[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 11 – (ސުންނަތުގެ މަޤާމަށް ދަލާލަތުކުރާ ބައެއް ބަސްފުޅުތައް)

* އަލްއައުޒާޢީގެ އަރިހުން މުޙައްމަދު ބިން ކަޘީރު ރިވާކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުން ޙައްސާނު ބިން ޢަޠިއްޔާ ރިވާކުރެއްވިއެވެ.

“ޖިބްރީލުގެފާނު، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ޤުރުއާނުގެ އާޔަތްތަކާއިގެން ވަޑައިގަންނަވާ ފަދައިން، ސުންނަތާއިގެންވެސް އެކަލޭގެފާނު ވަޑައިގަންނަވައެވެ.” [1]

* އައްޔޫބު އައްސަޚްތިޔާނީގެ އަރިހުން ރިވާވެގެންވެއެވެ.

މުޠައްރިފު ބިން ޢަބްދިﷲ ބިން ޝިއްޚީރުގެ އަރިހުގައި މީހަކު ދެންނެވިއެވެ. “ޤުރުއާނުގައިވާ އެއްޗަކުން މެނުވީ އަހަރުމެންނަށް ކިޔައި ނުދެއްވާށެވެ.” މުޠައްރިފު އޭނާއަށް ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހަރުމެން ޤުރުއާނުގެ ބަދަލުގައި އެހެން އެއްޗެއް ބޭނުމެއް ނުވެއެވެ. ނަމަވެސް އަހަރުމެން ބޭނުން މިވަނީ އަހަރުމެންނަށް ވުރެ ރަނގަޅަށް ޤުރުއާން ދަންނަ ފަރާތެއްގެ ބަހެވެ.”[އެބަހީ: އެކަލޭގެފާނުގެ ޙަދީޘްފުޅުތަކަށެވެ.]” [2]

 

* އައްޔޫބު އައްސަޚްތިޔާނީ ވިދާޅުވިކަމަށް އަލްއައުޒާޢީ ރިވާކުރެއްވިއެވެ.

“މީހަކަށް ސުންނަތް ކިޔައިދެވުމުން، އެ ދޫކޮށްލާށޭ ބުނެ އަދި ޤުރުއާނުގައިވާ އެއްޗެއް ކިޔައިދޭށޭ ބުނެފިނަމަ ފަހެ، ދަންނައެވެ. އެއީ މަގުފުރެދިފައިވާ މަގުފުރައްދާ މީހެކެވެ.” [3]

_______________________________

[1]  رواه الدارمي في السنن( ١ / ١١٧ ح: ٥٩٤) باب السنة قاضية على كتاب الله، والخطيب في الكفاية (ص: ٤٨)، وأخرجه ابن عبد البر في الجامع (١ / ١٩١)، وأخرجه البيهقي في المدخل كما في ((مفتاح الجنة)) للسيوطي (ص: ١٠).

[2] رواه البيهقي في المدخل (كما في حجية السنة ص: ٣٣١)، وابن عبد البر في الجامع (١ / ١٩١) .

[3] أخرجه الحاكم في معرفة علوم الحديث (ص: ٦٥)، والبيهقي في المدخل (كما في حجية السنة ص: ٣٣٢)، والخطيب في الكفاية (ص: ٤٩).

އެހެނިހެން ބައިތައް