެގޮތުންނެވެ.

ދެވަނަ ފާއިދާ:  ޢަރަބި ބަހުގެ ޤަވާދުގައިވާ ގޮތުން ބަހެއްގެ މައްޗަށް މަސައްކަތްކުރެވިގެންވާ ބަސް އޭގެ މައްޗަށް މަސައްކަތްކުރި ބަހުގެ ކުރިޔަށް ގެނައުމަކީ އެބަހެއްގެ މައްޗަށް މަސައްކަތްކުރެވިގެންވާ ބަސް ޚާއްޞަކުރެވޭ ގޮތެކެވެ. އެހެންކަމުން ލިޔުމުގައި އުނިކުރެވިފައިވާ ބަސް ނުވަތަ ކަން بِسْمِ ގެ ފަހަތަށް ގެނައުމުން މި އަޅާ މިކަން މި ފަށަނީ ހަމައެކަނި ﷲ ގެ އިސްމަފުޅުންނޭ މި މާނަ ދޭހަވެއެވެ. މިސާލަކަށް ތިބާ ބުނާ ފަދައެވެ: ތިމަންނަ ﷲ ގެ ނަންފުޅު ފިޔަވައި އެހެން ފަރާތެއްގެ ނަމުން ބަރަކާތް ހާސިލްކޮށްގެން ވާއްގަތްއެދިގެން ނުކަމެވެ.

އަދި ލިޔުމުގައި އުނިކުރެވިފައިވާ ބަހަކީ ކަންކަން ކަމުގައި އަޅުގަނޑު ބުނެފައިވާ ސަބަބަކީ ޢަމަލުގެ އަޞްލަކީ ކަމެވެ. މިކަން ޢަރަބި ބަހުގެ ޤަވާއިދުގެ ޢިލްމުވެރިންނަށް އެނގިވަޑައުގަންނަވާނެއެވެ. ޢަރަބި ބަހުގައި ނަންތަކުން ޢަމަލު ގެ މާނަ ޝަރުޠުތަކަކާއި އެއްކޮށް މެނުވީ ނާދެއެވެ.

ލިޔުމުގައި އުނިކުރެވިފައިވާ ބަސް ނުވަތަ ކަމަކީ މުނާސަބު ކަމެއް ކަމުގައި އަޅުގަނޑު ބުނެފައިވާ ސަބަބަކީ އޭރުން ވީހާވެސްބޮޑަށް ﷲ ގެ ނަންފުޅާއެކު އޭނާ އެ ޤަޞްދުކުރާކަން އެނގިގެންދާނެތީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(( و من كان لم يذبح فليذبح باسم الله ))

މާނައީ: ” އަދި ޤުރުބާންކޮށްފައި ނުވާމީހަކު ނަމަ ފަހެ އޭނާ ﷲ ގެ އިސްމުފުޅާއެކު ޤުރުބާންކުރާށެވެ. “ ނުވަތަ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

(( على اسم الله ) )

މާނައީ: ” ﷲ ގެ ނަންފުޅުގެ މަތީ ޤުރުބާންކުރާށެވެ.”

މިގޮތަށް ވަކިކަމެއް ޚާއްޞަކޮށްފައި ބިސްމި ކިޔުމަށް އަމުރުކުރެއްވިއެވެ.

އަދި މި ބަސްފުޅުގައިވާ  “الله” : މިއީ ﷲ ރައްބުލް ޢާލަމީންގެ ނަންފުޅެވެ. މި ނަންފުޅުން އެހެން ފަރާތަކަށް ކިޔުން ހުއްދަވެގެންނުވެއެވެ. އަދި މިއީ ﷲ ތަޢާލާގެ ނަންފުޅުތަކުގެ އަޞްލެވެ. ހުރިހާ ނަންފުޅުތައް ތަބަޢަވެގެންވަނީ މި ނަންފުޅަށެވެ.

=ނުނިމޭ=

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الفاتحة  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

 

سورة الفاتحة  ގެ ތަފްސީރު