[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 1 ، د 11 –ބައެއް އަޅުކަމުގެ ދަލީލުތައް (2) )

thauheedh 5

ވާތްގަށްއެދުމުގެ ދަލީލަކީ ﷲ ތަޢާލާގެ ބަސްފުޅު:

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ([1])

މާނައީ: “އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބައިލާހަށެވެ. އަދި ވާތްގަށްއެދެނީ ހަމައެކަނި އިބައިލާހުގެ ޙަޟްރަތުންނެވެ.”

އަދިވެސް ޙަދީޘްގައިވެއެވެ.

((إِذَا اسْتَعَنْتَ فَاسْتَعِنْ بِاللهِ))([2])

މާނައީ: “ތިބާ ވާތްގަށް އެދޭނަމަ ﷲގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ.”

ރައްކާތެރިކަމަށްއެދުމުގެ ދަލީލަކީ ﷲ ތަޢާލާގެ ބަސްފުޅު:

قُلْ أَعُوذُ بِرَبِّ الْفَلَقِ([3])

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ފަތިހުގެ ރައްބުގެ ޙަޟްރަތުން ރައްކާތެރިކަމަށް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަމެވެ.”

އަދި

قُلْ أَعُوذُ بِرَبِّ النَّاسِ([4])

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. މީސްތަކުންގެ ރައްބުގެ ހަޟްރަތުން ރައްކާތެރިކަމަށް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަމެވެ.”

 

މަދަދަށްއެދުމުގެ ދަލީލަކީ ﷲ ތަޢާލާގެ ބަސްފުޅު:

إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ([5])

މާނައީ:  “ތިޔަބައިމީހުން، ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން މަދަދަށް އެދުނު ހިނދު، އެއިލާހު ތިޔަބައިމީހުންނަށް އިޖާބަ ދެއްވިއެވެ.”

 

ކަތިލުމުގެ ދަލީލަކީ ﷲ ތަޢާލާގެ ބަސްފުޅު:

قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ ﴿١٦٢﴾ لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ ﴿١٦٣﴾([6])

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފަނުގެ ނަމާދާއި، ތިމަންކަލޭގެފާނުގެ ޛަބަޙަކުރުމާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ ޢާލަމްތަކުގެ ރައްބަށެވެ. [162] އެއިލާހަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ތިމަންކަލޭގޭފާނަށް އަމުރު ކުރެވިގެންވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި އުންމަތުގެ) މުސްލިމުންކުރެ، އެންމެ ފުރަތަމަ މީހާއެވެ.[163]”

ސުންނަތުގައި ވާރިދުވެފައިވެއެވެ.

((لَعَنَ اللهُ مَنْ ذَبَحَ لِغَيْرِ اللهِ))([7])

މާނައީ: “ﷲ ފިޔަވައި އެހެން ފަރާތަކަށް ޛަބަޙަކޮށްފިމީހަކަށް ﷲ ލަޢުނަތްލެއްވިއެވެ.”

ނަދުރުގެ ދަލީލަކީ ﷲ ތަޢާލާގެ ބަސްފުޅު:

يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا ([8])

މާނައީ: “އެބައިމީހުން ނަދުރުފުއްދައެވެ. އަދި އެދުވަހެއްގެ ނުބައިކަން (ނުރައްކާތެރިކަން) ފެތުރިގެންވާ ދުވަހަށް ބިރުވެތިވެއެވެ.”

 

ފިލާވަޅުގެ އިރުޝާދުތައް

* ވާތްގަށްއެދުމަކީ (الإِسْتِعَانَة) : ﷲގެ ޙަޟްރަތުން ވާތްގަށް އެދުމެވެ. އޭގައި ހިމެނިގެންވަނީ ފުރިހަމަގޮތުގައި އެއިލާހަށް ނިކަމެތިވުމާއި ކަންކަމުގައި އެއިލާހަށް ބަރޯސާވުމެވެ.

* ރައްކާތެރިކަމަށް އެދުމަކީ (الإِسْتِعَاذَة) : ﷲ ގެ ކިބައިން ހިމާޔަތަށް އެދުމެވެ. އޭގައި ހިމެނިގެންވަނީ ފުރިހަމަގޮތުގައި އެއިލާހަށް އަޅާ ބޭނުންޖެހިފައިވާ މިންވަރެވެ.

* މަދަދަށް އެދުމަކީ (الإِسْتِغَاثَة) : ހެވެއް ޙާޞިލުކުރުމަށް ނުވަތަ ނުބަޔަކުން ދުރުހެލިވުމަށް ﷲ ގެ މަދަދަށް އެދުމެވެ.

* ތިބާގެ ކައިރީގައި ހުރި ދިރިހުރި މީހެއްގެ ކިބައިން، އޭނާއަށް ކޮށްދެވޭވަރުކަމެއްގައި އެދުމަކީ ހުއްދަކަމެކެވެ. އަދި އެއީ ޝިރުކުގެ ޢަމަލެއްނޫނެވެ. އެއީ މިސާލަކަށް: ތިބާގެ ސާމާނުތަކެއް ކާރަށް އަރުވައިދިނުނަށް މީހެއްގެ ކިބައިން ވާތްގަށް އެދުމެވެ. ނުވަތަ ގެނބެމުންދަނިކޮށް އެކަމުން ސަލާމަތްވުމަށް މީހެއްގެ ކިބައިން ވާތްގަށް އެދުމެވެ.

* މުސްލިމަކު އެއްޗެއް ޛަބަޙަކުރާއިރު ވާޖިބުވެގެންވަނީ، ﷲއަށްޓަކައި އެއިލާހުގެ ނަންފުޅުގަނެ އެއެއްޗެއް ޛަބަޙަކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿فَصَلِّ لِرَبِّكَ وَانْحَرْ﴾([9])

މާނައީ: “ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި ޤުރުބާން ކުރައްވާށެވެ!”

* ނަދުރުބުނުމަކީ: ވާޖިބު ނޫންކަމެއް އިންސާނާ، އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ވާޖިބުކުރުމެވެ. އެއީ މިސާލަކަށް: “އަހަރެން އިމްތިޙާނުގައި ފާސްވެއްޖެނަމަ 3 ދުވަހު ރޯދަހިފާނަމެވެ.” މިފަދައިން ބުނުމެވެ.

* ނަދުރުބުނުމަކީވެސް އަޅުކަމެކެވެ. އެހެންކަމުން ﷲ ނޫންފަރާތަކަށް ނަދުރުބުނެގެންނުވާނެއެވެ. މިސާލަކަށް: “މިވެނި ގަބުރަކަށް މިވެނި ކަމެއް ކުރުމަށް ނަދުރު ބުނަމެވެ.” މިފަދައިން ބުނެގެން ނުވާނެއެވެ.

ސުވާލުތައް

  1. އަންނަނިވި އާޔަތުގައި ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވަނީ ކޮންކަމަކަށް ހެއްޔެވެ؟

قُلْ أَعُوذُ بِرَبِّ الْفَلَقِ([10])

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ފަތިހުގެ ރައްބުގެ ޙަޟްރަތުން ރައްކާތެރިކަމަށް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަމެވެ.”

 

  1. އަންނަނިވި ޙަދީޘުގައި ރަސޫލާ صلى الله عليه وسلم އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވަނީ ކޮންކަމަކަށް ހެއްޔެވެ؟

((إِذَا اسْتَعَنْتَ فَاسْتَعِنْ بِاللهِ))([11])

މާނައީ: “ތިބާ ވާތްގަށް އެދޭނަމަ ﷲގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ.”

 

  1. އަންނަނިވި ކަލިމަތަކުގެ މާނަތައް ބަޔާންކުރާށެވެ.

(الإِسْتِعَانَة) :

(الإِسْتِعَاذَة) :

(الإِسْتِغَاثَة) :

  1. އަންނަނިވި ކަންތައްތަކަށް ޤުރުއާނުން ދަލީލުގެނެސްދޭށެވެ.

– ވާތްގަށްއެދުން:

– މަދަދަށް އެދުން:

– ޛަބަޙަކުރުން:

– ނަދުރުބުނުން:

_________________________________

([1]) [الفاتحة: ٥]

([2]) [رواه الترمذي وصححه الألباني في صحيح الترمذي 2516 ]

([3]) [الفلق: ١]

([4]) [الناس: ١]

([5]) [الأنفال: ٩]

([6]) [الأنعام: ١٦٢ – ١٦٣]

([7]) [رواه مسلم]

([8]) [الإنسان:٧]

(  [9] ) [سورة الكوثر ٢]

([10]) [الفلق: ١]

([11]) [رواه الترمذي وصححه الألباني في صحيح الترمذي 2516 ]

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް